Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ޖަލު

މާލެ ޖަލުގައި އާއިލާތަކަށް ބައްދަލުކުރަން ފަސޭހަވާނެ ގޮތަށް، ބައްދަލުވުންތައް ހަމަޖައްސައިދޭން ފަށައިފި

13 ޖޫން 2019 | ބުރާސްފަތި 13:24

ތުއްތު ކުދިންނަށްވެސް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 ޖޫން 2019 | ބުރާސްފަތި 13:24
މާލޭ ޖަލުގައި އަލަށް ޤާއިމްކުރި އާއިލީ ބައްދަލުވުމަށް ހާއްސަކުރި ތަނެއް

މާލޭ ޖަލުގައި އަލަށް ޤާއިމްކުރި އާއިލީ ބައްދަލުވުމަށް ހާއްސަކުރި ތަނެއް

މާލެ ޖަލުގައި ބަންދުކުރެވިފައިވާ މީހުންނާއި ބައްދަލުކުރުމަށް އެމީހުންގެ ޢާއިލާތަކުން އަންނައިރު ލުއި، ފަސޭހަވާނެ ގޮތަށް، ބައްދަލުވުންތައް ހަމަޖައްސައިދޭން ފަށައިފި އެވެ.

އެގޮތުން އާއިލީ ބައްދަލުވުންތަކަށް ގެންނަ ތުއްތު ކުދިންނަށްވެސް އެކަށީގެންވާ މާހައުލެއް ޤާއިމުކުރެވިފައިވާ ތަނެއްގެ ގޮތުގައި ބައްދަލުކުރާތަން އަލުން ފަރުމާކޮށް އެތަން ބޭނުންކުރަން ވަނީ ފަށާފައެވެ.

Advertisement - newsAdvertisement

ބައްދަލުކުރާ ތަން މިހާރު ފަރުމާކުރެވިފައިވަނީ ބައްދަލުވުން ހިނގަމުންދާ ވަގުތު ބެލެނިވެރިއާއަށް ފެންނަ ހިސާބުގައި ތުއްތު ކުދިން ކުޅިވަރުކުޅެން ދޫކޮއްލާފައި ބެހެއްޓިދާނެ ތަންކޮޅަކާއެކީގައެވެ.

މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް މާލޭ ޖަލަށް ޒިޔާރަތްކުރައްވާ، އެމަސައްކަތުގައި ބައިވެރިވި ޖަލު އޮފިސަރުންނާއި ޤައިދީންނަށް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

ޖަލުގައި ތިބޭ މީހުންގެ އާއިލާތަކާއި ޖަލުގައި ހުންނަ މީހާއާއި ބައްދަލުވުމުގެ ފުރުޞަތު ވީހާވެސް ގިނައިން ތަނަވަސްކޮއްދޭން މަސައްކަތް ކުރަންވާނެ ކަމަށާއި ޢާއިލާއާއި އޮންނަންޖެހޭ ގުޅުން ހީނަރުވެގެން ދިޔަ ނުދިނުމަކީ ކުށުގެ ވެށިން މީހުން ދުރުކޮށް ސަލާމަތްކުރުމަށް ކުރެވިދާނެ ގިނަ މަސައްކަތްތަކުގެ ތެރޭން މުހިއްމު އެއްމަސައްކަތް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަންދުﷲ މުނާޒު ވިދާޅުވިއެވެ.

މިމަސައްކަތަކީ މާލޭ ޖަލުގެ ޑައިރެކްޓަރ، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާސިފް އިސްވެ ހުންނަވައިގެން ބައެއް ޤައިދީންނާއި ޕްރިޒަން އޮފިސަރުން ބައިވެރިވެގެން ކުރެވުނު މަސައްކަތެކެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ ހުރިހާ އެންމެންގެ ވިސްނުމަށް ހެޔޮބަދަލު ގެނައުން ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އަދި ރާއްޖޭގެ ޖަލުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ ކޮމިޝަނުން ނެރެފައިވާ ''ޖަލު އޮޑިޓް ރިޕޯޓް 2019'' ގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ އިސްލާހުކުރަން ޖެހޭނެ ކަންކަން ކަމުގައި ބަލައިގަނެ އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ކުރަމުން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓެއް ހެދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ވައުދެކެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް