Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގޭ ރިޕޯޓް

މުސާރައިން އެންމެ ލޯލާރިއެއްވެސް އުނިކުރަން ފާސްކުރަން ކެރޭނެބާ؟

8 ޖުލައި 2019 | ހޯމަ 13:05

ގަވާއިދު ކޮމިޓީގެ މަސައްކަތް ހޯމަ ދުވަހުގެ ރޭ ނިންމާލާނެ ކަމަށް ކޮމިޓީން ވަނީ ބުނެފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 8 ޖުލައި 2019 | ހޯމަ 13:05
މަޖިލިސް ޗެމްބަރުގައި މެމްބަރުން

މަޖިލިސް ޗެމްބަރުގައި މެމްބަރުން

ރައްޔިތުންގެ މަޖިލީހަކީ ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލިފައިވާ މުއައްސަސާތަކުގެ ތެރެއިން އެ މުއައްސަސާއެވެ. މަޖިލީހާއި ދޭތެރޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް އެހާމެ ގިނައެވެ. މުއައްސަސާތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް މުއައްސަސާގެ ތެރޭގައި މަޖިލިސް ހިމެނެއެވެ. ތަޖްރިބާ އާއި އުމުރުގެ ގޮތުން މި މުއައްސަސާ ކިތަންމެ ދޮށި ކަމުގައިވީ ނަމަވެސް، ހައްލު ނުކުރެވި ހުރި ކަންތައް އެހާމެ ގިނައެވެ.

ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލްވާ އެންމެ މަތީ ގެއެވެ. މި ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވަނީ، ރައްޔިތުން ފުރުސަތު ދެއްވާ ފަރާތްތަކަށެވެ. ރައްޔިތުންގެ ގާތަށް ގޮސް ގައުމުގެ ތަރައްގީއަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ވާ ވައުދުތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުން އެ ފަރާތްތަކަށް ފުރުސަތުދެއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންވާންޖެހޭނީ، މަޖިލީހުގެ މަސައްކަތްތަކަށް ފަރުވާތެރި، ޖަލްސާތަކަށް ގަވާއިދުން ހާޒިރުވާ، ނަޒާހަތްތެރި ބަޔަކަށެވެ. ނަމަވެސް ފާއިތު އަހަރުތަކުގައި މަޖިލިސްގެ ގިނަ މެމްބަރުން ފެނިގެން ދިޔައީ މިއާއި ދިމާ އިދިކޮޅަށެވެ. މެމްބަރުންގެ ފަރާތުން ފެނިގެން ދިޔައީ މަޖިލީހުގެ މަސައްކަތްތަކަށް ފަރުވާ ކުޑަ، ޖަލްސާތަކަށް މަގްބޫލް އުޒުރެއް ނެތި ސަލާމް ބުނަމުން ދިޔަ ތަނެވެ. ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު، ފެނިގެން ދަނީ ދެބައި ކުޅަ އެއްބައި ޖަލްސާއަށް ވެސް ގިނަ މެމްބަރުންނަށް ހާޒިރުވެވިފައި ނުވާ ތަނެވެ. އެހެންކަމުން މެމްބަރުންގެ ހާޒިރީ އާއި މެދު ރައްޔިތުންގެ ޝަކުވާވެސް އޮތީ އިންތިހާއަށް ބޮޑުކޮށެވެ. ޒިންމާދާރު ކަމާއެކު، މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނަމަ، މެމްބަރުން ގަވާއިދުން ޖަލްސާތަކަށް ހާޒިރުވުން ވަރަށް މުހިއްމެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގައި މެމްބަރުން ފަރުވާކުޑަކޮށްފައިވަނީ، މެމްބަރުން ޖަލްސާތަކަށް ހާޒިރުނުވުމުން އެޅޭނެ މާބޮޑު ފިޔަވަޅެއް ނެތުމުގެ ސަބަބުންނެވެ. ޖަލްސާތަކަށް ހާޒިރުވިޔަސް ނުވިޔަސް، މުސާރައިގެ ގޮތުގައި 42000 (ސާޅީސް ދެ ހާސް ) ރުފިޔާ އާއި ހައުސިންގ އެލަވަންސްގެ ގޮތުގައި 20000 ( ވިހި ހާސް ) ރުފިޔާގެ އިތުރުން، ކޮމިޓީގެ އިލަވަންސްގެ ގޮތުގައި 20000 (ވިހި ހާސް ) ރުފިޔާ ލިބިވަޑައިގަންނަވައެވެ. ޖުމްލަ 820000 (އަށްޑިހަ ދެހާސް ) ރުފިޔާ ޕެކޭޖްގެ ގޮތުގައި މެމްބަރުންނަށް ލިބިވަޑައިގަންނަވައެވެ.

މެމްބަރުން މަޖިލީހަށް ހާޒިރުނުވުމުން އެޅޭނެ ފިޔަވަޅެއް މިހާތަނަށް މަޖިލީހުގެ ގަވާއިދުގައި ނެތެވެ. ރައްޔިތުންގެ މަޖިލީހުން އަމަލުކުރަން ޖެހޭ، ގަވާއިދު މިހާތަނަށް އައިއިރުވެސް ހަދާ ނިމިފައެއް ނުވެއެވެ. އާ މަޖިލިސް ފެށުމާއެކު މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ފަށައި، އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް 11 މެމްބަރުންގެ ކޮމިޓީއެއް ކަނޑައެޅި އެ ކޮމިޓީގެ މަސައްކަތް ނިމުމަކަށް އައިއިރު، ކޮމިޓީން ވަނީ ރައްޔިތުން އެދި އެދި ތިބި ކަމެއް ގަވާއިދުގައި ހިމެނުމަށް ފަހު، ފާސްކޮށްފައެވެ.

މަގްބޫލް އުޒުރެއް ނެތި މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން މަހެއްގެ ދެ ބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ، އެ މެމްބަރެއްގެ މުސާރައިގެ 50 (ފަންސާސް) ޕަސެންޓް އުނިކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު ހަދަމުން އަންނަ، ގަވާއިދު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މަގްބޫލް އުޒުރުގެ ގޮތުގައި ބަލަން ނިންމާފައިވަނީ ސަލާމާއި، ޗުއްޓީއެވެ. އެގޮތުން މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވާއިރު، އަދި ސަލާމް ބުނާއިރު މަޖިލީހުގެ ރައީސަށް އަންގަވަންވާނެއެވެ. މަޖިލީހުގެ ރައީސްއަށް، އެ ފަދަ ގޮތަކަށް ނާންގާ މެމްބަރުން މަޖިލީހުގެ ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ، މެމްބަރުންގެ މުސާރައިން 50 ޕަސެންޓް އުނި ކުރެވޭނެއެވެ.

މަގްބޫލް އުޒުރެއްނެތި ޖަލްސާއަށް ހާޒިރުނުވެގެން މެމްބަރުންގެ މުސާރައިން 50 އިން ސައްތަ އުނިވާނަމަ، ހައުސިން އިލެވެންސް އާއި ކޮމިޓީ އިލެވެންސްވެސް ކެނޑެންޖެހެއެވެ.

އެހެން ނޫންނަމަ، މެމްބަރު ޖަލްސާއަށް ހާޒިރުނުވެގެން އުނިވާ ބައި ކޮމިޓީ އިލެވެންސް އާއި ހައުސިންގ އިލެވެންސް އިން ލިބޭ ކަމުގައި ވާނަމަ، ސަލާމް ބުނެފައި ޖަލްސާއަށް ނައިސްގެން މެމްބަރުންގެ މުސާރައިން ކެނޑުން މާ ބޮޑު ކަމަކަށް ނުވާނެއެވެ. ސަބަބަކީ އުނިވާ ބައި މެމްބަރުންނަށް އެކި އެލެވެންސްތަކުން ހަމަޖެހޭތީއެވެ.

ޖަލްސާތަކަށް ހާޒިރުނުވާނަމަ، މެމްބަރުންގެ މުސާރައިން ކެޑޭ ގޮތަށް ގަވާއިދު ކޮމިޓީން ފާސްކުރި ކުރުމަކީ ރަނގަޅު ނިންމުމެކެވެ. ގަވާއިދު ކޮމިޓީގެ މި ނިންމުން، ރައްޔިތުން ވަނީ ބަލައިގެންފައެވެ. ނަމަވެސް ޖަލްސާތަކަށް މެމްބަރުން ހާޒިރުނުވުމުން، މުސާރައިން ކެނޑުން ފަދަ ލުޔެއް ދީފައި ދޫކޮށްލުން، އެއީ މެމްބަރުން ޒިންމާދާރު ކުރުމަށް ބަލާއިރު އެޅޭ އެންމެ ރަނގަޅު ފިޔަވަޅުތޯ ސުވާލުއުފެދެއެވެ.

ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަކީ ވަޒީފާއަކަށް ނުވުމެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަކީ ރައްޔިތުން އިންތިޚާބު ކުރާ މަގާމެކެވެ. އެހެންކަމުން މަޖިލިސް މެމްބަރުންގެ ގަނޑި ޖައްސާ މުސާރަ ކެނޑުމަށް ވުރެ،މެމްބަރަކު އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރަންޏާ މެމްބަރުކަން ނިގުޅައިގަތުމުގެ ބާރު ރައްޔިތުންނަށް އޮންނަންޖެހެއެވެ. އެހެންކަމުން މެމްބަރުން މަގްބޫލް އުޒުރެއްނެތި 60 ޕަސެންޓް ޖަލްސާއަށް ހާޒިރުނުވާނަމަ މެމްބަރުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވާނަމަ، މެމްބަރުކަން ގެއްލޭ ގޮތަށް ހެދުމަކީ މެމްބަރުން ޒިންމާދާރު ކުރުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މަޖިލީހުން ހަދާ ގަވާއިދުގައި މެމްބަރުންގެ ސުލޫކީ މިންގަނޑުތަކާއި ހާޒިރީއާ ގުޅޭ އުސޫލުތައް ހިމެނިދާނެ ކަމަށާއި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތައް ކެނޑޭނެ ގޮތްތައް ވެސް ކަނޑައެޅިދާނެ ކަމަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނެފައިވެއެވެ.

މަޖިލިސް މެމްބަރުން މި ގަވާއިދު ތަޅުމުން ފާސްކުރާނެ ކަމާއި މެދު ސުވާލުއުފެދެއެވެ.މެމްބަރުން ސަލާމް ބުނުމުން،ހުދު އެ މެމްބަރުންގެ މުސާރައިން 50 ޕަސެންޓް އުނިކުރަން މެމްބަރުން ތާއީދްކޮށްފާނެތޯ މިއީ އުފެދޭ ސުވާލެކެވެ. ރައްޔިތުންނަށް އިޚްލާސްތެރި މެމްބަރުން މި ކަމަށް ތާއީދުކުރާނެ ކަމީ ޔަގީން ކަމެކެވެ. ކޮންމެއަކަސް މަޖިލިސް މެމްބަރުން، އެ މެމްބަރުންގެ ޒިންމާ އަދާކުރުވުމަށް އެޅޭ ފިޔަވަޅުތަކަށް، އެ މެމްބަރުން ކުރައްވާ ތާއީދު މި ގަވާއިދަށް ވޯޓަށް އަހާ ދުވަހު ހާމަވެގެންދާނެއެވެ. އިޚްލާސްތެރި މެމްބަރުންނަކީ ކޮބައިކަން އެ ދުވަހުން ރައްޔިތުންނަށް އެނގިގެންދާނެއެވެ. މެމްބަރުން މި ގަވާއިދު ފާސްކުރާ ގޮތެއް ބަލަން ރައްޔިތުން ތިބީ ވަރަށް ހުޝިޔާރުކަމާއެކުއެވެ. ތި މެމްބަރުން ރައްޔިތުންނަށް ވީ ވައުދު ފުއްދެވުމުގެ އިމްތިހާނުން ، ތިޔަ މެމްބަރުން ފާސްވެގެން ދާނީ، މި ގަވާއިދަށް ތިޔަ މެމްބަރުން ވޯޓް ދެއްވާ ގޮތަކުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

އެންދެރިމާގެ ވެސް ބަލާފާސްކުރަން ފުލުހުން ހިގައްޖެ: ޔުމްނާ

27 ޖެނުއަރީ 2018
އެންދެރިމާގެ ވެސް ބަލާފާސްކުރަން ފުލުހުން ހިގައްޖެ: ޔުމްނާ
27 ޖެނުއަރީ 2018

ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރަން ފަށައިފި

27 ޖެނުއަރީ 2018
ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރަން ފަށައިފި
22 ނޮވެމްބަރު 2017

ބަޖެޓް ފާސްކުރަންޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

22 ނޮވެމްބަރު 2017
ބަޖެޓް ފާސްކުރަންޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
17 ނޮވެމްބަރު 2017

ސިވިލް ސާވިސްގެ މުއައްޒަފުން ބޭރުގައި އުޅުނަސް މުސާރައިން އުނި ނުކުރެވޭ ގޮތަށް ކަނޑައަޅައިފި

17 ނޮވެމްބަރު 2017
 ސިވިލް ސާވިސްގެ މުއައްޒަފުން ބޭރުގައި އުޅުނަސް މުސާރައިން އުނި ނުކުރެވޭ ގޮތަށް ކަނޑައަޅައިފި
24 އޮކްޓޯބަރު 2017

ސިވިލް ސާވިސް މުވައްޒިފުން ބޭރުގައި އުޅޭ ވަގުތަށް މުސާރައިން ކަނޑަށް ނިންމާއިފި

24 އޮކްޓޯބަރު 2017
ސިވިލް ސާވިސް މުވައްޒިފުން ބޭރުގައި އުޅޭ ވަގުތަށް މުސާރައިން ކަނޑަށް ނިންމާއިފި
29 އޯގަސްޓު 2017

އީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރަން ފަށައިފި

29 އޯގަސްޓު 2017
އީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރަން ފަށައިފި
24 އޯގަސްޓު 2017

ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް ދިރިއުޅުއްވާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަން ފަށައިފި

24 އޯގަސްޓު 2017
 ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް ދިރިއުޅުއްވާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަން ފަށައިފި
18 ޖުލައި 2017

ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރަން ފަށައިފި

18 ޖުލައި 2017
ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރަން ފަށައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް