Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ކޮމިޓީތަކުގެ މެޖޯރިޓީވެސް އެމްޑީޕީއަށް

9 ޖޫން 2019 | އާދީއްތަ 18:27

މަޖިލީހުގައި ކޮމިޓީތަކުގެ އަދަދު 17 އަށް ވަނީ ބަދަލުކޮށްފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 9 ޖޫން 2019 | އާދީއްތަ 18:27
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދުމަށްފަހު، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީވެސް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕިއަށް ލިބިއްޖެއެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް އުފެއްދި ވަގުތީ ކޮމިޓީގެ ބައްދަލުވުމެއް އާދީއްތަދުވަހު ބާއްވާފައިވާއިރު، މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން ނެގުމުގައި 132 ސްލޮޓެއް އެމްޑީޕީއަށް ދޭން ކޮމިޓީގެ ބައްދަލުވުމުން ވަިނިއެވެ. ކޮމިޓީގެ ބައްދަލުވުމުން ނިންމާފައިވަނީ 132 ސްލޮޓް އެމްޑީޕީއަށް ދިނުމަށްފަހު، ބާކީވާ 30 ސްލޮޓް އެހެން ޕާޓީތަކައް ދިނުމަށެވެ.

Advertisement - newsAdvertisement

މަޖިލީހުގައި ކުރިން 13 ކޮމިޓީ އޮންނައިރު، މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް އުފެއްދި ކޮމިޓީން ވަނީ، މަޖިލީހުގެ ކޮމިޓީތަކުގެ އަދަދު 13 އިން 17 އަށް ބަދަލުކޮށްފައެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް އުފެއްދި ވަގުތީ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ އިދާރާއަށް ކޮމިޓީން ހުށަހަޅާފައިވާއިރު، އެ ރިޕޯޓްގައިވާ ގޮތުން މަޖިލީހުގެ 17 ކޮމިޓީގެ ތެރެއިން "ޓޫފޯވަން" ކޮމިޓީ ފިޔަވާ ކޮންމެ ކޮމިޓީއަށް 11 މެންބަރުން ޢައްޔަންކުރަންޖެހޭކަމަށެވެ. އަދި ކޮމިޓީތަކަށް މެންބަރުން ޢައްޔަންކުރުމަށް 176 ޖާގަ ލިބޭކަމަށްވެސް އެ ކަރުދާހުގައި ވެއެވެ.

ކޮމިޓީތަކައް މެމްބަރުން ކަނޑައެޅޭނެ ގޮތަށް ބަލާއިރު، އެމްޑީޕީއިން 65 ގޮނޑި އާއި އެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވާއިރު، އެމްޑީޕީއަށް ކޮމިޓީތަކުން 132 ޖާގަ ލިބިގެންދާނެއެވެ. އެގޮތުން 11 މެންބަރުން ހިމެނޭ ކޮންމެ ކޮމިޓީއަކުން އެމްޑީޕީއަށް 8 ނުވަތަ 9 ޖާގަ ލިބިގެންދާނެއެވެ.

އެމްޑީޕީ ފިޔަވާ އިތުރު ޕާޓީތަކުގެ މެމްބަރުން ކޮމިޓީތަކައް ބެހިގެންދާ ގޮތަށް ބަލާއިރު، ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ފަސް މެމްބަރުންނަށް ޖާގަ ލިބިގެންދާނީ ދިހަ ކޮމިޓީން ކަމަށްވާއިރު، އެ ދިހަ ކޮމިޓީގައި ކޮންމެ ޕާޓީއަކުން ހިމެނޭނީ އެންމެ މެމްބަރެކެއެވެ.

މައިނޯރިޓީ ޕާޓީތަކުގެ ތެރެއިން ޕީއެންސީގެ ތިން މެމްބަރުންނަށް ޖާގަ ލިބިގެންދާނީ 6 ކޮމިޓީން ކަމަށްވާއިރު،އެއީ ކޮންމެ ކޮމިޓީއަކުން އެންމެ ޖާގައެކެވެ. ދެ މެމްބަރުން މަޖިލީހުގައި ތަމްސީލްވެގެންދާ އެމްޑީއޭއަށް ހަތަރު ކޮމިޓީއަކުން ޖާގަ ލިބިގެންދާއިރު، ކޮންމެ ކޮމިޓީއެއްގައި ތިއްބަވާނީ އެމްޑީއޭގެ މެމްބަރެކެވެ.

މިނިވަން ހަތް މެމްބަރުންނަށް 14 ކޮމިޓީއަކުން ޖާގަ ލިބިގެންދާއިރު، އެއިން ކޮންމެ ކޮމިޓީއަކުން ޖާގަ ލިބޭނީ މިނިވަން އެންމެ މެމްބަރަކަށެވެ.

މީގެ އިތުރުން ޓޫފޯވަން ކޮމިޓީގެ އަޣްލަބިއްޔަތުވެސް މިހާރު އޮތް ގޮތުން ލިބިގެންދާނީ އެމްޑީޕީއަށެވެ.

ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާއިރު، މި ރިޕޯޓް ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހަޅާނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 ޖުލައި 2017

އެމްޑީޕީއަށް ހޯދުނު އެންމެބޮޑު ކާމިޔާބަކީ ރައީސުލް ޖުމްހޫރިއްޔާގެ ބާރުތަކުގައި އިންތަކެއް ޖަހާލެވުން: ރައީސް ނަޝީދު

06 ޖުލައި 2017
އެމްޑީޕީއަށް ހޯދުނު އެންމެބޮޑު ކާމިޔާބަކީ ރައީސުލް ޖުމްހޫރިއްޔާގެ ބާރުތަކުގައި އިންތަކެއް ޖަހާލެވުން: ރައީސް ނަޝީދު
02 ޖުލައި 2017

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަކޮށް، 7 ބަކަރި ކަތިލައި ސަދަގާތްކޮށްފި

02 ޖުލައި 2017
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަކޮށް، 7 ބަކަރި ކަތިލައި ސަދަގާތްކޮށްފި
26 ޖޫން 2017

ރައީސް ނަޝީދު ޖަލުގައި ބަންދުކުރުމަކީ އެމްޑީޕީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން: ޝިފާޒް

26 ޖޫން 2017
ރައީސް ނަޝީދު ޖަލުގައި ބަންދުކުރުމަކީ އެމްޑީޕީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން: ޝިފާޒް
11 ޖޫން 2017

ކޮންގްރެސް ބާއްވަން ތަނެން އެމްޑީޕީއަށް ދިނުމަށް ސަރުކާރަށް ލާޒިމްވާނެ: އަނަސް

11 ޖޫން 2017
ކޮންގްރެސް ބާއްވަން ތަނެން އެމްޑީޕީއަށް ދިނުމަށް ސަރުކާރަށް ލާޒިމްވާނެ: އަނަސް
20 މެއި 2017

މަޑިފުށި ކައުންސިލް ޕީޕީއެމް އަށް، ކޮމަންޑޫ ގޮޑި އެމްޑީޕީއަށް

20 މެއި 2017
މަޑިފުށި ކައުންސިލް ޕީޕީއެމް އަށް، ކޮމަންޑޫ ގޮޑި އެމްޑީޕީއަށް
13 މެއި 2017

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
13 މެއި 2017

އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކޮށްފި

13 މެއި 2017
އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކޮށްފި
22 އެޕްރީލު 2017

މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް

22 އެޕްރީލު 2017
މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް
15 އެޕްރީލު 2017

ގާދިއްފުށިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް ކިޔައިފި

15 އެޕްރީލު 2017
ގާދިއްފުށިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް ކިޔައިފި
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް