Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ޝާހިދުގެ ވެކްސް ސްޓެޗޫ ދައްކާލުމުން އަސްލުމީހާ އޮޅިއްޖެ

އެ ފޮޓޯގެ ކެޕްޝަންގައި ޝާހިދު ލިޔެފައިވަނީ "ޓްވައިނިންގ"

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 16 މެއި 2019 | ބުރާސްފަތި 15:54
ޝާހިދު ކަޕޫރާއި އޭނާގެ ވެކްސް ސްޓެޗޫ

ޝާހިދު ކަޕޫރާއި އޭނާގެ ވެކްސް ސްޓެޗޫ

ބޮލީވުޑްގެ އެކްޓަރ ޝާހިދު ކަޕޫރު ވަނީ ސިންގަޕޫރުގައި ހުންނަ "މެޑަމް ޓުސައުޑްސް" ގައި ބަހައްޓާފައި ހުރި އޭނާގެ ސްޓެޗޫ ދައްކާލާފައެވެ.

ޝާހިދު ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ސްޓެޗޫއާ އެކު ނަގާފައި ހުރި ފޮޓޯ ފުރަތަމަ ފަހަރަށް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ޝާހިދު ލިޔެފައިވަނީ "ޓްވައިނިންގ" އެވެ.

ޝާހިދު ޝެއަރ ކޮށްފައިވާ މި ސްޓެޗޫ އާއި އަސްލު ޝާހިދު ވެސް ފެނިގެންދަނީ ސްޓައިލިޝް ސޫޓެއްގައެވެ. އަދި އަރާފައި ވަނީ އެއްވައްތަރުގެ ބޫޓަކަށެވެ.

މީގެ އިތުރުން ވެސް ޝާހިދު ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ގިނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

އެ ފޮޓޯތަކުގައި ސްޓްޗޫގެ އިސްތަށިކޮޅާ ކުޅޭ މަންޒަރާއި ސްޓެޗޫއާ އެކު ސެލްފީ ނަގާ މަންޒަރު ވެސް ފެނިގެން ދެއެވެ.

ޝާހިދު ހިއްސާކޮށްފައިވާ މި ފޮޓޯތަކަށް އޭނާގެ ފޭނުންކޮށްފައިވާ ކޮމެންޓްތަކުގައި އަސްލު ޝާހިދު އާއި ސްޓެޗޫ ވަކިކުރަން އުނދަގޫވެފައި ކަމަށް ވަނީ ބުނެފައެވެ.

މި ސްޓެޗޫއާ ގުޅޭ ގޮތުން ހިންދުސްތާން ޓައިމްސްއަށް ޝާހިދު ކުރިން ބުނެފައި ވަނީ ސްޓެޗޫ ބަލައިލުމަށް އޭނާ ހުރީ ވަރަށް ހިތްނުތަނަވަސްވެ އަދި އެކްސައިޓް ވެފައި ކަމަށެވެ.

އޭނާއަށް މަހޭޝް ބާބޫ އާއި މަހޭޝްގެ ސްޓެޗޫ އެކުގައި ފެނުމުން ވެސް އަސްލު މީހާއަކީ ކާކު ކަން ބުނެދޭން ނޭނގުނު ކަމަށް ޝާހިދު ވަނީ ބުނެފައެވެ.

ޝާހިދު އޭނާގެ އާއިލާއާ އެކު ސިންގަޕޫރަށް ގޮސްފައި ވަނީ މި ހަފްތާގެ ކުރީކޮޅުއެވެ. ނަމަވެސް ސްޓެޗޫ ދައްކާލާ ގަޑީގައި އޭނާގެ ދެ ދަރިން ކަމަށްވާ މިޝާ އަދި ޒައިން އޭނާއާ އެކު އެތާ ނުތިބޭނެ ކަމަށް ވަނީ ބުނެފައެވެ.

އޭނާއާ އެކު ބައިވެރިވާނީ އަންހެނުން މީރާ ކަމަށް ޝާހިދު ވަނީ ބުނެފައެވެ.

ޝާހިދު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކިއާރާ އަދްވާނީ އާއި އެކު "ކަބީރް ސިންގް" އިންނެވެ. މި ފިލްމަކީ ތެލަގޫ ހިޓް ފިލްމެއް ކަމަށްވާ "އަރުޖުން ރެޑީ" ގެ ރީމޭކެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 21 ޖޫން ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޝާންތުގެ ހަނދާނުގައި ވެކްސް ސްޓެޗޫ އެއް

ސުޝާންތުގެ ހަނދާނުގައި ވެކްސް ސްޓެޗޫ އެއް

18 ސެޕްޓެމްބަރު 2020
ސްރީދޭވީގެ ވެކްސް ސްޓެޗޫ ދައްކާލައިފި

ސްރީދޭވީގެ ވެކްސް ސްޓެޗޫ ދައްކާލައިފި

04 ސެޕްޓެމްބަރު 2019
ޝާހިދުގެ އެންމެ ކާމިޔާބު ފިލްމަކަށް ކަބީރު ސިންގް

ޝާހިދުގެ އެންމެ ކާމިޔާބު ފިލްމަކަށް ކަބީރު ސިންގް

30 ޖޫން 2019
އެރިއާނާގެ ވެކްސް ސްޓެޗޫއަށް ފޭނުން ފާޑުކިޔައިފި

އެރިއާނާގެ ވެކްސް ސްޓެޗޫއަށް ފޭނުން ފާޑުކިޔައިފި

25 މެއި 2019
ރަންވީރަށް ދިޕިކާގެ ސްޓެޗޫ ވަރަށް ކަމުގޮއްސި

ރަންވީރަށް ދިޕިކާގެ ސްޓެޗޫ ވަރަށް ކަމުގޮއްސި

16 މާރިޗު 2019

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު