Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖު ކޯޕަރޭޝަން

މިދިޔަ އަހަރު ސަރުކާރުން ހައްޖަށް ފޮނުވި މީހުންގެ ދެބައި ކުޅަ އެއްބައި މީހުންނަކީ ސިޔާސީ ފަރާތްތަކުގެ ލިސްޓަކަށް ފޮނުވި މީހުން!

19 މެއި 2019 | އާދީއްތަ 10:22

960 މީހުން ކޯޕަރޭޝަން މެދުވެރިކޮށް މިދިޔަ އަހަރު ހައްޖަށް ގޮސްފައިވާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 މެއި 2019 | އާދީއްތަ 10:22
ހައްޖަށް މީހުން ފުރުމަށް އެއާޕޯޓަށް ދިއުމުގެ މަގުމަތީގައި

ހައްޖަށް މީހުން ފުރުމަށް އެއާޕޯޓަށް ދިއުމުގެ މަގުމަތީގައި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ އަހަރު ހައްޖަަށް ދިޔަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ، ސިޔާސީ ފަރާތްތަކުން ފޮނުވި ލިސްޓަކަށް ހައްޖަށް ދިޔަ މީހުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަންގެ ޗެއާޕާސަން ޑރ. މުހައްމަދު ކިނާނަތު ރާއްޖެއެމްވީއަށް ވިދާޅުވީ އެކޯޕަރޭޝަނަށް ލިބުނު ކޯޓާގެ ތެރެއިން 960 މީހުން މިދިޔަ އަހަރު ހައްޖަށް ގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކަށް ދިން ކޯޓާގައި ދިޔަ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވިއެވެ.

Advertisement - newsAdvertisement

ހައްޖު ކޯޕަރޭޝަންގެ އުސޫލު ބުނާގޮތުން ހައްޖަށް އެ ކޯޕަރޭޝަނުން ގެންދާ މީހުންގެ ލިސްޓް ފޮނުވާނީ އިސްލާމިކް މިނިސްޓްރީންނެވެ. އަދި އެ އުސޫލުގައި އެމިނިސްޓްރީން ކަނޑައަޅާ އަދަދަކަށް އެ ކޯޕަރޭޝަނުން ކޯޓާ ރިޒާވް ކުރަން ޖެހެއެވެ.

އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރު ސޮއި ކުރައްވައި ފޮނުވި ސިޓީގައި ވަކި ބަޔަކު ހައްޖަށް ގެންދިއުމަށް އެދި ހައްޖު ކޯޕަރޭޝަނަށް ހުށަހަޅާފައިިވާކަން ހާމަވާ ކަމަށް ކިނާނަތު ވިދާޅުވިއެވެ. އަދި ކޯޓާތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ އަހަރު އެކޯޕަރޭޝަނުން ހައްޖަށް ފޮނުވާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމަށް ނިސްބަސްތާ ފަރާތްތަކެވެ. އަދި އިސްލާމިކް މިނިސްޓްރީން ފޮނުވި ލިސްޓުގައި މަޖިލިސް މެމްބަރުންނާއި، މިނިވަން މުއައްސަސާތަކަށް ނިސްބަތްވާ ފަރާތްތައް ހިމެނޭކަން ވަނީ އެނގިފައެވެ.

އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ނެރުނު ހައްޖުގެ އިންތިޒާމްތަކާ ބެހޭ ގޮތުން 2017 ވަނަ އަހަރުގައި ފެށި ދިރާސާ ރިޕޯޓުގައިވާ ގޮތުން އިސްލާމިކް މިނިސްޓްރީން ރިޒާވްކޮށް ހައްޖަށް ގެންދާނީ ކޮން ފަރާތްތަކެއްކަމާއި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ބަޔަކަށް ހައްޖަށް ގެންދިއުމަކީ ކޮރަޕްޝަނަށް މަގުފަހި ކުރުވާކަމެއް ކަމަށް ވަނީ ބުނެފައެވެ. އިސްލާމިކް މިނިސްޓްރީން އެގޮތަށް ކަނޑައެޅުމުން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަނިވެގެންދާކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިހާރު ވެސް ހައްޖަށް މީހުން ފޮނުވުމުގެ އުސޫލު އޮތް ގޮތުން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅަ ލިސްޓް ފޮނުވާ ބަޔަކަށް ހައްޖަށް ފޮނުވޭ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން އެޕްރީލް މަހުގެ 15 ވަނަ ދުވަހު އާންމުކުރި އުސޫލުގައި ވެސް ބުނެފައި ވަނީ ކޮންމެ އަހަރަކު ވެސް އެ މިނިސްޓްރީން ހައްޖަށް މީހުން ފޮނުވާ ފަރާތްތަކަށް ބޭނުންވާ އަދަދަށް ޖާގަ ރިޒާވްކުރުމަށް ހައްޖު ކޯޕަރޭޝަނަށް އަންގަންވާނެކަމަށާއި އެއަދަދަށް އެ ކޯޕަރޭޝަނުން މިނިސްޓްރީއަށް އެއަދަދަށް ޖާގަ ރިޒާވް ކުރަންޖެހޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް