Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް

މަޖިލީހުގެ ބާރު ކަނޑުވާލުމަށް ސަރުކާރުތަކުން މަސައްކަތްކުރި: ރައީސް ނަޝީދު

ސެޝަންތަކުގައި މެމްބަރުންގެ މައްސޫލިއްޔަތުތައް އަދާކުރުން ހަރުދަނާ ކުރާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތުދެއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 18 ޖުލައި 2019 | ބުރާސްފަތި 06:40
މިއަދު ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި ރައީސް މުަހައްމަދު ނަޝީދް ވާހަކަފުޅުދައްކަވަނީ

މިއަދު ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި ރައީސް މުަހައްމަދު ނަޝީދް ވާހަކަފުޅުދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލުމަށް ސަރުކާރުތަކުން މަސައްކަތްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު، އެފަދައިން ވިދާޅުވީ، މަޖިލިސް މެމްބަރުންނަށް ބުރާސްފަތި ދުވަހު ބޭއްވުނު ވޯކްޝޮޕް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުގެ މައްޗަށް މަތިވެފައިވާ ޒިންމާ އަދާ ކުރުމަށާއި ކަންކަމުގައި އަޑުއުފުލުމަށް އަބަދުވެސް ދަތިތަކެއް ކުރިމަތިވާކަމަށެވެ. ނަމަވެސް ފާއިތުވި 15 އަހަރުތެރޭގައި މަޖީލީހުން ވަރަށްބޮޑެތި ކުރިއެރުންތަކާއި ކާމުޔާބީތައް ހޯދާފައިވާކަމަށްވެސް ވިދާޅުވިއެވެ.

މެމްބަރުންގެ ޒިންމާއާއި ގުޅެގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ކަންކަން ހިންގާ ގޮތް ބަަލާ، ސަރުކާރު ޒިންމާދާރު ކުރުވުމަކީ މެމްބަރުންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ޒިންމާގެ މަތިން އަބަދުވެސް ހަނދާންކުރުމަށް މެމްބަރުންނަށް ރައީސް ނަޝީދު އިލްތިމާސްކުރެއްވި އެވެ.

މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ނިސްބަތްވަނީ އެމްޑީޕީއަށްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދް ސޯލިހްގެ ރިޔާސީ ވައުދުފުޅުތައް ފުރިހަމަ ކޮށްދެވުމަށް ކަމަށެވެ.

ވެސްޓް މިނިސްޓާރ ފައުންޑޭޝަން އާއި ގުޅިގެން ހިންގޭ ވާރކްޝޮޕް ކުރިއަށް ގެންދެވެނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ހޮޓެލް ޖެންގައި ކުރިއަށް ގެންދާ ސެޝަންތަކުގައި މެމްބަރުންގެ މައްސޫލިއްޔަތުތައް އަދާ ކުރުން ހަރުދަނާ ކުރާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު