Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓު

ޔާމީންގެ ޝަރީއަތް ތާވަލް ކުރި، އޮތީ އިދާރީ ކަމެއް!

ޔާމީންގެ މައްސަލަ ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 11:00 އަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 ޖުލައި 2019 | ބުރާސްފަތި 05:47
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލް ކުރި ނަމަވެސް އެމަނިކުފާނު ކޯޓަށް ހާޒިރު ކުރަނީ އިދާރީ ބޭނުމަކަށް ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްސަލަ އެކޯޓުން ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 11:00 އަށެވެ. ނަމަވެސް ޝަރީއަތުގެ އަޑުއެހުމަށް ވަންނަން ނަން ނޯޓު ކުރަން ދިއުމުން އެކޯޓުން އެންގީ އެމައްސަލައިގައި އޮތީ އިދާރީ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ހާޒިރު ކުރަނީ އެމައްސަލައާއި ގުޅޭ ލިޔުންތަކެއްގައި ސޮއި ކުރެއްވުމަށެވެ. ނަމަވެސް އެއީ ކޮން ލިޔުންތަކެއް ކަމެއް ސާފުވާގޮތެއް ނުވެއެވެ.

އެ މައްސަލާގައި އެންމެ ފަހުން ބާއްވާފައިވަނީ އިބްތިދާއީ އަޑުއެހުންތަކެވެ.

އެންމެ ފަހުން އެމައްސަލައިގެ ޝަރީއަތެއް ބާއްވާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު ބޭއްވި ޝަރީއަތް ނިންމާލާފައިވަނީ ރައީސް ޔާމީންގެ ފަރާތުން ހުށައަޅަންޖެހޭ ހުށައެޅުންތަކަށް 10 ދުވަސް ދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދުމުން އެ 10 ދުވަސް ދިނުމަށްފަހުއެވެ. އެހުށައެޅުންތައް ޔާމީންގެ ފަރާތުން ހުށައެޅުމުން އޭގެ ރައްދެއްގެ ގޮތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ލިޔުންތަކެއް ހުށައަޅާފައެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހުށައަޅާ ދައުވާތައް ސާބިތުކުރުމަށް އަށް މީހެއްގެ ހެކި ހުށައަޅާފައެވެ. ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ރައީސް ހުސަން ލުތުފީއާއި، އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކްސްކްރޯ އެކައުންޓުން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓް ކޮށްފައިވާ ކަން ހާމަވާ ކަމަށެވެ. އަދި އިސްލާމިކް ބޭންކްގެ ޑޮލަރު އެކައުންޓުން ބީއެމްއެލްގެ ޑޮލަރު އެކައުންޓަށް އޭގެ އަސްލު އޮޅުވާލުމަށް ޓްރާންސްފާ ކޮށްފައިވާ ކަން ހާމަވާ ކަމަށް ބުނެ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާން ހުށައަޅާފައެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތު ތަކަށް އިންކާރު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު