Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑެގައްލާ

އޮޑެގައްލާގެ އެއްބަސްވުން ބާތިލް ކުރުމުގެ މަސައްކަތް ފަށާ އެރަށުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އަންގާފައިވާނެ: އަލީ ވަހީދު

23 ޖޫން 2019 | އާދީއްތަ 13:40

އާދިއްތަ ދުވަހު ޖަނާޔާ މަޝްވަރާކޮށްފައިވާނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 23 ޖޫން 2019 | އާދީއްތަ 13:40
ޓްއަރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މިނިސްޓަރ އަލީ ވަހީދު ވާހަކަފުޅު ދައްކަވަނީ

ޓްއަރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މިނިސްޓަރ އަލީ ވަހީދު ވާހަކަފުޅު ދައްކަވަނީ

ގއ. އޮޑެގައްލާގައި ރިސޯޓް ހެދުމަށް ވެވުނު އެއްބަސްވުން ބާތިލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އަންގާފައިވާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅު ވެއްޖެއެވެ.

ޓްއަރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އަލީ ވަހީދު ވިދާޅުވީ، އޮޑެގައްލާ ރިސޯޓް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާ މުހައްމަދު އަލީ ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރްސީ)އާއި އާދިއްތަ ދުވަހު މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އަދި މިއަދުން ފެށިގެން އެރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަދި އޮޑެގައްލާ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި ނިންމުމާއި އެކު ކުރިއަށް ދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޖަނާޔާ އެކު މިއަދު ބޭވުނު ބައްދަލުވުމަށް ފަހު އެ ރިސޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރަން ޓުއަރިޒަމް މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށާއި މި މައްސަލާގައި ދެން ކުރިއަށްދާނެ ގޮތެއްގެ ލަފާފުޅެއް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ސިޓީފުޅަކުން ދަންނަވާފައި ވާނެ ކަމަށެވެ.

އޮޑެގައްލާގައި ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ވަރަށްގިނަ ރިޒޯޓްތަކެއް ތަރަށްގީ ކޮށްފައިވާ ޖަނާހުގެ ކުންފުންނަށެވެ. އަދި ޖަނާގެ ކުންފުންޏާއި އެކު ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސް ވުމަކީ ވެސް ރަނގަޅު އެއްބަސް ވުމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ

އަލީ ވަހީދު ވިދާޅުވީ، އެ ރަށުގައި ރިސޯޓު ތަރައްގީ ނުކުރެވޭތީ ޖަނާޔަށް ބަދަލު ދޭން ޓޫރިޒަމް މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އޮޑެގައްލާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ނުކުރެވޭނެ ކަމަށް އީޕީއޭއިން ނިންމީ އެ ރަށަކީ ގިނަ އަދަދެއްގެ ދޫނި ބިސް އަޅާށާއި ނިދަން އަރާ ރަށަކަށް ވުމާއި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށަކަށް ވުމާއި އަހަރުގެ ވަކި ދުވަސްވަރެއްގައި ވެލާ ބިސް އަޅަން އަރާ ރަށަކަށް ވާތީ ކަމަށް އީޕީއޭ އިން ބުނެއެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް