Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުޕްރީމް ކޯޓު

ފިސްތޯލު ގެންގުޅުނު މައްސަލާގައި އަދީބުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

އަދީބު ދެން ތަންފީޒު ކުރަންޖެހޭނީ ޚިޔާނާތްވިކަމަށް ކަނޑައެޅި އަށް އަހަރުގެ ހުކުމް އެކަނި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 27 މެއި 2019 | ހޯމަ 09:26
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ވަޑައިގަންނަވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ވަޑައިގަންނަވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުއްވި މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ހޯމަ ދުވަހު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކޮށްފައިވާއިރު، އެ މައްސަލާގައި ދަށު ކޯޓުން އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް އޭރު ވަނީ ތާއީދުކޮށްފައެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ މި ހުކުމާ އެކު ދެން އެމަނިކުފާނު ތަންފީޒު ކުރަންޖެހޭނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އިއްވި އަށް އަހަރުގެ ހުކުމް އެކަންޏެވެ.

ހޯމަ ދުވަހު އޮތް އިސްތިއުނާފުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ތިން ފަނޑިޔާރުން އިއްވެވި ހުކުމްގައި ބުނެފައި ވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސާބިތުވާ ވަރުގެ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫން ކަމަށެވެ. އަދި ފިސްތޯލަ ގެންގުޅުނުކަމުގެ އެއްވެސް ހެއްކެއް، ދަލީލެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށާއި އެކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިއުތިރާފުވެފައި ވާކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲ އާއި، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫން ކަން އެނގޭ ކަމަށާއި އެހެންކަމުން އެ ހުކުމް ބާތިލް ކޮށްދިނުމަށް ދައުލަތުން އެދިފައި ވަނީ އެމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައެވެ.

ހޯމަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން 1 ނޮވެމްބަރ 2015 ވަނަ ދުވަހު ދައުވާ ކުރި މައްސަލައަކީ ޓެރަރިޒަމްގެ ގާނޫނުގައި ކުށް ސާބިތުކުރުމަށް ބަޔާންކޮށްފައިވާ މިންގަނޑުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. ފިސްތޯލައިގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުރިން އަމަލު ކުރަމުންދިޔަ ޓެރަރިޒަމްގެ ގާނޫނަށް ހަވާލާދީއެވެ. އެހެން ނަމަވެސް އަދީބުގެ މައްޗަށް ދައުވާ އުފުލިއިރު އަމަލު ކުރަމުންދިޔައީ ޓެރަރިޒަމްގެ އާ ގާނޫނަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ 2015 ގައި ޓެރަރިޒަމްގެ އާ ގާނޫނު ވުޖޫދަށް އައުމާއެކު ކުރީގެ ގާނޫނު އުވިފައިވާ ކަމަށާއި މިހާރު އަމަލުކުރަމުން އަންނަ އާ ގާނޫނުގައި ބުނާ ގޮތުން ޓެރަރިޒަމްގެ އަމަލަށް ވަނީ ހަތިޔާރެއް ބޭނުން ކޮށްގެން އެ ގާނޫނުގައި ބުނާ ފަދަ އަމަލެއް ހިންގުން ކަމަށެވެ. އަދި އެކަހަލަ ކަމެއް އަދީބު ކޮށްފައި ނުވާކަން ހުށައެޅި މައްސަލައަށް ބަލާއިރު ސާބިތުވާ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލައިގައި ދައުލަތުން ހުށައެޅި "ކްރައިމް ސީން އޮފިސާ ރިޕޯޓުގައި" ފުށު އެރުންތަކެއް ހުރިކަން ވެސް އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެމައްސަލައިގައި ދައުވާ ކުރުމަށް ހުށައެޅީ 25 އޮކްޓޯބަރ 2015 ގައި ކަމަށްވާ އިރު ކްރައިމް ސީން ރިޕޯޓް ހުށަހަޅާފައި ވަނީ އޭގެ ފަހުން 1 ނޮވެމްބަރު 2015 ގައި ކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

އެ މައްސަލަތައް ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ އަދީބު ޖަލަށް ލުމަށް ކަރިމިނަލް ކޯޓުން ކުރި ހުކުމާ އަދި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް ކުރި ހުކުމް ބާތިލް ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވާ ކަމަށެވެ.

މި ހުކުމާ އެކު އަދީބު ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އިއްވި އަށް އަހަރުގެ ހުކުމް އެކަންޏެވެ. ތަފާތު އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް 33 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވެއެވެ. ނަމަވެސް ފިނިފެންމާ ލޯންޗް ގޮއްވާލުމުގެ މައްސަލާގައި 15 އަހަރަށް ޖަލަށް ލުމަށް ކުރިން ކުރި ހުކުމް ހައި ކޯޓުން ކުރިން ވަނީ ބާތިލްކޮށްފައެވެ.

ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލި ހާދިސާ އަށް ފަހު ތަފާތު އެކި ތުހުމަތުތައް ކުރެވި އަދީބް ހައްޔަރުކުރީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ބަލި ހާލަތާ ގުޅިގެން މި ވަގުތު ގޭގައި ހުންނެވި އަދީބުގެ މައްޗަށް އަދިވެސް ގިނަ ދައުވާތަކެއް އުފުލާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު