Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްޑޫ އެއާޕޯޓް

ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން ދަނީ ގެއްލުމުގައި!

އެސްޓީއޯ އަށް 200 މިލިއަން ދައްކަން ޖެހޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 17 ޖުލައި 2019 | ބުދަ 14:13
ގަން އިންޓަނޭޝަނަލް އެއާޕޯޓް

ގަން އިންޓަނޭޝަނަލް އެއާޕޯޓް

ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު އެއް އެއާޕޯޓް، ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން ދަނީ ގެއްލުމުގައި ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖްމެންޓުން ބުނެފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް އެކަށީގެންވާ ވަރަށް ނުހިނގާ ސަބަބު ބެލުމަށް ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީ އަށް އައްޑޫ އެއާޕޯޓުގެ ބޯޑު މެމްބަރުން ވަނީ ހާޒިރުކޮށްފައެވެ. އެ ކޮމިޓީގައި މެމްބަރުން ވަނީ އެ ބޭފުޅުންނާއި ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ.

Advertisement - newsAdvertisement

ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭއައިއޭގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ރިމްނާ ހަސަން ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ނަމަށް ބަދަލުވެ އެމްވީކޭ އިން އެއާޕޯޓާ ހަވާލުވުމަށްފަހު ސަރުކާރުން ހަމައެކަނި އަޅައި ދިނީ ރަންވޭ އެއް ކަމަށެވެ. 2011 ވަނަ އަހަރާ ހަމަޔަށް މުވައްޒަފުންނަށް މުސާރަ ދެމުން ދިޔައީ ސަރުކާރުންނެވެ. ރިމާ ވިދާޅުވީ، އޭގެ ފަހުން ކުންފުނިން މުވައްޒަފުންނަށް މުސާރާދެމުން ދިޔައީ ގެއްލުމުގައި ކަމަށެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް ތިން ފޭސްއަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ ފުރަތަމަ ދެ ފޭސްގައި 37.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ކުންފުންޏަށް އިތުރު އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށް ރިމްނާ ވިދާޅުވިއެވެ. ރިމްނާ ވިދާޅުވި ގޮތުގައި އާމްދަނީ ލިބިފައިވަނީ އޮޕަރޭޝަންސް އިން އެކަނިއެވެ.

އެހާ ހިސާބަށް ކުންފުނީގެ ހާލަތު ގޮސްފައި އޮތުމުން ކުންފުނިން 24 މިލިއަން ޑޮލަރުގެ ލޯނެއް ބީއެމްއެލް އިން ނަގައި، 2018 ވަނަ އަހަރުން ފެށިގެން ލޯނު ދައްކަމުން އަންނަނީ ސަރުކާރުންނާއި ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ކާސް ހޯލްޑީންގ އިންނެވެ.

އޭއައިއޭ އިން އެސްޓީއޯ އަށް މިހާރު 200 މިލިއަން ރުފިޔާ ދައްކަން ޖޭހެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިމްނާގެ ވާހަކަ އަށް އިތުރަށް ބާރުދެއްވަމުން ކާސާ ހޯލްޑިންގެ އެއް ހިއްސާދާރު ކަމަށްވާ އިބްރާހިމް ނޫރައްދީން ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު ދަށްވެގެން ދިޔައި މައިގަނޑު އެއް ސަބަބަބަކީ ކުރިން އެއާޕޯޓް ދަށުން ގަމުގައި ހިންގަމުން ގެންދިޔަ އިކުއޭޓާ ވިލެޖުން ލިބެން ޖެހޭ ފައިސާ ނުލިބުމުން ކަމަށެވެ.

ނޫރައްދީން ވިދާޅުވީ، އެއާޕޯޓް އޮތީ 1984 ވަނަ އަހަރު އޮސްޓްރޭލިއަން އެއިޑްގެ ދަށުން އެތަން އަޕްގްރޭޑް ކުރި ގޮތަށް ކަމަށާއި، ޓަވަރުވެސް އެހެރީ އޭރު ހެދި ހާލަތުގައި ކަމަށާއި އެ އެއާޕޯޓް ބޭނުންކުރުމަކީ ބޮޑު ''ރިސްކެއް'' ކަމަށް ނޫރައްދީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާތަނަށް އެ އެއާޕޯޓް ތަރައްގީ ކުރުމަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު