Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައިކޯޓް

ފިނިފެންމާ ލޯންޗްކޮޅުގެ މައްސަލައިގައި އަދީބަށް ކުރި 15 އަހަރުގެ ހުކުމް ބާތިލްކޮށް، ޝަރީއަތް އަލުން ހިންގަން އަމުރު ކޮށްފި

އެމައްސަލައިގައި ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 20 މެއި 2019 | ހޯމަ 09:46
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު.

ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި 15 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށް، އެ މައްސަލައިގެ ޝަރީއަތް ދަށު ކޯޓުން އަލުން ހިންގުމަށް ހައިކޯޓުން ނިންމައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ފިނިފެންމާ ލޯންޗްކޮޅުގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެއަށް ވަޑައިގެން، އެއް ނަންބަރު ފާލަމާ ގާތްކުރި ވަގުތު ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ހައިކޯޓުގެ އަމުރުގައި ވަނީ އަދީބަށް ކުރި 15 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށް ފަހު އަލުން މައްސަލަ ބެލުމަށެވެ. އެ މައްސަލައިގެ ޝަރީއަތަށް އަދީބު 15 ދުވަސް ޖަލުގައި ބެހެއްޓުމަށާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ވަކި ގޮތެއް ހުށައެޅުމަށް ފަހު ކްރިމިނަލް ކޯޓަށް އެކަން އެންގުމަށް ވެސް ވަނީ އަންގާފައެވެ. އަދި ޕީޖީއިން ކަނޑައަޅާ ގޮތެއް 15 ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް ހުށައެޅުމަށް ވެސް ވަނީ އަންގާފައެވެ.

އަދީބުގެ ހުކުމް ބާތިލްކުރުމަށް ތިން ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންނެވި ނަމަވެސް، އެ މައްސަލައިގެ ޝަރީއަތް އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓްގައި އަލުން ހިންގާއިރު އެ މަނިކުފާނު ބަންދުގައި ބެހެއްޓުމާމެދު ފަނޑިޔާރުންގެ ރައުޔު ތަފާތެވެ. އެގޮތުން ރައުޔު ތަފާތުވީ ފަނޑިޔާރުންގެ ތެރެއިން ބެންޗުގެ ރިޔާސަތުގައި އިންނެވި މުހައްމަދު ނިޔާޒުގެ ރައުޔެވެ. ފަނޑިޔާރު ނިޔާޒުގެ ރައުޔަކީ އެ މައްސަލާގެ ޝަރީއަތް ނިމެންދެން ވެސް އަދީބު ހުންނަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމެވެ. އެހެން ނަމަވެސް އަނެއް ދެ ފަނޑިޔާރުން ކަމަށްވާ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު ހުސެއިން ޝަހީދު ގެ ރައުޔަކީ 15 ދުވަހު އަދީބު ބަންދުގައި ބަހައްޓަން އަމުރުކުރި ރައުޔެވެ.

އަދީބުގެ މައްޗަށް އުފުލިފައިވާ ޓެރިޒަމްގެދަޢުވާ އާ ގުޅިގެން ހިންގާފައިވާ ޝަރީޢަތަކީ ދަޢުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ޝަރީޢަތެއް ކަމަށް ވުމުގެ ފުރުސަތު އޮތުމުން ޤާނޫނީ ހަމަތަކުގެ މަތިން މިދަޢުވާ އަލުން ބަލައި ޝަރީޢަތުގެ ފަރާތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އަދީބު ބަންދާމެދު ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ގޮތެއް ކަނޑައަޅަންޖެހޭ ކަމެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގެ ހުކުމުގައި އަދީބު މިނިވަން ކުރުމަށް ވެސް ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވާ ކަމަށާއި ފަހުން ސުޕްރީމް ކޯޓުން އެ އަމުރުގެ ބައެއް ބައިތައް ބާތިލް ކުރި ނަމަވެސް، ސުޕްރީމް ކޯޓްގެ ހުކުމުގައި ގާނޫނާ ޚިލާފަށް ކޮށްފައިވާ ހުކުމްތަކުގެ ވާހަކަ ބަޔާން ކޮށްފައިވާ ކަމަށާއި، އެހެންވެ، އަދީބުގެ މައްޗަށް ވެސް ޝަރީއަތް ހިންގީ ނުފޫޒު ފޯރުވައިގެން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މި ހުކުމާއެކު އަދީބުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ދެން އެމަނިކުފާނު ތަންފީޒު ކުރައްވަން ޖެހޭނީ 18 އަހަރުގެ ހުކުމެކެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމަކާއި ޚިޔާނާތުގެ ކުށެއް ސާބިތުވެ، އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމެކެވެ.

ފިސްތޯލަ ގެންގުޅުނު މައްސަލައިގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު ދައުލަތުގެ ފަރާތުން ވަނީ އެ މައްސަލަ އަދީބުގެ މައްޗަށް ސާބިތު ނުވާ ކަމަށާއި އެހުކުމް ބާތިލް ކޮށްދޭން ކޯޓުގައި އެދޭކަމަށް ބުނެފައެވެ. ސުޕްރީމްކޯޓުން އަދީބުގެ މައްޗަށް އެހުކުމް ސާބިތު ނުވާ ކަމަށް ނިންމައިފިނަމަ ދެން އެމަނިކުފާނު ތަންފީޒު ކުރަންޖެހޭނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އިއްވި އަށް އަހަރުގެ ހުކުމް އެކަންޏެވެ.

އެ ހުކުމަކީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެވަޑައިގަތުމަށް ފަހު ފަހު އެއަށް ޚިޔާނާތްތެރިވި މައްސަލައިގައި ކުރި ހުކުމެވެ.

ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ އޭރުގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އެވެ. އެ ދެ ބޮޑީގާޑުންނަށް ހުކުމްކުރީ އައިއީޑީ ލޯންޗްކޮޅުގައި ހަރުކުރަން އުޅުނު ކަން ސާބިތުވެގެންނެވެ. ނަމަވެސް، ހައިކޯޓުން ހޯމަ ދުވަހު ވަނީ ދެ ބޮޑީގާޑުންގެ ހުކުމް ވެސް ބާތިލްކޮށް ޝަރީއަތް އަލުން ހިންގަން އަންގައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު