Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓިކޮރަޕްޝަން ކޮމިޝަން

އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުއްވައިލައިފި

24 ޖޫން 2019 | ހޯމަ 13:28

މި ފުރުޞަތު ހުޅުއްވައިލައްވައިފައިވަނީ ހޯމަ ދުވަހުން ފެށިގެން 1 ޖުލައިގެ ނިޔަލަށް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 24 ޖޫން 2019 | ހޯމަ 13:28
އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން

އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ސަރުކާރުން ހުޅުވާ ލައިފިއެވެ.

މި ފުރުޞަތު ހުޅުއްވައިލައްވައިފައިވަނީ ހޯމަ ދުވަހުން ފެށިގެން 1 ޖުލައި 2019 ވާ ހޯމަދުވަހުގެ 12:00 އަށެވެ.

Advertisement - newsAdvertisement

އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުންނަކީ ސެޕްޓެމްބަރު، 2014 ގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުންގެ މެމްބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާނެ އެވެ.

އުމުރުން 25 އަހަރު ވެފައިވާ ދިވެއްސަކަށް ވުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ވޭޭތުވެދިޔަ ފަސް އަހަރު ސާބިތުވެފައި ނެތުމާއި ސިޔާސީ މަގާމެއް ނުވަތަ އިންތިޚާބީ މަގާމެއް ނުވަތަ ސަރުކާރުގެ އެހެން ވަޒީފާއެއް އަދާ ކުރަމުން ނުދިއުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން އޭސީސީގެ މެމްބަރު ކަމަށް ކުރިމަތި ލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައ ހިމެނެއެވެ.

މީގެ އިތުރުން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވުމާއި ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ ނަމަ، އެ ހުކުމެއް ނިމުނުތާ ފަސް އަހަރު ވެފައިވުން ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒް ރަޝީދާއި މެމްބަރު ސަފްވަތު މުހައްމަދާއި ޔަޒްމީދު އަހުމަދާއި އާމިނަތު މިންނާ އެވެ. އޭގެ ތެެރެއިން ލުތުފީ އާއި މުއައްވިޒް އެ ކޮމިޝަންގައި މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ މެމްބަރު ކަމުގެ ދެވަނަ ދައުރެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 ޖޫން 2017

އެޗްއާރުސީއެމަށް، އެކޮމިޝަނުގެ ކުރީގެ މެމްބަރު ޒާހިދު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

13 ޖޫން 2017
އެޗްއާރުސީއެމަށް، އެކޮމިޝަނުގެ ކުރީގެ މެމްބަރު ޒާހިދު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
30 މެއި 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް

30 މެއި 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް
17 މެއި 2017

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

17 މެއި 2017
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި
20 އެޕްރީލު 2017

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރައީސް ނަޝީދު ސޮއި ކުރައްވައިފި

20 އެޕްރީލު 2017
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރައީސް ނަޝީދު ސޮއި ކުރައްވައިފި
18 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި

18 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި
10 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

10 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ
06 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

06 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް