Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކަމިޝަން

ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާތައް ފަށައިފި

20 މެއި 2019 | ހޯމަ 21:03

ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާގެ އުސޫލަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 މެއި 2019 | ހޯމަ 21:03
އިލެކްޝަންސް ކަމިޝަނުން ހޯމަ ދުވަހު ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

އިލެކްޝަންސް ކަމިޝަނުން ހޯމަ ދުވަހު ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

އިލެކްޝަންސް ކަމިޝަން (އީސީ)އިން ހުށަހެޅި 15 އިސްލާހާ އެކު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ޕާޓީތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ.

އެ މަޝްވާރާތަކުގައި ޕާޓީތަކާއި މީޑިއާތަކާއި މިނިވަން މުއައްސަސާތަކުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިންތިޚާބާ ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އީސީއިން ވަނީ ޕާޓީތަކުގެ ގާނޫނަށް ގެންނަން އެ ކަމިޝަނުން ތައްޔާރު ކުރި 15 އިސްލާހެއްގެ ޑްރާފްޓް ހުށަހަޅާފައެވެ.

އީސީއިން ސިޔާސީ ޕާޓީތަކަށް ހުށަހެޅި ޑްރާފްޓުގައި ހިމެނޭ ކަންތައްތައް

ޕާޓީތަކަށް ފައިސާ ދޭ ގޮތް ބަދަލު ކުރުމަށް އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައެވެ. އެގޮތުން ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާގެ އެހީ އެއް ޕަސެންޓަށް ބަދަލުކުރުމަށް ވަނީ ހުށައަޅާފައެވެ. ބަޖެޓުން ދޭ ފައިސާގެ އެހީގެ 15 ޕަސެންޓް ކޮންމެ ޕާޓީއަކަށް ދިނުމާއި ޕާޓީތަކުގައި 10،000 މެމްބަރުން ހަމަވާނަމަ ބަޖެޓުގެ 30 ޕަސެންޓް އެ ޕާޓީއަކަށް ދިނުމާއި މަޖިލިސް އިންތިޚާބުގައި އެ ޕާޓީއަކަށް ލިބުނު ވޯޓުގެ ނިސްބަތުން 55 ޕަސެންޓަށް ވާ އަދަދަށް ބަޖެޓުން ފައިސާ ބެހުމަށް ވަނީ ހިމަނާފައެވެ. މީގެ އިތުރުން އެ ފައިސާތައް ދިނުމުގައި ކަނޑައެޅިފައިވާ މުއްދަތަށް އޮޑިޓް ރިޕޯޓް ހުށަހަޅާތޯ ކަށަވަރު ވެފައިވާ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ބަލާނެ ކަންތައްތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ޕާޓީތަކުގެ އެންމެ އިސް ކޮމެޓީ ނުވަތަ ކައުންސިލް މަގާމުތަކުގެ 30 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރުުމާއި ޕާޓީތަކުގެ އިސް މަގާމުތަކުގެ ތެރެއިން ނައިބު ރައީސުންގެ އަދަދު ދެއަކަށްވުރެ އިތުރުވާނަމަ އޭގެ ތެރެއިން އެއް މެމްބަރަކީ އަންހެން މެމްބަރަކަށް ހެދުމަށް ވެސް ވަނީ ޑްރާފުޓުގައި އެކުލަވާލާފައެވެ.

އެ ޑްރާފްޓުގައިވާ ގޮތުން ޕާޓީއެއް އުވާލަންޖެހޭ ހާލަތެއް އައިސްފިނަމަ ނުވަތަ އެ ކަމިޝަނުން ނިންމައިފިނަމަ އެކަން ކުރެވޭނީ ޕާޓީން ދައްކަން ޖެހޭ ދަރަންޏެއް އޮތްނަމަ އެ ދަރަނި ޚަލާސް ކުރުމަށްފަހުގައެވެ. އެކަމުގެ ޒިންމާވުމަށް ދަރަންޏަކަށް ޝަޚްސީ ގޮތުން ޒިންމާވުމަށް އެއްބަސްވެފައިވާ ފަރާތުން ނަގަންޖެހޭއިރު ދަރަންޏެއް އުފެދުނު އިރު ޕާޓީގެ އިސް ފަރާތެއްގެ ގޮތުގައި ހުރި ފަރާތެއް އެ ދަރަންޏަށް ޒިންމާ ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެޑްރާފްޓުގައި ވަނީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާއިރު މެމްބަރަކަށްވުމަށް އެދޭ ފޯމުގައި ސޮއި ނުކުރާ ކަމަށް ބުނެ އެއްވެސް ފަރާތަކުން އެ ކަމިޝަނަށް މައްސަލަ ހުށަހަޅައިފި ކަމުގައިވާނަމަ ފުލުހުންނަށް ހުށަހަޅުމުގެ އިޚްތިޔާރު އެ ކަމިޝަނަށް ލިބިގެންވާ ކަމަށާއި އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ޕާޓީ ރެޖިސްޓްރީ ކުރުން ވަގުތީ ގޮތުން މަޑުޖައްސާލަން ވާނެ ކަމަށެވެ. އެ ކަހަލަ ކަމެއް ސާބިތު ވެއްޖެނަމަ ރެޖިސްޓްރީކުރުމުގެ ހުއްދަ އަލުން ނުދީ ހިފަހެއްޓުމުގެ ބާރު އީސީއަށް ދިނުމަށާއި ހިފަހައްޓާ މުއްދަތު ތިން އަހަރަށްވުރެ އިތުރު ވެގެން ނުވާނެ ކަމަށެވެ. އާ ޕާޓީއެއް އުފައްދަން ހުއްދަ ދިން ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި 3،000 މެމްބަރުން ހަމަ ނުވާނަމަ ދީފައިވާ ހުއްދަ އެ ކޮމިޝަނުން ބާތިލު ކުރެވޭނެ ގޮތަށް އެ ޑްރާފްޓުގައި ވަނީ ހިމަނާފައެވެ.

މި މަޝްވަރާތަކުގައި ޕާޓީތަކުން ބައިވެރިވި ފަރާތްތައް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ލޭބަރ ޕާޓީގެ ފަރާތުން އަބްދުﷲހަސީންވިދާޅުވީ ޕާޓީތައް އުފެއްދުމަށް އޮންނަ އެންމެ ކުޑަ މިންވަރަކީ 3،000 މެމްބަރުންނަށް އޮތުމުން ތަފާތު ފިކުރުތަކަށް ފުރުސަތު ހަނިވަމުންދާ މަންޒަރު ފެންނަ ކަމަށެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު ޕާޓީއެއް އުފެއްދުމަށް 3،000 މެމްބަރުން ހަމަކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި ދެމެހެއްޓެނިވި ޚިޔާލު ދިނުމަށް އެ އަދަދު ކުޑަކުރުމަށް ފެންނަ ކަމަށް ވިދާޅުވިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ވެސް ވަނީ ހަސީން ދެއްކެވި ވާހަކައަށް ތާއީދުކޮށްފައެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިއުނިކޭޝަން މެނޭޖާ އައިމަން ރަޝީދު ވިދާޅުވީ މިހާރު އޮތް ގާނޫނަކީ ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު އޮތް ގާނޫނެއް ކަމަށާއި ގާނޫނުގެ މަގުސަދަކަށް ވާން ވާނީ ގިނަ ފަރާތްތަކުގެ ވިސްނުން އެކުލެވޭނެ ނިޒާމެއް ގާއިމް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ޕާޓީތަކުން ވަނީ ކުރިއަށް އޮތީ ރަމަޟާން މަހުގެ ފަހު ދިހަ ކަމަށް ވުމުން ރަމަޟާން މަސް ނިމުމަށްފަހު މަޝްވަރާތައް ބޭއްވުމަށް އެދިފައެވެ. އަދި އީސީއިން ވަނީ މަޝްވާރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް އެގޮތަށް އެއްބަސް ވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
08 ފެބުރުއަރީ 2017

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް