Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލިދޫ ކުނީގެ މައްސަލަ

ވެލިދޫ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ބޭނުން!

15 މެއި 2019 | ބުދަ 14:02

ކުނީގެ މައްސަލަ ހައްލުނުކުރެވި އޮތުމުން އިގުތިޞާދީ ގޮތުން ގެއްލުންތަކެއް ވަމުންދޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 15 މެއި 2019 | ބުދަ 14:02
ނ. ވެލިދޫ

ނ. ވެލިދޫ

ވެލިދޫގެ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް އެރަށު ކައުންސިލުގެ ރައީސް އަސްމާ ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އަސްމާ ވިދާޅުވީ ކުރީގައި ވެލިދުއަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރަމުން އައި ރަށެއް ކަމަށާއި ނަމަވެސް ރައްކާތެރި ގޮތުގައި ކުނި ނައްތާ ނުލެވޭތާ މިހާރު އަހަރެއްވާން ކައިރިވެފައި ވާކަމަށެވެ.

Advertisement - newsAdvertisement

އަސްމާ ވިދާޅުވީ ކުނި ނައްތާ ނުލެވުމުގެ ސަބަބުން އެކަމުގެ އުނދަގޫ ނިހާޔަތަށް ރައްޔިތުންނަށް ފޯރަމުން ދާކަމަށެވެ. އޭގެ އިތުރުން ކުނި ގޮނޑު ސާފް ނުވެ ގިނަ ދުވަސްވަންދެން އޮތުމުގެ ސަބަބުން ސިއްހީ ގޮތުން ވެސް ތަފާތު އެކި ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާއިރު އިގްތިސާދީ ގޮތުން ވެސް ރަށަށް ގިނަ ގެއްލުންތަކެއް ލިބެމުންދާކަން އަސްމާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ވަކިވަރަކަށް ކުނި ގޮޑުގައި ކުނިތައް ގިނަވުމުން ކޮންމެވެސް މީހަކު ކުނި ގޮނޑުގައި ރޯކޮށްލާ ކަމަށާއި ނަމަވެސް މިގޮތަށް ކުނި ގޮނޑުގައި ރޯ ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް ވިދާޅުވެފައި ވާއިރު މީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުން ކަމުގައި ނުބެލެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުނީގެ މައްސަލަ ހައްލު ކުރުމަށް ވެލިދޫ ކައުންސިލުން ކުރައްވަމުން ގެންދަވާ މައްސައްކަތް ތަކަށް އަލިއަޅުވާ ލައްވާ އަސްމާ ވިދާޅުވީ ކުނީގެ މައްސަލައިގެ ވާހަކަ ވެމްކޯގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދަންނާވަފައި ވާނެ ކަމަށާއި ކުނީގެ މައްސަލަ ހައްލު ކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.

ވެލިދޫގައި މިހާރު ކުނި އަޅަމުންދާ ސަރަހައްދު ސާފްކުރުމަށްފަހު އާ ކުނި ކޮށީގެ ބޭނުން ހިފުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭކަމަށް އަސްމާ ވިދާޅުވިއެވެ.

ވެލިދޫގައި ކުނި މެނޭޖް ކުރަމުން ގެންދިޔައީ ވެމްކޯއިންނެވެ. ވެމްކޯއިން ނ.ރ.ބ.ޅ. އަތޮޅުގެ ކުނި ގެންދަނީ ރ. އަތޮޅު ވަންދުއަށެވެ. މިހާރު ވަންދުއަށް ކުނި ނުގެންދާތާ 11 މަސް ވެއްޖެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް