Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަރަހައްދީ މުބާރާތް

އަންނަ އަހަރު ސަރަހައްދީ މުބާރާތެއް ބޭއްވުމަށް އެފްއޭއެމުން މަޝްވަރާކުރަނީ

ބާއްވަން މަސައްކަތް ކުރަނީ 16 އަހަރުން ދަށުގެ މުބާރާތެއް

ލީވާން އަލީ
ލީވާން އަލީ | 20 ޖޫން 2019 | ބުރާސްފަތި 10:31
މިނިސްޓަރ އަހުމަދު މަހްލޫފް (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު

މިނިސްޓަރ އަހުމަދު މަހްލޫފް (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު

އަންނަ އަހަރު ސަރަހައްދީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރާ ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަނުން މަޝްވަރާތައް ފަށައިފިއެވެ.

އެފްއޭއެމްގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ ލަފާފުޅުގެ މަތިން އަންނަ އަހަރު 16 އަހަރުން ދަށުގެ ސަރަހައްދީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް މަޝްވަރާތައް ފެށިފައިވާ ކަމަށެވެ. އެގޮތުން ބައްސާމް ވިދާޅުވީ، ޒުވާނުން ތަމްރީން ކުރުމަށް މިނިސްޓަރ މަހްލޫފް ގެންގުއްވާ ސިޔާސަތު ބަލައިގަންނަ ކަމަށާއި، އެކަމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

މީގެއިތުރުން ބައްސާމް ވިދާޅުވީ، ހުރިހާ މުބާރާތެއްވެސް މިހާރު ބާއްވަނީ މާލޭގައި ކަމަށާއި، އަތޮޅު ތެރޭގައި މުބާރާތްތައް ބާއްވަން ޖެހޭ ކަމަށެވެ. އަދި މުބާރާތްތައް ބޭއްވޭގޮތަށް އަތޮޅު ތެރޭގައި ތަރައްގީގެ މަޝްރޫތައް ކުރިޔަށްގެންދަން ޖެހޭކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ހުރިހާ ކުޅިވަރެއްގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ޔޫތު ޑިވެލޮޕްމެޓަށް ކަމަށާއި، އެގޮތުން ޒުވާން ކުޅުންތެރިންނަށް ފުރުސަތުވެސް ހޯދައިދޭންޖެހޭ ކަމަށެވެ. އެގޮތުން މަހްލޫފް ވިދާޅުވީ، 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ބިޑުކުރުމަށް މިހާރު މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށާއި، ކާމިޔާބުވާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ. އަދި ބިޑު ކާމިޔާބުވެއްޖެނަމަ، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ޓީމުތައް ބިނާކުރަންވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަންވެސް މިނިސްޓަރ މަހްލޫފް ވަނީ ފާހަނގަކުރައްވާފައެވެ.

ރާއްޖޭގައި އުމުރުފުރާގެ ސަރަހައްދީ މުބާރާތެއް މިހާތަނަށް ބާއްވާފައިނުވެއެވެ. ނަމަވެސް ކުލަބު މޯލްޑިވްސް އިން ވަނީ 2017 ވަނަ އަހަރު ބޭރުގެ އެކެޑަމީތަކަށް ދައުވަތު ދީގެން 16 އަހަރުން ދަށަށް ހާއްސަކޮށްގެން އިންވިޓޭޝަނަލް ކުލަބު މުބާރާތެއް ރާއްޖޭގައި ބާއްވާފަ އެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި

10 ޖެނުއަރީ 2017
އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު