Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ަހައްޖުގެ އަޅުކަން

ހައްޖުގެ އަޅުކަމުންވެސް މަކަރާއި ވައްކަން!؟

ހަރަމައިން ހައްޖު ގްރޫޕުން 1 ލައްކަ ރުފިޔާ ނަގާކަމުގެ ތުހުމަތު ތަކެއްވަނީ ކުރެވިފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 ޖުލައި 2019 | އަންގާރަ 12:36
ހައްޖުގެ އަޅުކަން އަދާކުރަނީ

ހައްޖުގެ އަޅުކަން އަދާކުރަނީ

ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަކީ ކެރި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކުރައްވާފައި އޮތް ކަމެކެވެ. އިހުޒަމާނުގައި ދިވެހިންގެ ތެރެއިން ހައްޖަށް ގޮސް އުޅުނީ ހަމައެކަނި މަތީ ފަންތީގެ ފަރާތްތަކެވެ. ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއި އެކު ގްރޫޕްތަކުގެ ހަވާލުގައި އާންމު ފަރުދުންނަށްވެސް ހައްޖަށް ދެވެން ފެށުނެވެ. ނަަމަވެސް މީހުން ހައްޖަށް ގެންދިއުމަށްޓަކާ ހަވާލުކުރެވިފައިވާ ފަރާތްތަކުގެ މަކަރާއި އޮޅުވާލުން އިންތިހާ އަށް އަށް ބޮޑުވެފައި އޮތުމަކީ އެޒަމާނުއްސުރެ އާ ވާހަކައެއް ނޫނެވެ.

މިކަމަށް ސިޔާސީ ނުފޫޒު ވަންނަކަމުގެ ތުހުމަތަކީ އަބަދުވެސް އޮންނަ ތުހުމަތެކެވެ. ރައީސް ޔާމީން ގެ ސަރުކާރުގައި ކުރިހާ ވެސް ކަމަކީ އެއީ އެވެ. ސިޔާސީ ގޮތުން އެތައް ބަޔަކަށް ހައްޖަށް ދިއުމަށްޓަކާ ޖާގަތަކެއް ދީ، އެތައް ބައެއްގެ ހައްގުތަކަށް އަރައިގަތީއެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި 450 މީހުންނަށް ވުރެ ގިނަ ފަރާތްތަކަށް ސިޔާސީ ގޮތުން ހައްޖަށާއި އުމްރާއަށް ދިއުމުގެ ފުރުސަތު ވަނީ ދީފައެވެ. މިދިޔަ ސަރުކާރުން މި ފަދަ ބޮޑު ޖަރީމާތަކެއް ހިންގާފައިވާއިރު މިފަހަރު ރައްޔިތުންގެ ޝަކުވާތަކާއި ފާޑު ކިއުން އަމާޒުވެފައި ވަނީ އަމިއްލަ ހައްޖު އުމްރާ ގްރޫޕްތަކަށެވެ.

މީސްމީޑިއާތަކުގައި ދާދި ފަހުން ދައުރުވި ޚަބަރަކީ އަލް ހަރަމައިން ހައްޖު ގްރޫޕުން ހިންގާފައިވާ މަކަރާއި އޮޅުވާލެމުގެ ޖަރީމާއެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް މީހުން އަތުން ރުފިޔާ ނަގައިގެން ހައްޖަށް ގެންދާ ވާހަކައެވެ. އެއްލައްކަ ރުފިޔާއަށް ނޫނީ ހައްޖަށް ނުގެންދެވޭނެ ކަމަށް އެ ގްރޫޕް ތަކުން ބުނެފައިވާ ވާހަކައެވެ.

އިސްލާމިކް މިނިސްޓްރީއިން ފުރަތަމަ ކޯޓާ ދޫކުރުމާއެކު ހައްޖަށް ދިއުމަށް ނަންނޯޓު ކުރުމަށްޓާކާ އެތައް ފަރާތަކުން ކިއު ހަދައިގެން ތިބި ތަނުގެ ފޮޓޯތައްވެސް މީސް މީޑިޔާތަކުގައި އާއްމުވިއެވެ. މި ފަރާތްތަކުން ރޯދަވެސް ވީއްލީ ކިއުގައި ތިބެގެންނެވެ. ފެންފޮދަކާއި ކަދުރު ކޮޅަކުން ކިއުގައި ތިބެ ރޯދަ ވީއްލީ ހައްޖަށް ދިއުމުގެ އުއްމީދުގައެވެ. އަނެއް ބަޔަކު މައިންބަފައިން ހައްޖަށް ފޮނުވުމުގެ އުއްމީދުގައެވެ.

ފުރަތަމަ ކޯޓާއިން ޖާގަ ނުލިބުނު ފަރާތްތައް ހަރަމައިން އިން ދެން ނޯޓު ކުރީ ދެވަނަ ކޯޓާއަށެވެ. އިސްލާމިކް މިނިސްޓްރީއިން ދެވަނަ ކޯޓާއެއް ދޫކުރުމާއެކު ފޯނު ކޯލުގެ އިންތިޒާރުގައި އެތައް ބަޔަކު އެތައް ދުވަހެއް ވަންދެން ތިއްބެވެ.

މަތި އޮމާން ކޮށްލައިގެން ހަރަމައިން ފަދަ ހައްޖު ގްރޫޕްތައް ތިބިއިރު އަޑިއަޑިން ހިނގަމުން ދިޔައީ އެތައް ބައެއް ގެ ހައްގުތަށް ނަގާލުމުގެ މަސައްކަތެވެ. ކައުންޓަރުން ހައްޖަށް ދިއުމަށް ފައިސާ ދައްކާ ރަސީދުގައި 69،965 ޖަހާ ބާކީ 30035 ރުފިޔާ ނަގަމުން ދިޔައީ ކައުންޓަރުގެ އަޑިންނެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ހަރަމައިން ފަދަ ޖަމާއަތް ފަދަ ފަރާތްތަކަށް، މި ފަދަ މަތިވެރި އަޅުކަމުން ވައްކަން ކުރެވެނީ އެކަމަށް ބާރުދޭ ގޮތަށް ބައެއް މުއައްސަސާތަކުގެ އަމަލުވެސް ހުންނާތީއެވެ.

އެގޮތުން ދާދީ ފަހުން މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުލް ސައްތާރު ޓްވިޓާގައި އާންމު ކުރެއްވި ލިޔުމެއްގައި ވާގޮތުގައި އިސްލާމިކް މިނިސްޓްރީގެ ހައްޖު ބިޑް އިވޭލުއޭޝަން ކޮމިޓީގައި އިންނަވާ އެ މިނިސްޓްރީގެ އެއް ސްޓޭޓް މިނިސްޓާރ އަކީ ދެ ހައްޖު ގްރޫޕެއްގައި މަސްލަހަތު އޮންނަ ފަރާތެކެވެ. މިފަދަ ފަރާތްތައް އެ ކޮމިޓީގައި ތިއްބެވުމުން އެ ކޮމިޓީ ނަޒާހަތްތެރި ވެދާނެ ތޯ ސުވާލު އުފެދެއެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކޮރަޕްޝަނަށް ފާޅުގައި ނޫނެކޭ ބުނިކަމުގައި ވިޔަސް ސިއްރިއްޔާތުގައި ކޮރަޕްޝަންގެ އަތުގައި ހިފާ ސަލާން ކުރާނެ މީހުންވެސް ތިބޭނެކަމެވެ. ހައްޖުގެ އަޅުކަން ހަރާމް ގޮތުގައި ވިޔަސް އަދާ ކުރަން ވަރިހަމަ ވާނެ މީހުން ތިބޭނެ ކަމެވެ.

ނަތީޖާއަކަށް ވެގެންދިޔައީ އަމިއްލަ ގްރޫޕްތަކުން މިފަދަ ފަރާތްތަކަށް ހައްޖަ ދިނުމަށް ފުރުސަތުދީ، ހަރާން ލާރި ދިނުމަށް ދެކޮޅު ހެދި ފަރާތަކަށް ހައްޖަށް މިފަހަރުވެސް ނުދެވުނީއެވެ. މާޒީ އަނެއްކާވެސް އިޔާދަވީއެވެ. މިއީ އެމީހުންނަށް ލިބިގެންދިޔަ ކިހާ ބޮޑު އަނިޔާއެއްތޯއެވެ. ކިހާ ބޮޑު ނާއިންސާފެއްތޯއެވެ. ކަމާބެހޭ ފަރާތްތަކަށް ޝަކުވާތައް ހުށަހެޅުއްވުމުން ފުލުހުންނަށް މައްސަލަ ހުށަހެޅުއްވުމަކީ ފެށުމެކެވެ.

މިފަދަ ބޮޑު ކަމެއް މުސްތަގުބަލްގައި ތަކުރާރުވިޔަ ނުދިނުމަށްޓަކާ ކުރިއާލާ ފިޔަވަޅުތަކެއް އެޅުން މުހިއްމެވެ. މި ފަދަ ބޮޑެތި ޖަރީމާ ހިންގާ ޖަމާއަތްތައް ޒިންމާދާރުކުރުވާ، ލައިސަންސް ބާތިލް ކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. ހައްޖުމަސް މިހާ ކައިރީގައި އޮތް އިރު މި މައްސަލަ ބަލާ، ބޭއިންސާފުން ޖާގަ ގެއްލުނު ފަރާތަކަށް ޖާގަ ލިބޭނެ ގޮތް އިސްލާމިކް މިނިސްޓްރީއިން ހަމަޖެއްސަދެއްވުން މުހިންމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ މަގާމެއް ލިބުމަކީ، ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަން ދެވޭ ލައިސަންސެއް ނޫން!

ސިޔާސީ މަގާމެއް ލިބުމަކީ، ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަން ދެވޭ ލައިސަންސެއް ނޫން!

20 އޯގަސްޓު 2020
ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!

ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!

30 އޯގަސްޓު 2019
ވައްކަން ނުކުރިޔަސް ރައްޔިތުންނަށް ހިދުމަތްކޮށް ދެވިދާނެ!

ވައްކަން ނުކުރިޔަސް ރައްޔިތުންނަށް ހިދުމަތްކޮށް ދެވިދާނެ!

29 މާރިޗު 2019
ވައްކަން ނުކުރާނީ ކޮންކަމަކުން؟

ވައްކަން ނުކުރާނީ ކޮންކަމަކުން؟

05 މާރިޗު 2019
ވައްކަން ނުކުރާ މަޖިލީހެއް ހޯދޭނީ ރައްޔިތުން ރިޝްވަތަށް އެދުން ހުއްޓާލައިގެން

ވައްކަން ނުކުރާ މަޖިލީހެއް ހޯދޭނީ ރައްޔިތުން ރިޝްވަތަށް އެދުން ހުއްޓާލައިގެން

07 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު