Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

އާޒިމާއާއި ލިޔެކިޔުންތައް ހަވާލު ކޮށްފި

11 ޖުލައި 2019 | ބުރާސްފަތި 07:02

ކޯޓަށް ހާޒިރުވުމަށް އާޒިމާއަށް ޗިޓު ފޮނުވީ މިދިޔަ އަންގާރަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 ޖުލައި 2019 | ބުރާސްފަތި 07:02
އައިޝަތު އާޒިމާ ޝަކޫރު

އައިޝަތު އާޒިމާ ޝަކޫރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރ ކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާތަކުގެ ލިޔެކިޔުންތައް ހަވާލުކޮށްފި އެވެ.

ލިޔެކިޔުންތަކާއި ހަވާލުވުމަށް އާޒިމާއަށް ކްރިމިނަލް ކޯޓުން އެންގީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށެވެ.

Advertisement - newsAdvertisement

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ލިޔުންތައް ހަވާލުކޮށް މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފަށަން ޖެހެ އެވެ. އެގޮތުން ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ލިޔެކިޔުންތައް ބަދަލު ކުރުމުން ދެން އެމައްސަލައިގައި އޮންނާނީ އިބްތިދާއީ އަޑުއެހުންތަކެވެ.

ކުރީގެ ރައީސް ޔާމީނަށް މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެ ދިނުމާއި ދައުލަތުގެ އިދާރާއަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި ގުޅޭ ލިޔެކިޔުންތައް ހަވާލު ކުރަން މީގެ ކުރިން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އޭރު ލިޔެކިޔުންތައް ހަވާލު ނުކުރެވުނީ އާޒިމާ ރާއްޖެއިން ބޭރުގައި އުޅުއްވާތީއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފްގެ ކުންފުނިން ކުރީގެ ރައީސް ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އެންޓި-ކަރަޕްޝަން ކަމިޝަން ކޮމިޝަން (އޭސީސީ)އާ ހަވާލުކުރުމަށް އެންގުމުން ފައިިސާ ހަވާލު ނުކޮށް ފައިސާއިން މަންފާ ލިބޭ ގޮތަށް އެކްސްކްރޯ އެކައުންޓެއް ހުޅުވާފާވައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއް މިލިއަން ޑޮލަރުން ބީއެމްއެލްގައި އެކްސްކްރޯ އެކައުންޓް ހުޅުވާފައިވަނީ އޭސީސީ އާއި ރައީސް ޔާމީން ހިއްސާވާ ގޮތަށެވެ. އެކަމުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ބައިވެރިވުމެއް އޮތްކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. އެކްސްކްރޯ އެކައުންޓު ހުޅުވުމުގައި ރައީސް ޔާމީނަށް ކުރާ ކަރަޕްޝަންގެ ތުހުމަތުތަކުން ޔާމީނަށް ސަލާމާތްވެވޭނެ މަގު ފަހި ކޮށްދެއްވި ކަމުގެ ތުހުމަތު ލުތުފީގެ މައްޗަށް ކުރެވެއެވެ.

އޭސީސީއިން އެދުނު ފައިސާ ޖަމާ ކޮށްފައިވާ ކަމަށް ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނަވައި އާޒިމާ ވަނީ ލިޔުމުން އޭސީސީއަށް ސިޓީއަކުން އަންގަވާފައެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން ފަޅާއެރުމުން އޭސީސީއިން ފުލުހުންގެ މައްޗަށް އަލުން މައްސަލަ ބެލުމަށް އެންގިއެވެ. އާޒިމާގެ މައްޗަށް ކުރަނީ އެމައްސަލައިގެ ތަހުގީގުން ފުލުހުންނަށް ހާމަވި ރައީސް ޔާމީނަށް މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެމައްސަލައިގައި އާޒިމާ ފުލުހަށް ވެސް ހާޒިރު ކޮށް ބަޔާންތައް ނަގާފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް