Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ސޯލިހު

އާމްދަނީ ނުލިބޭ ބަޔަކު ތިބުމަކީ އިގްތިސާދަށް ލޮޅުން އަރާކަމެއް: ރައީސް

މަސައްކަތް ނުކޮށް ތިބި ޒުވާނުންގެ ބޭނުން ހިފަންޖެހޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 11 ޖުލައި 2019 | ބުރާސްފަތި 19:00
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނައިބް ރައީސް ފައިސަލް ނަސީމާއެކު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނައިބް ރައީސް ފައިސަލް ނަސީމާއެކު

ވަޒީފާ އަދާނުކޮށް މައިންބަފައިންނަށް ބަރޯސާވެގެން ތިބޭ ބަޔަކު އާބާދީގައި ތިބުމަކީ ގައުމީ އިގްތިސާދަށް އޭގެ ސަބަބުން ލޮޅުން އަރާކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ މިހާރުގެ އާބާދީގެ 37 އިންސައްތަ އަކީ ޒުވާނުން ކަމަށްވާއިރު، މަސައްކަތްކުރާ ޒުވާނުންގެ އަދަދަކީ އާބާދީގެ 67 އިންސައްތަ ކަމަށެވެ.

Advertisement - newsAdvertisement

އާބާދީ އިތުރުވާ މިންގަނޑަށް ބަލާއިރު 2054 ވަނަ އަހަރާ ހަމައަށް ދާއިރުވެސް މަސައްކަތު އާބާދީގެ އިންސައްތަ ބެހިފައި އޮންނާނީ އެގޮތުގައިކަން އަންދާޒާތަކުން ދައްކާ ކަމަށް ކަންބޮޑުވުމާއެކު އެމަނިކުފާނު ވިދާޅުވި އެވެ.

މަސައްކަތް ނުކޮށް ތިބި ޒުވާނުންގެ ބޭނުން ހިފޭނެ ގޮތްތަކެއް ހޯދުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި، މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް މަތިކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތްތަކާއި ބޭންކުތައް ފަދަ ތަންތަނާއި ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ފަރުދީ ޒިންމާގެ މަތިން އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި، ކޮންމެ ޒުވާނަކީވެސް އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ ޒިންމާދާރު މީހަކަށްވުމަށް ޒުވާނުންނަށް ރައީސް ސޯލިހު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސް ވިދާޅުވީ، ގައުމުގެ އާބާދީގައި މަސައްކަތް ކުރާ މީހުންގެ އަދަދު ގިނަވުމަކީ އޮޓްމެޓިކުން ގައުމު ތަރައްގީވާ ސަބަބެއް ނޫން ކަމަށެވެ. އުފެއްދުންތެރިކަން އިތުރުވެ ގައުމު ތަރައްގީވަނީ މަސައްކަތް ކުރާ އުމުރުގެ ވީހާ ގިނަ ބަޔަކު އަމަލީ މައިދާނަށް ނިކުމެގެން ކަމަށް ވިދާޅުވިއެވެ. ހާލަތާއި އެކަށޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކޮށް އަމިއްލަ މަސައްކަތާއިގެން ދިރިއުޅުމުގެ ފުރުސަތުތައް ފަހިކޮށް ދެވިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ދެކިވަޑައިގަންނާވާ ގޮތުން އެކަންކަން ހައްލު ކުރުމަށްޓަކައި އެންމެ މުހިއްމު ފިޔަވަޅަކީ ރަސްމީ ތައުލީމު ނިޒާމާއި މަތީ ތައުލީމީ ނިޒާމް އެކުއެކީގައި މަސައްކަތުގެ ހުނަރު ދަސްކޮށް ދިނުމުގެ ސިޔާސަތު ހަރުދަނާ ކޮށްގެންނެވެ. އެ ނޫން ގޮތަށް އާބާދީ ފައިހަމާވާ މިންވަރަށް އިގްތިސާދު ކުރި ނޭރުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުގެ ބޯހިމެނުން ދައްކާ ގޮތުން ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދަކީ 30 އިންސައްތައެވެ. އަދި ފިރިހެނުންގެ އަދަދަކީ 67 އިންސައްތައެވެ. ދެ ޖިންސުގެ ތަފާތު އެހާ ބޮޑުއިރުވެސް ދިރިއުޅުމުގެ ވަކި ހިސާބަކުން ވަޒީފާ ދޫކޮށްލާ އަންހެނުންގެ ނިސްބަތް މަތިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ގިނައިން މެދުވެރި ވަނީ ޒަވާޖީ ހަޔާތެއް ފެށުމުން ނުވަތަ ދަރިއަކު ލިބުމުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2010 ވަނަ އަހަރުން ފެށިގެން މަތީ ސާނަވީ ނިންމާ އަންހެން ދަރިވަރުންނަށް ވުރެ ފިރިހެން ދަރިވަރުންގެ އަދަދު ދަނީ މަދުވަމުންނެވެ. އަހަރުން އަހަރަށް އެ ފަރަގު ބޮޑުވަމުން ދިޔުމަކީ ގައުމީ ތަރައްގީ އަށް އެޅޭ ވަރަށް ބޮޑު ހިޔަންޏެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު