Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
18 ވަނަ މަޖިލިސް ފޮތް ނެރުން

18 ވަނަ މަޖިލީހާއި ބެހޭ ފޮތް ނެރެފި

ފޮތް ނެރެދެއްވީ ގާސިމް އިބްރާހިމް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 26 މެއި 2019 | އާދީއްތަ 18:47
18 ވަަނަ މަޖިލިސް ފޮތް ގާސިމް ނެރެދެއްވަނީ

18 ވަަނަ މަޖިލިސް ފޮތް ގާސިމް ނެރެދެއްވަނީ

18 ވަނަ މަޖިލީހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ފޮތް ނެރެފިއެވެ. ފޮތް ނެރެފައިވަނީ 19 ވަނަ މަޖިލީހުގެ މެމްބަރުންނަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރޭގައެވެ. ފޮތް ނެރެދެއްވީ 18 ވަނަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ. 18 ވަނަ މަޖިލީހުން ނިންމާފައިވާ ހުރިހާ މަސައްކަތާއި، ނުނިމި ހުރި ހުރިހާ މަސައްކަތެއްގެ ތަފްސީލްވަނީ ފޮތުގައި ހިމަނާފައެވެ. ފޮތުގެ ސްފޮޓް ކޮޕީވެސް ވަނީ ނެރެފައެވެ. ފޮތް ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ 19 ވަނަ މަޖިލިސް ފެށެންވާއިރަށް މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި، އެ ބަދަލުތައް ގެނެވުނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ މަނިކުފާނަށް ދެއްވި އެއްބާރުލުމުން ކަމަށެވެ. އެ ކަމަށްޓަކައި ގާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާފައެވެ.

ގާސިމް ވިދާޅުވީ 19 ވަނަ މަޖިލިސް ފެށޭއިރު ، މަޖިލިސް މެމްބަރުންނާއި، މަޖިލީހުގެ މުވައްޒިފުން މަޖިލިސް އިމާރާތައް ވަންނައިރު ސްކްރީން ކުރުމަށްޓަކާ، ސްކްރީން ކުރެވޭނެ ނިޒާމް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކަން ކުރިއަށްދާނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ ފާއިތުވި ހަ މަސްތެރޭގައި މަޖިލީހުގެ އިމާތައް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އާ

ކޮންފަރެންސް ސިސްޓަމެއް ބެހެއްޓުމާއި، މުޅި ޓީވީ ސިސްޓަމާއި، ކެމެރާ އާއި އަދި ހުރިހާ ނިޒާމެއް ބަދަލުކުރެވިފައިވާކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.އެކަންތައް ކޮއްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ދިހަ އަހަރު ފަހުން މަޖިލީހުގެ މުވައްޒިފުން އެދުނު ގޮތަށް ރައީސް ސޯލިހު، އެ މުވައްޒިފުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށެވެ. އެކަމަށްޓަކައިވެސް އެ މަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ އާ ވެބްސައިޓްގެ ފީޗާރސްތައް ވަނީ ދައްކާލާފައެވެ. މަޖިލީހުގެ މީޑިޔާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އާ ވެބްސައިޓް ތައްޔާރުކޮށްފައިވަނީ ވީހާވެސް ހާމަކޮށް މަޖިލީހުގައި ކުރެވޭ މަސައްކަތް ރައްޔިތުންނާއި ހަަމައަށް ގެނެެވޭ ގޮތަށް ކަމަށެވެ. މަޖިލިސްގެ އާ ވެބް ސައިޓްގައި މެމްބަރުންގެ ޕްރޮފައިލް ޕޭޖެއް ހުންނާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ. އާ ވެބްސައިޓްއިން މަޖިލިސް ޖަލްސާތައް ލައިވް ސްޓްރީމް ކުރާނެ ކަމަށާއި، އަދި ކޮމިޓީތަކުގެ އޯޑިއޯ ސްޓްރީމް ކުރާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮމިޓީތައް އޯޑިއޯ ސްޓްރީމް ކުރަނީ ކޮމިޓީތަކުގައި ވީޑިއޯ ސިސްޓަމް ނެތުމުން ކަމަށެވެ. ވީޑިއޯ ސިސްޓަމް ހަރުކުރެވުމުން ކޮމިޓީތައްވެސް ވީޑިއޯ ސްޓްރީމް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން މަސް ތެރޭ މަޖިލިސް މޮބައިލް އެޕްލިކޭޝަނެއް ނެރޭނެ ކަމަށެވެ. އެ އެޕްލިކޭޝަނުންވެސް ޖަލްސާތަކާއި ކޮމިޓީތައް ބަލާލެވޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި

01 މާރިޗު 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު