Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ

ޗާޓައިމް ތަޅާލަން ޖެހުމުން 14 މިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށް އޭސީސީން ބުނެފި

19 މެއި 2019 | އާދީއްތަ 14:00

ޗާޓައިމް ތަލާލުމުން 14 މިލިއަން ދޭން ނިންމީ ކުރީގެ ސަރުކާރުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 19 މެއި 2019 | އާދީއްތަ 14:00
ޗާޓައިމް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން

ޗާޓައިމް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން

ބްރިޖަށް ދަތުރުކުރާ މަގު ފުޅާކުރަން "ޗާޓައިމް" ތަޅާލަން ޖެހުމުން، ބަދަލުގެ ގޮތުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ދޭންނުޖެހޭ ކަމަށް ހައުސިން މިނިސްޓްރީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފިއެވެ.

މާލެ އާއި ހުޅުލެއާ ދޭތެރޭގައި އަޅާ ބްރިޖުން ދަތުރުކުރާ އުޅަނދުތައް ދުއްވުމަށްޓަކާ ރިންގުރޯޑު ޕްރޮޖެކްޓަށް ޗާޓައިމް ތަޅާލާފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ. ފިނި ބުއިންތައް ވިއްކުމަށް ސްޓްރާޑާއިން ހެދި އެތަން ތަޅާލަން ޖެހުމުން ބަދަލުގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ދިނުމަށް ހައުސިން މިނިސްޓްރީން ނިންމާފައި ވަނިކޮށް، އެ ފައިސާ ދޫކުރުން މަޑުޖައްސަލަން އޭސީސީން އެންގީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ.

Advertisement - newsAdvertisement

އެ މައްސަލަ އޭސީސީން ތަހުގީގު ކުރުމަށް ފަހު، އެ ކޮމިޝަނުން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ޗާޓައިމް އިމާރާތުގެ ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ 14.4 މިލިއަން ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ފައިސާއެއް ކަމަށް ނުބެލެވޭތީ، އެ ފައިސާ ދޫނުކުރުމަށް ހައުސިން މިނިސްޓްރީއަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.

ޗާޓައިމް ތަޅާލަން ޖެހުމުން އަދުލުވެރި ބަދަލެއް ދިނުމަށް ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއިން އެއްބަސްވެފައި ވަނީ އިތުރު ފައިދާއެއް ހޯދުމުގެ މަގުސަދުގައި ކަމަށް ބެލެވޭ އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ބްރިޖު ބަލަން ހެދި ޕްލެޓްފޯމުގެ އެއްބަސްވުމުގައި "ޗާޓައިމް" ކިޔާ ތަނެއް އިމާރާތް ކުރުމަށް ހިމެނިފައި ނުވާ ކަމަށެވެ. ނަމަވެސް ސްޓްރާޑާގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކަޗާއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީ ކުރަން ދޫކޮށްފައިވާ ބިމުގެ އެންމެ އުތުރުފަރާތުގައިވާ ޕާކިން ޒޯނު ހުޅަނގަށް ޖައްސައި އެ ސަރަޙައްދު ފިނިބުއިން ވިއްކާތަނެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައި ވެއެވެ.

ބްރިޖް ވިއުއިންގ ޕްލެޓްފޯމް ތަރައްޤީކުރުމުގެ މަސައްކަތަކީ ވަގުތީ ގޮތުން ކުރާ މަސައްކަތެއްކަން ލިޔުންތަކުން އެނގޭއިރު، އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އެއްބަސްވުމުގެ މައިގަނޑު މަޤްޞަދު ގެއްލިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ކުންފުނިން ނުދައްކާ ކަމަށާއި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް މީރާގެ ހިސާބުތަކުން ދައްކާ ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ބްރިޖް ވިއުއިން ޕްލެޓްފޯމު ތަރައްޤީކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިނުވާއިރު އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް ނާޅައި އަދި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދައްކަމުންނުދާތީ އެއްބަސްވުން ބާތިލްކުރުމުގެ އިޚްތިޔާރު ހައުސިން މިނިސްޓްރީއަށް އޭރު އޮތް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅައި، ޗާޓައިމް ހިންގި ޢިމާރާތް ނަގަން ޖެހުމާގުޅިގެން އެކަމުގެ ބަދަލުގައިކަމަށް ބުނެ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީ ކުރުމަށް ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ސްޓްރާޑާއަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް ކަމަށް ބެލެވޭ ކަމަށް އޭސީސީން ބުންޏެވެ.

ޗާޓައިމް ތަލާލަން ޖެހުމުން ނުއަގުގައި ދައުލަތުން ބަދަލު ދޭންޖެހުނު މައްސަލަ އޭސީސީން ބަލައި ނިންމާފައިވާއިރު، ބްރިޖު ޕްލެޓްފޯމާއެކު ހަދާފައިވާ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ. ނަމަވެސް އެ މައްސަލަ އެ ކުންފުނިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް