Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ސިނާން

އެމްޓީސީސީގެ ބޯޑަށް ސިނާން އައްޔަން ކުރުމުން ސަރުކާރަށް ފާޑުކިޔުން!

މަގާމަށް އައްޔަން ކުރީ ފެބްރުއަރީ މަހު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 27 މެއި 2019 | ހޯމަ 09:57
ސިނާން އަލީ

ސިނާން އަލީ

ސަން މީޑީއާ ގްރޫޕުގެ ކުރީގެ ސީއީއޯ އަދި ކުރީގެ ސަރުކާރުގައި ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވި ސިނާން އަލީ އަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑު މެމްބަރުކަން ދިނުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެމްޓީސީސގެ ބޯޑު މެމްބަރަކަށް ދެ ފަހަރަކަށް އައްޔަން ކޮށްފައިވާ ސިނާން އެ މަގާމަށް ތިން ވަނަ ފަހަރަށް އައްޔަން ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.

Advertisement - newsAdvertisement

އެމްޓީސީސީގެ ބޯޑުގައި ހުންނަވިކޮށް މިދިޔަ ސަރުކާރުން ކުއްލި ގޮތަކަށް އޭނާ ވަނީ ސްޓެލްކޯގެ ޗެއާމަން ކަމަށް އައްޔަންކުރައްވާފައެވެ. ނަމަވެސް ތިން ދުވަސް ފަހުން އަނެއްކާ ވެސް އެމްޓީސީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި ހަމަޖެއްސިއެވެ. އޭގެ ފަހުން އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ މެންބަރުކަމަށް ވެސް އައްޔަންކުރިއެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އަަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ ފަހަރު އޭނާ އެ މަގާމުން ވަކިކުރީ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭނާ ނިސްބަތްވާ އެމްޑީ އާއި ޕީޕީއެމްއާ ދެމެދު އުފެދުނު މައްސަލަތަކުގައެވެ.

ސިނާނަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހްމަަދު ސިޔާމްއާ ގާތް ގުޅުމެއް އޮތް ބޭފުޅެކެވެ. އަދި ސަން އޮންލައިން އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި އެތަނުގެ ސީއީއޯކަން ވެސް ކުރެއްވިއެވެ. ނަމަވެސް ފަހުން ޖެހުނު މައްސަލަތަކަކާ ގުޅިގެން ސިނާން މިހާރު ވަނީ ވަން އޮންލައިންގެ ނަމުގައި އާ އޮންލައިން ނޫހެއް އުފައްދަވާފައެވެ.

ސިނާންގެ ބަދު އަޙްލާގީ މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވެފައި ވެއެވެ. މީގެ ހަތް އަހަރު ކުރިން 2013 ވަނަ އަހަރުގެ ތެރޭގައި ސިނާން ބަދު އަޙުލާގީ އަމަލު ހިންގި ކަމަށް ބުނާ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފައެވެ. ވަޒީފާ ދޭނެ ކަމަށް ބުނެ އަންހެންކުދިން އޮފީހަށް ގެންގޮސް ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް އޭރު ތުހުމަތުކުރެވުނެވެ.

އެ މައްސަލަ ފުލުހުން ވަނީ 2013 ޖުލައި މަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގޮސްފައެއް ނުވެއެވެ.

މި ސަރުކާރުން ވެސް ސިނާން ބޯޑަށް އައްޔަންކުރުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މީގެ ކުރިން މި ސަރުކާރުގައި މިހާރު ތިއްބެވި އިސް ބޭފުޅުންނަށް ހާއްސަކޮށް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ސިނާން އެ މަގާމަށް އައީ ކޮން ޕާޓީއެއްގެ ސްލޮޓްގައި ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ޖިންސީ ގޯނަ ކުރިކަމަށް ތުހުމަތުވެފައިވާ މީހަކު އިސް މަގާމަކަށް އައްޔަން ކުރުމުން ބައެއް މީހުން ދަނީ މި ސަރުކާރުން ގެންގުޅޭ ''ޒީރޯ ޓްލެރެންސް'' އާ މެދު ވަރަށް ބޮޑަށް ސުވާލު އުފައްދަމުންނެވެ.

ސިނާން އެ މަގާމަށް އައްޔަންކުރި ކުރުމާ ގުޅޭ ގޮތުން ފާޑު ކިޔަމުން މީހަކު ކުރި ކޮމެންޓެއްގައި ބުނީ، ބަދަލުވީ ހަމައެކަނީ ރައީސުން ކަމަށެވެ. އިތުރު އެއްވެސް ކަމެއް ބަދަލު ނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ

17 އެޕްރީލު 2017
ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ
16 އެޕްރީލު 2017

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން
07 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމުން ދައްކުވައިދެނީ ސަރުކާރުގެ ފިނޑިކަން: އަދާލަތު

07 އެޕްރީލު 2017
ގާސިމް ހައްޔަރުކުރުމުން ދައްކުވައިދެނީ ސަރުކާރުގެ ފިނޑިކަން: އަދާލަތު
25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
19 މާރިޗު 2017

ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!

19 މާރިޗު 2017
ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު