Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓިކަރަޕްޝަން ކަމިޝަން

އެމްއެމްޕީއާރުސީގެ ރިޕޯޓް ފުރިހަމަ ކުރުމަށް އޭސީސީއިން ފުލުހަށް!

20 މެއި 2019 | ހޯމަ 04:15

އެމްއެމްޕީއާރުސީގެ ޚިޔާނާތް 1.4 މިލިއަނަށް އަރާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 މެއި 2019 | ހޯމަ 04:15
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު

ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ނެރުނު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތަހުގީގީ ރިޕޯޓް އެންޓި ކަރަޕްޝަންސް ކަމިޝަން (އޭސީސީ) އިން މޯލްޑިވްސް ޕޮލިސް ސަރވިސަށް ފޮނުވައިފި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ރާއްޖެއެމްވީއަށް ވިދާޅުވީ އެ ރިޕޯޓް ފުލުހުންނަށް ފޮނުވީ އޭގައި ޖިނާއީ އެހެން ކުށްތަކެއް ހުރުމުންނާއި އެ ރިޕޯޓުގައި ހުރި ސުވާލު ކުރަން ބޭނުންވާ ބައެއް ފަރާތްތައް ރާއްޖެއިން ބޭރުގައި އުޅޭތީ އެކަމިޝަނަށް ގާނޫނީ ޗެލެންޖަކަށް އެމައްސަލަ ދިމާވާތީ ކަމަށެވެ. އަދި ގުޅިގެން ހިންގާ ތަހުގީގެއް ހިންގުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުން އެކަމިޝަނަށް ލިބިގެން ނުވާތީ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭސީސީއިން ނެރުނު އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ހިމެނޭ ބައެއް ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގައި، ބައެއް ފަރާތްތަކުގެ ތަހުގީގުތައް ވަނީ ފަށާފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލިފައިވާ ދައުވާގެ ޝަރީއަތް ކޯޓުގައި ދަނީ ހިނގަމުންނެވެ. ކުރީގެ ނައިބު ރައީސް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގިއިރު އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔާތުގެ މައްޗަށް ވަނީ ޝަރީއަތް ހިންގައި ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ ތަހުގީގަށް ހާޒިރު ނުވެ ރާއްޖެއިން ބޭރުގައި އުޅޭތީ އެ ރިޕޯޓުގައި ހިމެނޭ މީހުން ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ނަން އިންޓަޕޯލްގެ ވެބްސައިޓުން ނަގާފައިވަނީ ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާތީ އިތުރަށް އެ މީހުންގެ ރެޑް ނޯޓިސް ދަމަހައްޓަން ޖެހޭ ތަނެއް ނެތުމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގާފައިވަނީ އެމީހުން ދިރިއުޅޭ އިނގިރޭސިވިލާތަށް ގޮސް އެމީހުންނާއި ބައްދަލުކޮށްގެންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް އަައިޝަތު އާޒިމާ ޝަކޫރުގެ ޝަރީއަތް ފެށުމަށް ޗިޓު ފޮނުވުމަށް އޭނާ ރާއްޖޭގައި ނޫޅުއްވާތީ ހަވާލުކުރެވޭގޮތް ނުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ބުނެފައެވެ.

މުއައްވިޒު ވިދާޅުވީ ފުލުހުންނަށް އެމްއެމްޕީއާރުސީގެ ރިޕޯޓް އެކަމިޝަނުން ފޮނުވާލި ކަމުގައި ވިއަސް ރިޕޯޓާއި ގުޅިގެން ބޭނުންވާ އެހީ ފުލުހުންނަށް ލިބޭނެކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގިއިރު އޭގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާކަމަށް އޭސީސީއިން ނެރުނު ރިޕޯޓުން ހާމަވެއެވެ. ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރި ވެފައިވާއިރުއޭސީސީއިން ނެރުނު ރިޕޯޓުން ހާމަ ވަނީ ޓްރާންސްފަރ އަދި ޗެކްގެ ގޮތުގައި ނެގިފައިސާ އެކަންޏެވެ. ނަގުދު ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލެއް އެ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް