Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބްދުލް ރަހީމް އަބްދުﷲ

މި ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމިން: އަދުރޭ

ސަރުކާރަށް އެކިކަންކަމުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 11 ޖުލައި 2019 | ބުރާސްފަތި 03:54
ާއަދުރޭ ޕީޕީއެމްގެ ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަނީ

ާއަދުރޭ ޕީޕީއެމްގެ ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ކަމަށް ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަގުތީ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ދޮޅު މަހެއްހާ ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ބުދަ ދުވަހުގެ ރޭ އަނބުރާ ރާއްޖެ ވަޑައިގެން ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމިން އިދިކޮޅުގައި މަސައްކަތް ކުރައްވަން ހުންނެވުމަކީ މި ސަރުކާރަށް ކެތް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމިން ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމާ ގުޅޭގޮތުން ނޫސްވެރިޔަކު އެހި ސުވާލަކަށް ޖަވާބުދެއްވަމުން، އަދުރޭ ވިދާޅުވީ ރައީސް ޔާމިން ކޯޓަށް ހާޒިރުކުރާނެ ކަން މާކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ކޯޓަށް ހާޒިރުވާން އެންގުމުން ކޯޓަށް ހާޒިރުވެވަޑައިގެން ކުރިމަތިކުރާ ހުރިހާ ސުވާލަކަށް ރައީސް ޔާމިން ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވަނީ ރައީސް ޔާމިންގެ މައްޗަށް އެއްވެސް ކަމެއް ސާބިތުނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ރައީސް ޔާމިން ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ ހުއްޓުވަން އުޅޭ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، އެކަމުގައި ވަރަށް ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެ ކަންކަމާއި ރާއްޖެއަށް އައިސްފައިވާ އިގްތިސާދީ ހީނަރުކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އިގްތިސާދީ ހީނަރުކަމެއް އައިސްފައިވާ ކަމަށް އަދުރޭ ވިދާޅުވީ ރާއްޖޭގެ ރިޒާވަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އަދުރޭ ވަނީ ލުތުފީގެ މައްސަލައިގައި ވެސް ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ވަނީ ބަޔަކު ފަޅާއަރުވާލުމާ ހަމަޔަށް ސަރުކާރުން ލުތުފީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ފޮރުވައިގެން ގެންގުޅުނު ކަމަށާއި، އެކަން ކުށްވެރި ކުރާ ކަމަށް ވިދާޅުވެފައެވެ. ދިވެހިން ދުވަހަކުވެސް ލުތުފީއަށް މާފު ނުކުރާނެ ކަމަށް ވިދާޅުވެ، އެހާ "އިއްޒަތުގައި" ސަރުކާރުނެ ލުތުފީ ގެނައުމުން ވެސް ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅުން ކުރިޔަށް ރާވާފައި ހުރި ހަރަކާތްތަކަށް އަލިއަޅުވާލައްވައި އަދުރޭ ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ހުށައަޅައިގެން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށާއި، ކަންކަންވާގޮތް ރައްޔިތުންނަށް ކިޔައިދިނުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައި އަތޮޅު ތެރޭގައި އަދި މާލޭގައި ވެސް އިދިކޮޅު ހަރަކާތްތައް ރޭވިފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގެ ދުވަސްވަރު، ސަރުކާރު އެންމެ ބޮޑަށް ދިފާއުކުރައްވާ މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވުނު އަދުރޭ ވަނީ، ނިމިދިޔަ މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިފައެވެ. އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހިގެން އަދުރޭ ތަކުރާރުކޮށް އަޑުއުފުލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު