Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން

ކްރިމިނަލް ކޯޓުގެ ލަސްވެފައިވާ މައްސަލަތައް ބެލުމަށް ވަގުތީ ހަތަރު ގާޒީއަކު ނަގަން ލަފާދީފި

ކްރިމިނަލް ކޯޓުގައި ނުނިމި މިހާރު ހިނގަމުން ދަނީ 1910 މައްސަލަ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 30 ޖުލައި 2019 | އަންގާރަ 13:36
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް. އެ ކޯޓުގެ ލަސްވެފައިވާ މައްސަލަތައް ބެލުމަށް ވަގުތީ ފަނޑިޔާރުން ނެގުމަށް ޖޭއެސްސީއިން ވަނީ ލަފާ ދީފައި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް. އެ ކޯޓުގެ ލަސްވެފައިވާ މައްސަލަތައް ބެލުމަށް ވަގުތީ ފަނޑިޔާރުން ނެގުމަށް ޖޭއެސްސީއިން ވަނީ ލަފާ ދީފައި

ކްރިމިނަލް ކޯޓުގެ ލަސްވެފައިވާ މައްސަލަތައް ބެލުމަށް ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓުގެ ތެރެއިން ކޮންމެ ކޯޓަކުން ދެ ގާޒީން ވަގުތީ ގޮތުން ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށައަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ދިގުލައިގެންދާ ކަމުގެ ޝަކުވާ ޖޭއެސްސީއަށް ހުށަހަޅަމުންދާތީ އެ ކޮމިޝަންގެ ތިން މެންބަރުންގެ ކޮމިޓީއަކުން ދިރާސާކޮށް އެކުލަވައިލި ރިޕޯޓު ރައްޔިތުންގެ މަޖިލިހަށް ވަނީ ފޮނުވައިފައެވެ.

އެ ރިޕޯޓުގައި ވާގޮތުން ކްރިމިނަލް ކޯޓުގައި ނުނިމި މިހާރު ހިނގަމުން ދަނީ 1910 މައްސަލައެކެވެ. އެމައްސަލަތައް ނިންމަން މިހާރު އެކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންނަށް ބަހާލުމުން 212 މައްސަލަ ޖެހޭ ކަމަށާއި އެމައްސަލަކުގެ ތެރެއިން ކޮންމެ ފަނޑިޔާރަކު ދުވާލަކަށް ހަތަރު އަޑުއެހުން ބާއްވައިގެން ވެސް މައްސަލަތައް ނިންމާލެވޭނީ ދެ އަހަރާއި ހަ މަސް ދުވަހުންނެވެ. ނަމަވެސް ނުވަ ފަނޑިޔާރުންގެ ތެރެއަށް ވަގުތީ ހަތަރު ފަނޑިޔާރަކު އިތުރުކޮށްފި ނަމަ އެއް އަހަރާއި އަށް މަސް ތެރޭގައި މައްސަލަތައް ނިންމިދާނެ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެގޮތުން ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާ މަޝްވަރާކޮށް އެއިން ކޮންމެ ކޯޓަކުން ދެ ފަނޑިޔާރަކު ވަގުތީ ގޮތުން ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ޖޭއެސްސީގެ ރިޕޯޓުގައި ލަފާދީފައި ވެއެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ވަނީ ކްރިމިނަލް ކޯޓުގެ މައްސަލަތައް ދިގުލައިގެންދާ ސަބަބުތައް ވެސް ފާހަގަ ކޮށްފައެވެ. އެގޮތުން ކޯޓުގެ އިސްގާޒީ މައްސަލަތައް މޮނިޓަރ ނުކުރުމާއި އިސްގާޒީ މައްސަލަތައް އަވަސް ކުރުމަށް މަސައްކަތް ކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މައްސަލަތައް ގާޒީންނާއި ހަވާލުކުރުމުގައި ހަމަހަމަ ކަމެއް ނެތްކަމަށާއި މައްސަލަތައް ބަހަނީ ލިބޭ ތަރުތީބުން ކަމަށް ކޯޓުގެ ރެޖިސްޓްރާ އެކޮމިޓީއަށް ވިދާޅުވި ނަމަވެސް މައްސަލަތައް ބެހުމުގައި ހަރުދަނާ އުސޫލެއް ނެތި ބައެއް ގާޒީންނަށް ބުރަ ބޮޑުވާ ގޮތައް އެކަށީގެންވާ އަދަދަށްވުރެ ގިނަކަން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން އެކޯޓަށް މިއަހަރު 250 މައްސަލަ ހުށައެޅިފައިވާއިރު އިސްގާޒީ އާއި ހަވާލު ކޮށްފައިވަނީ ހަ މައްސަލަ ކަމަށާއި ދެން ތިއްބެވި ފަނޑިޔާރުންނަށް އެވްރެޖް ކޮށް 31 މައްސަލަ ހަވާލު ކޮށްފައިވާކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން ގާނޫނު ތަސައްވަރު ކުރާ ހަމަސް ދުވަސް ތެރޭގައި މައްސަލަތައް ނިންމުމަށްޓަކައި ގާޒީން ބަލަމުންދާ މައްސަލަތައް 15 ދުވަހާއި 17 ދުވަހާއި ދެމެދު ރޯލްކުރެވޭ ވަރަށް ފަނޑިޔާރުންގެ އަދަދު ކްރިމިނަލް ކޯޓަށް އިތުރު ކުރެވެންޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ޖޭއެސްސީގެ އެ ރިޕޯޓުގައި ވަނީ މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ވަކިވަކި ގާޒީން ބަލަމުންދާ މައްސަލަތަކުގެ އަދަދު ވެސް ފާހަގަކޮށްފައެވެ. އެގޮތުން ގާޒީ އަލީ އާދަމް ބައްލަވާ 141 މައްސަލަ، ގާޒީ ހަސަން ނަޖީބު ބައްލަވާ 157 މައްސަލަ، ގާޒީ އަލީ ރަޝީދު ބައްލަވާ 280 މައްސަލަ، ގާޒީ މުހައްމަދު ސަމީރު ބައްލަވާ 151 މައްސަލަ، ގާޒީ އަހުމަދު ޝަކީލު ބައްލަވާ 187 މައްސަލަ، ގާޒީ އިބްރާހިމް އަލީ ބައްލަވާ 280 މައްސަލަ، ގާޒީ ހުސައިން ފާއިޒް ރަޝީދު ބައްލަވާ 165 މައްސަލަ، ގާޒީ އަލީ އާދަމް ބައްލަވާ 376 މައްސަލަ އަދި ގާޒީ އިސްމާއިލް ރަޝީދު ބައްލަވާ 173 މައްސަލައެވެ.

ކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައެއް ހިމެނޭއެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާ މެދުގައި ބަދު އަހުލާގީ އަމަލު ހިންގުމާއި ޓެރަރިޒަމާއި މަކަރާއި ހީލަތްހެދުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި ހިޔާނާތްތެރިވުމާއކައިވެނި ހެޔޮނުވާ ކުޑަކުއްޖަކާ މެދު ބަދު އަހުލާގީ އަމަލު ހިންގުމުގެ މައްސަލަތެކެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު