Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާރާމާރި

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކަށް ހަމަލާދީފި

5 ޖޫން 2019 | ބުދަ 08:50

ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެރޭ

އަލީ ސަމާޚް
އަލީ ސަމާޚް | 5 ޖޫން 2019 | ބުދަ 08:50
ށ. މިލަންދޫ

ށ. މިލަންދޫ

ށ. މިލަންދޫގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝް މީހަކަށް އެ ރަށު ބަޔަކު ހަމަލާދީފިއެވެ.

މިލަންދޫގައި ބިދޭސީއަކަށް ހަމަލާދިންކަމުގެ މައުލޫމާތު އަންގާރަ ދުވަހުގެރޭ ލިބިފައިވާ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މާރާމާރީ ހިނގަން މެދުވެރިވި ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

Advertisement - newsAdvertisement

މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒް ރާއްޖެއެމްވީ އަށް ވިދާޅުވީ، ބަންގްލަދޭޝް މީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ އެ ރަށު ފިހާރައެއްގެ ސޭޓަކަށް މަސައްކަތް ކުރާ އަންހެނަކަށް ކަމަށެވެ. މި ހަފްތާގެ ހޯމަ ދުވަހު އެ ބިދޭސީ މީހާ އެ އަންހެން މީހާ އަށް ޖިންސީ ގޯނަކުރުމަށް ފަހު އަންގާރަ ދުވަހުގެރެއާ ޖެހެންދެން އުޅުނީ އެރަށު އެހެން ބިދޭސީއަކު ދިރިއުޅޭ ގެއެއްގައި ފިލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ، އަންހެން މީހާ އެ ވާހަކަ ބަޔަކާ ހިއްސާކުރުމުން އެ މީހުން އެ ބޭރުމީހާ ހޯދަން ރަށު ތެރެއަށް ނިކުމެ، އެ މީހާ ފޮރުވަން މަސައްކަތް ކޮށްދިން މީހާ އަންގާރަ ދުވަހު ހޯދި ކަމަށެވެ. އަދި އެ މީހާއަށް އަނިޔާ ކުރުމަށް ފަހު ޖިންސީ އަނިޔާ ކުރި ބިދޭސީ މީހާ ހޯދައި އެ މީހާ އަށް ވެސް ހަމަލާދީ މާރާމާރީ ހިންގި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހާ އަށް ލިބުނު އަނިޔާތަކަށް ސިއްހީ މަރުކަޒުން ފަރުވާ ވެސް ދީފައިވެއެވެ.

ފާއިޒް ވިދާޅުވީ، އެ މައްސަލާގައި އެ ރަށު އެއްވެސް މީހަކު ހައްޔަރު ކުރަން ނުޖެހޭ ކަމަށެވެ. އަދި އެ މައްސަލާގައި ހައްޔަރު ކުރަން ޖެހޭނީ ބަންގްލަދޭޝް މިހާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފަދަ ކަންކަން ހިނގަނީ އެރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމުން ކަމަށެވެ.

މި ފަހަކަށް އައިސް ރައްޔިތުން ނިކުމެ އަމިއްލަ އަށް އިންސާފު ހޯދަން މަސައްކަތްކުރާ ކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ކ. ދިއްފުށީގައި ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކަށް ރައްޔިތުން ނުކުމެ ހަމަލާދީފައިވާއިރު ހުޅުމާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ވަނީ ގަންހިންގުވާފައެވެ. އަދި މާލޭގައި ފިހާރައަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހިފަހައްޓައި ބުރަކަށީގައި "ވަގު" ލިޔެފައި ވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން ރައްޔިތުން ނިކުންނަން ޖެހޭނީ ފުލުހުންނަށް އެކަންތައް ކޮންޓްރޯލް ނުކުރެވުމުންނެވެ. އެފަދަ ކަންކަން އިތުރުވަމުން ދާތީ ފުލުހުން ވަނީ ރައްޔިތުން ނުކުމެ މަގުމަތިން އަދަބު ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
30 މާރިޗު 2017

ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް

30 މާރިޗު 2017
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
29 މާރިޗު 2017

ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ

29 މާރިޗު 2017
ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް