Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

21 މެއި 2019 | އަންގާރަ 19:11

މުވައްޒަފުން ހައިޖެކްކޮށް، ވަޅިން ބިރު ދައްކައި ފައިސާ ވެސް ހުށަހެޅި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 21 މެއި 2019 | އަންގާރަ 19:11
އީސީގެ މެންބަރު އަހުމަދު އަކްރަމް

އީސީގެ މެންބަރު އަހުމަދު އަކްރަމް

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ދާއިމީ ނަތީޖާ އިއުލާން ކުރުމާ ދޭތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުން ކޮޓަރިއެއް ތެރޭގައި ހަތަރު ދުވަހު ތިބެން ޖެހެނު ކަމަށް އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އެ ދުވަސްތަކުގެ ތެރޭގައި އީސީގެ ބައެއް މުވައްޒަފުން "ހައިޖެކްކޮށްގެން" އެކި ދިމަދިމާލަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ދުވަސްތަކުގައި ވޯޓް ކަރުދާސްތައް އީސީގައި ހުރުމުން ފުލުހުން އެ އިމާރާތުގައި ފޯރި މަރަމުން ދިޔަ ކަމަށާއި ފުލުހުންނަށް އެ ބޭފުޅުން ތިއްބެވި ކޮޓަރި އެނގޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް އެ ކޮޓަރި ފިޔަވާ އެހެން ހުރިހާ ކޮޓަރިއަކަށް ތިން ފަހަރެއްގެ މަތިން ފުލުހުން ވަދެ އެބޭފުޅުން ހޯދަން އުޅުނުކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އެ ދުވަސްވަރު އެ ވާހަކަ ނުދެއްކެވީ ރައްޔިތުންނަށް އިތުރު ނުތަނަވަސް ކަމެއް ނުދިނުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ރައްޔިތުންލީ ވޯޓް ރައްޔިތުންނާއި ހަމައަށް އިތުރު ބަދަލެއް ނުގެނެސް ގެނެސްދެވުނީ އީސީގެ ފަސް މެންބަރުން އެކައްޗެއް ކިޔައި އީސީގެ ހުރިހާ މުވައްޒަފުން އެކުގައި ތިބުމުން ކަމަށެވެ.

އީސީގެ މުވައްޒަފުންނަނަށް ހެދިގެން އުޅުނު ބަޔަކު އެ ކޮމިޝަންގެ މުވައްޒަފުންތަކަކަށް ގުޅައި، ވަކިން ކާރަކަށް އަރުވައިގެން ގެންގޮސް ބިރު ދައްކައި ބަޔާން ނަގާފައި ހުރި ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައިގެން ބަޔާން ނަގަން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އީސީގެ މުވައްޒަފަކަށް ވަޅިން ބިރުދެއްކި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚާއްސަ ގޮތެއްގައި އީސީގެ މެންބަރުންނަށް އޭރު ބިރުވެރިކަން އިތުރުވެގެން ދިޔަ ކަމަށާއި ފުރައިގެން ރާއްޖެއިން ބޭރަށް ދާން ޖެހުނީ އެކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ދުވަސް ތަކުގައި ގެއަށް ވަޑައިގަންނަވާއިރު ގޭ ދޮރުމަތީ އެސްއޯ ފުލުހުންގެ ހަތް މީހުން ތިބޭ ކަމަށާއި ފުލުހުންނަށް ގުޅުމުން ބުނަނީ އެއީ ސެކިއުރިޓީ ބަލަހައްޓާ މީހުން ކަމަށް ބުނާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އިންތިޚާބެއް ނިމިގެން ދިޔައިރު، ފުލުހުން ސެކިއުރިޓީ ދިން ކަމަށާއި ނަމަވެސް އެ ލެވެލްއަށް ސެކިއުރިޓީ ނުބަލަހައްޓާ ކަމަށެވެ. ސިފައިންގެ ހަށިފާރަވެރިންގެ ރައްކާތެރިކަން ވެސް އިންތިހާބުގައި ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ދިމާވި ކަންތައްތަކަކީ އޭނާގެ ހަޔާތުގައި މިހާތަނަށް އައި ދުވަސްތަކުގެ ތެރޭގައި ދިމާވި އެންމެ ބިރުވެރި ނާމާން ދުވަސްތައް ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް