Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސުޕްރީމް ކޯޓް

ޖޭއެސްސީގެ މެމްބަރުންގެ ދުލުން: ސުޕްރީމް ކޯޓަކީ ކޮމިޝަންގެ މަސައްކަތަށް އޮތް ބޮޑު ހުރަހެއް!

ޖޭއެސްސީގެ މެމްބަރުން ވަނީ ކޮޮމިޝަންގެ މަސައްކަތްތަކަށް ސުޕްރީމް ކޯޓުން ނުފޫޒް ފޯރުވާކަމުގެ ހެކިހުރި ކަމަށް ވިދާޅުވެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 17 ޖޫން 2019 | ހޯމަ 11:11
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔަރުންް

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔަރުންް

އަދުލުވެރި، އިންސާފުވެރި ފަނޑިޔާރު ގެއެއް ކަށަވަރުކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އާ ހަވާލުކޮށްފައި ވަނީ ވަރަށް މުހިންމު މަސައްކަތެެކެވެ. ފަނޑިޔާރުން އައްޔަންކުރުމާއި، ފަނޑިޔާރުންގެ މައްސަލަތައް ބެލުމާއި، ފަނޑިޔާރުންގެ ޤާބިލްކަން ކަށަވަރުކުރުން ފަދަ މުހިންމު މަސައްކަތްތައް ޤާނޫނު އަސާސީން މަތިކޮށްފައި އޮތް މިނިވަން މުއައްސަސާއަކީ ޖުޑީޝަލް ސާރވިސް ކޮމިޝަނެވެ.

ކޮރަޕްޓް، އަނިޔާވެރި، އަދުލުވެރިކަން ގެއްލިފައިވާ ފަނޑިޔާރު ގެއެއްގެ އަސްލަކީ ވެސް ޖޭއެސްސީގެ މަސްއޫލިއްޔަތު އެ ކޮމިޝަނަށް އެންމެ ފުރިހަމައަށް އަދާކުރެވިފަ ނެތުމެވެ. ޤާނޫނު އަސާސީން ޖޭއެސްސީއާ ހަވާލުކޮށްފައިވާ މުހިންމު މަސައްކަތް އެންމެ ފުރިހަމައަށް އަދާކުރި ނަމަ، ފަނޑިޔާރުގޭގެ ހާލަތު މިފެންވަރަށް ނުވެއްޓުނީހެވެ. ނަމަވެސް އެކަމުގައި ޖޭއެސްސީ ބަދުނާމުކޮށްފައި ދޫކޮށްލެވޭކަށެއް ވެސް ނެތެވެ.

ކޮމިޝަނަށް ހަރަކާތެެއް ނުކުރެވުމުގެ އަސްލަކީ ސުޕްރީމް ކޯޓޭ ކިޔުނުތަނަކުން ކޮމިޝަންގެ ދެ އަތާއި، ދެ ފައި ބަނދެ އަނގަމަތީގައި ޓޭޕް އަޅާފައި އޮތުމެވެ. އެ ބަންދުން ކޮމިޝަން ސަލާމަތްކުރުމަށް މަޖިލީސް ވެސް ނުކުޅެދިފައި އޮތުންއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ޖޭއެސްސީގެ މެމްބަރުން ހާޒިރުކުރުމުން، އެ މެމްބަރުން ދެއްކި ވާހަކަތަކުން އެކަން އެ އޮތީ ސާފުކޮށް އެނގޭށެވެ. އެ އުދާސްތައް އެވަނީ ބޭރުކޮށްފައެވެ. ކޮޮމިޝަނުން ކޮޅަކަށް ހިރެލާއިރަށް، ސުޕްރީމް ކޯޓޭ ކިޔުނުތަނުން އަމުރެއް ނެރެ، ބާރުތައް އަތުލަ އެވެ. ނުވަތަ ސިޓީއަކުން އެ ކުރާ މަސައްކަތެއް ހުއްޓުވަ އެވެ.

ޖޭއެސްސީގައި ދަށު ކޯޓުތަކުން އންތިހާބުކުރާ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ޤާނޫނީ ވަކީލުން ތިއްބަވައެވެ. އާންމުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރެއްގެ އިތުރުން ބަންޑާރަ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެ ކޮޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކު އިންނަވައެވެ. އޭގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ. މިހާރު އެ ކޮޮމިޝަންގެ ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވަނީ ސުޕްރީމް ކޯޓުން ކޮމިޝަނަށް އައްޔަންކުރެއްވި ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.

ޖުމްލަ 10 މެމްބަރުން ތިއްބަވާ ކޮމިޝަންގެ މެމްބަރުން މަޖިލީހުގައި ދެއްކެވި ވާހަކަތަކުގެ ތެރެއިން ކޮމިޝަނަށް ސުޕްރީމް ކޯޓުން ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ. މަޖިލީހުގެ ކޮމެޓީގައި ދެން ވާހަކަދެއްކެވި ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ކޮމިޝަނަށް މަސައްކަތް ނުކުރެވެނީ ސުޕްރީމް ކޯޓުން ކޮމިޝަނަށް ނޭވާލުމުގެ ފުރުސަތު ނުދޭތީ ކަމަށެވެ.

ފަނޑިޔާރުންގެ ޕަރފޯމަންސް ބެލުމުގެ މަސައްކަތް ވެސް ހުއްޓުވީ ސުޕްރީމް ކޯޓުން ކަމަށް މެމްބަރުން ވިދާޅުވި އެވެ. ފަނޑިޔާރުންގެ ޤާބިލްކަން ބެލުމުގެ މަސައްކަތް ވެސް އޮތީ ސުޕްރީމް ކޯޓާ ހަމައިން ހުއްޓުވާފައި ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ކަންބޮޑުވުމާއެކު މެމްބަރުން ވިދާޅުވި ގޮތުގައި މިނިވަންކަމާ އެކު ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނަށް ނުބެލޭއިރު، ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު ވެސް ބަދަލުކުރެވެނީ ސުޕްރީމް ކޯޓުން ހުއްދައެއް ލިބުމުންނެވެ. ފަނޑިޔާރަކު އައްޔަންކުރެވަނީ ވެސް އެ ކޯޓުގެ ހުއްދަ ލިބިގެންނެވެ.

ގާތްގަނޑަކަށް މަޖިލީހުގެ ކޮމެޓީގައި ވާހަކަދެއްކެވި ޖޭއެސްސީގެ ހުރިހާ މެމްބަރުންގެ ވާހަކަތައްވެސް ހުރީ މިފަދަގޮތަކަށެވެ. ހަމައެކަނި ސުޕްރީމް ކޯޓު ދިފާއުކުރެއްވީ އެ ކޯޓުގެ ފަނޑިޔާާރު އަބްދުﷲ އަރީފް އެވެ.

ފަނޑިޔާރު އަރީފް، އެ ކޯޓު ދިފާއުކުރެއްވުމަކީ ހައިރާންވާންޖެހޭ ކަމެއް ވެސް ނޫނެވެ. އެހެނީ ފަނޑިޔާރު އަރީފް ނަޖާހަތްތެރިކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭތީ އެވެ. 1 ފެބުރުއަރީގައި ނެރުނު އަމުރަކީ، އެބޭފުޅުން ނުނެރޭ އަމުރެއް ކަމަށް ހައްދަވައި، އެ އަމުރު އަނެއްކޮޅަށް ޖަހައިދިން ފަނޑިޔާރުންގެ ތެރޭގައި އަރީފްް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެފަދަ ނަޖާހަތްތެރި ފަނޑިޔާރަކު ކޮމެޓީގައި ސުޕްރީމް ކޯޓު ދިފާއުކުރުން އެއީ ހާމަކުރައްވާނެ ކަމެއް ކަމަށް ގަބޫލުކުރަންޖެހެ އެވެ.

ޖޭއެސްސީއާ ހަމައިން، ސުޕްރީމް ކޯޓުން ފަނޑިޔާރުން ކޮންޓްރޯލްކުރަން ކުރާ މަސައްކަތްތައް އޮތީ ނިންމާލާފައެއް ނޫނެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ދަށަށް ގެންގޮސް، އެ ކޯޓުގެ ފަނޑިިޔާރުން މޮޑެން ގެންގުޅުއްވާ ފުއްގަނޑަކަށް އެ ޑިޕާޓްްމަންޓް އޮތީ ހަދާފަ އެވެ. އޭގެ އިތުރުން ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން އުފައްދަން ޖެހޭ ޖުޑިޝަލް ކައުންސިލް ސުޕްރީމް ކޯޓުން އުވާލުމަށް ފަހު، އެ ކޯޓުގެ އަމިއްލަ އިސް ނެގުމަށް ކައުންސިލެއް އުފައްދާ އެ އިދާރާ ވެސް އަންނަނީ އެ ކޯޓުން ބޭނުން ގޮތަކަށް އަނބުރަމުންނެވެ.

ޖޭއެސްސީގެ މެމްބަރުންގެ ވާހަކަތަކުން އެނގުނު އެއްކަމަކީ، އަދި މިއަދު ހާމައޮތް ފެންނަން އޮތް ހަޤީޤަތަކީ ޤާނޫނު އަސާސީ ތަސައްވަރުކުރި ފަނޑިޔާރު ގެޔަށް އޮތް އެންމެ ބޮޑު ހުރަހަކީ ސުޕްރީމް ކޯޓުކަމެވެ. އެ ކޯޓުގެ ވަކިތައް ދަންމާލާފައި އޮތް މިންވަރު ކަމެެވެ.

މިނިވަން އަދުލުވެރި ފަނޑިޔާރު ގެޔަކަށް އެ ކޯޓުގެ ވަކިތަކުން ފަނޑިޔާރުންނާއި ގުޅުން ހުރި އިދާރާތައް މިނިވަންވާންޖެހޭ ކަމެވެ. ނަމަވެސް ސުވާލަކީ އެކަން ކުުރާނީ ކިހިނެތޯ އެެވެ. ސުޕްރީމް ކޯޓުގެ އަތް މުޅި ދައުލަތް މަތީ ދަމާލާފައި އޮތް މިންވަރުން މަޖިލީހަށް އެކަން ކުރެވިދާނެތޯ އެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނުތައް ހިތުހުރި ގޮތަކަށް މާނަކޮށް، މިއަދުވެސް އެ ކޯޓުން އެގެންދަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަސްލަހަތުތައް ހިމާޔަތްކުރައްވަމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ސަސްޕެންޑްކުރުމުން ކަންކުރައްވާ ގޮތުން ވެސް އެ ކޯޓުގެ ނުފޫޒް އޮތް މިންވަރު އެނގިގެންދެ އެވެ. ޝަރުއީ ދާއިރާ އިސްލާހުކުރަންޖެހޭކަން ރައްޔިތުން ގަބޫލުކުރެއެވެ. ނަމަވެސް އެއީ ފަސޭހަ ދަތުރެއް ނޫނެވެ. އެ ކަމުގައި ސުޕްރީމް ކޯޓު ސައިޒްކުރަންޖެހުނަސް އެކަން ވެސް ކުރަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

10 ސެޕްޓެމްބަރު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު