Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޕަރޭޓިން ލައިސެންސް ދޫކުރުން

އަލުން ހުއްދަ ދޫކުރި ހަ ރިސޯޓުގެ މައުލޫމާތު އާންމުކޮށްފި

26 މެއި 2019 | އާދީއްތަ 14:52

އަލުން ހުއްދަ ދޫކުރަން ނިންމި ނިންމުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 26 މެއި 2019 | އާދީއްތަ 14:52
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ރިސޯޓް ހިންގުމުގެ ހުއްދަ ބާތިލު ކޮށްފައި އޮއްވާ އަލުން އޮޕަރޭޓިން ލައިސެންސް ދިން ކަމަށް ބުނި ރިސޯޓުތަކާ ބެހޭ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ރިސޯޓުތަކާ ބެހޭ މައުލޫމާތު އާންމުކުރީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ހުއްދަ އަލުން ދޫކުރި ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައިގެން ހުއްދަ ބާތިލްކުރި ރިސޯޓުތަކެވެ. އަލުން ހުއްދަ ދޭން ނިންމީ އެއް އަހަރުގެ ތެރޭގައި ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކުމަށް ޝަރުތު ކޮށެވެ.

Advertisement - newsAdvertisement

މި ހަ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 20.12 މިލިއަން ޑޮލަރަށް (310.18 މިލިއަން ރުފިޔާއަށް) އަރައެވެ. ކުލީގެ ފައިސާ ދެއްކުމުގެ އިތުރަށް ކަނޑައަޅާފައިވާ ރޭޝިއޯއާ އެއްގޮތަށް ދިވެހި މުވައްޒަފުން ގެންގުޅުމާއި، މުވައްޒަފުންނާ ގުޅުންހުރި ކަންކަން ހަރުދަނާ ކުރުމާއި، ރިސޯޓުގެ ސަލާމަތީ ކަންކަން އިސްލާހުކުރުމަށް ވެސް ރިސޯޓުތަކަށް ޝަރުތު ކޮށްފައިވެއެވެ.

ނޫސްވެރިންގެ ބަައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ހުއްދަ ދޫކުރި ރިސޯޓުތަކުގެ މައުލޫމާތު އާންމުކުރީ، ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރުމަށާއި، އެއްވެސް ނުފޫޒެއް ފޯރާފައި ނެތްކަމުގެ ޔަގީންކަން އެރުވުމުގެ ގޮތުން ކަމަށެވެ. އަލުން ހުއްދަ ދޫކުރި ރިސޯޓުތަކުގެ ތެރޭގައި މި ސަރުކާރާއި ގުޅުންހުރި ބައެއް އިސް ބޭފުޅުންގެ މަސްލަހަތު އޮތް ކުންފުނިތައް ހިމެނެއެވެ. އަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކަށް ދީފައިވާ މުއްދަތު ހަމަވުމާއެކު ވަކި މީހަކަށް ބެލުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ކުންފުނިތަކަށް އަލުން ހުއްދަ ދޭން ނިންމީ ގަވައިދަށް އަމަލު ކުރުން އަލުން ރުޖޫއު ކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ފުރުސަތެއް ދެއްވުމުގެ ގޮތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރިސޯޓުތައް ހަމައަކަށް އަޅުވަން ދެވަނަ ފުރުސަތެއް ދިނީ ގާނޫނުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިވީހާ ދުވަހަކު ހާމަކަން ބޮޑު ގޮތެއްގައި ގަވައިދާ ޙިލާފަށް އެ ރިސޯޓުތައް ހިންގަން ދޫކޮށްލި ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ކުރިން ޓޫރިޒަމް މިނިސްޓްރީ ހިންގެވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ހަ ރިސޯޓުގެ އިތުރުން ވެލިދޫ އައިލެންޑް ރިސޯޓުން ވެސް އޮޕަރޭޓިން ލައިސެންސް ހޯދަން ހުށައަޅާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް އެ ރިސޯޓަށް ހުއްދަ ދޭނީ މިނިސްޓްރީއާ އެކު އެއްބަސްވުމަކަށް އާދެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ޖެހިފައިވާ މައްސަލައަކާ ގުޅިގެން، ރިސޯޓުގެ ހުރިހާ ހިއްސާދާރުން އެއް މޭޒަކަށް ގެންނަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ވެލިދޫ ރިސޯޓާ ގުޅޭ މައްސަލައެއްގައި މިނިސްޓްރީން މުއާމަލާތް ކުރާނެ ފަރާތެއް ކަނޑައަޅަން އިކޮނޮމިކް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް