Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ19 ވަނަ ރައްޔިތުންގެ މަޖިލީސް

ނުފޫޒް ފޯރުވުމަށް މަސައްކަތްކުރި ވަޒީރުން ހާޒިރުކޮށް ފިޔަވަޅު އެޅޭނެ: ބޮންޑޭ

26 މެއި 2019 | އާދީއްތަ 18:39

ބައެއް ވަޒީރުން މެމްބަރުންނަށް ގުޅުއްވައިި ބިރުދައްކަމުންގެންދާކަމަށް އިންތިހާބުވެވަޑައިގެންނެވި ބައެއް މެމްބަރުން ވަނީ ތުހުމަތުކުރައްވާފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 26 މެއި 2019 | އާދީއްތަ 18:39
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި ވަޒީރުން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ފިޔަވަޅު އެޅޭނެ ކަމަށް މާފަންނު މެދު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އިބްރާހިމް ރަޝީދު (ބޮޮންޑޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ކަނޑައެޅުމަށް ޕާޓީގެ ތެރޭގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓާއި ދިމާކޮށް، ބައެއް ވަޒީރުން މެމްބަރުންނަށް ގުޅުއްވައިި ބިރުދައްކަމުންގެންދާ ކަމަށް އިންތިހާބުވެވަޑައިގެންނެވި ބައެއް މެމްބަރުން ވަނީ ތުހުމަތުކުރައްވާފަ އެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މީކައިލް ނަސީމް ކުރެއްވި ޓުވީޓަކާއި ގުޅިގެން އިބްރާހިމް ރަޝީދު ވިދާޅުވީ ނުފޫޒް ފޯރުވަން މަސައްކަތްކުރި ވަޒީރުން ހާޒިރުކޮށް، އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.

Advertisement - newsAdvertisement

މީކައިލްގެ ޓުވީޓްގައި އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ބިރުގަނެއޭ ބުނަންޖެހުނީ އެސްއޯ ފުލުހުންނާއި ދިމާލަށް ކަމަށެވެ. އަދި މިއަދު ބިރުގަނެއޭ ބުނަންޖެހެނީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްކަން ނޭނގޭ ހާލު، މަޖިލީސް ވޯޓަށް ނުފޫޒް ފޯރުވުމަށް ގުޅާ ވަޒީރު ބޭފުޅުންނަށް ކަމަށް މީކައިލްގެ ޓުވީޓްގައި އޭނާ ވިދާޅުވެފައިވެއެވެ.

ވަޒީރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމަށް މީކައިލް ތުހުމަތުކުރެއްވިއިރު، މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަ ކުރައްވާ އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ވަޒީރުން ނުވަތަ ސަރުކާރު ބުނާ ގޮތަށް ވޯޓު ދީގެން ކަމަށް ބުނުމަކީ ހަޑި ކަމެއް ކަމަށެވެ. ވެރިކަން ބަދަލު ކުރީ އެ އަޑު އަހަން ބޭނުން ނުވާތީ ކަމަށާއި އެހެން ދައްކާ ވާހަކަތަކަށް މެމްބަރުން ސިހިގެން ނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

ވަޒީރުންނަށް ރައްދުވާ ގޮތަށް އީވާ ކުރެއްވި އެ ތުހުމަތުތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދަށް ސުވާލު ކުރުމުން، އޭނާ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއްނުވިއެވެ.

އީވާ އެގޮތަށް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ، ވަޒީރުން ވެސް އެ ކެމްޕެއިން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވާ އެމްޑީޕީގެ ފަސް ބޭފުޅުންގެ ތެރެއިން ވާދަވެރިކަން އެންމެ ބޮޑީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާ ދެމެދުގައެވެ.

އާ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން، ބައެއް ބޭފުޅުން ގެންދަވަނީ އެބޭފުޅަކު ތާއިދު ކުރައްވާ ބޭފުޅެއްގެ ނަން ސޯޝަލް މީޑިއާގައި ފާޅުކުރައްވަމުންނެވެ. އަދި އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ދަނީ ރައްދު ކުރަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

01 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި
29 މާރިޗު 2017

ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ

29 މާރިޗު 2017
ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ
26 މާރިޗު 2017

މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު

26 މާރިޗު 2017
މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު
24 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި

24 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި
23 މާރިޗު 2017

ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

23 މާރިޗު 2017
ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
10 މާރިޗު 2017

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

10 މާރިޗު 2017
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި
07 މާރިޗު 2017

ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި

07 މާރިޗު 2017
ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް