Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ފަނޑިޔާރުންގެ އަހުލާގު ބަޔާން ކުރި ހުކުމް ހަނދާންކޮށްލަމާ!

14 މެއި 2019 | އަންގާރަ 14:47

އެ ހުކުމް ކުރީ މިދިޔަ އަހަރު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 14 މެއި 2019 | އަންގާރަ 14:47
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އެ ކޯޓުގެ ފަސް ފަނޑިޔާރުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އެ ކޯޓުގެ ފަސް ފަނޑިޔާރުން

ފެބްރުއަރީ އެކެއްގެ އަމުރާ އެކު، ވެރިރަށް މާލެއަށް އޮތީ ކުއްލި ނުރައްކާ އިއުލާންކޮށްފައެވެ. މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހިމެނޭ ތަންތަނަށް ވެސް ކުއްލި ނުރައްކަލުގެ ބާރު ހިންގިއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހަކުން ފެށިގެން 45 ދުވަހަށް ކުއްލި ނުރައްކާ އިއުލާންކުރިއެވެ. ސިފައިންނާއި ފުލުހުންނާއި ހަތިޔާރާ އެކު ވަދެ، މަތީ ކޯޓުގެ ފުރާޅަށް ވެސް އެރިއެވެ. ތީމުގޭގެ ބަގީޗާ ތެރެއަށް އަލިކޮށްގެން ހާވައި ބެލިއެވެ. ފުރާޅުން ޓިނު ވެސް ނެގި ކަމަށް ބުންޏެވެ. އިރު އެރިއިރު، ދެ ފަނޑިޔާރު ގެންގޮސް ލީ ކުޑަކޮޅިއަށެވެ.

އެ ހާލަތުގައި ގައުމު އޮއްވައި، މަޖިލިސް އެއްކޮށްގެން، ފަނޑިޔާރުންގެ ގާނޫނަށް ކުއްލިއަކަށް އިސްލާހެއް ގެނައެވެ. ޖިނާއީ ކުށެއް ސާބިތުވުމުން، އޮޓަމެޓިކުން ފަނޑިޔާރުން މަގާމުން ވަކިވާ ގޮތަށް ފާސްކުރިއެވެ. އެ އިސްލާހުގެ ބޭނުމަކަށް ވީ އޭރު ހައްޔަރުކޮށްފައި ތިބި ދެ ފަނޑިޔާރުންގެ މަގާމު ގެއްލުވާލުމެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަގާލުމެވެ. މަޖިލީހުން ފާސްކުރި އެ ބިލު ބާތިލު ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ދިޔައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންނެވެ. އެއީ އެކެއް ފެބްރުއަރީގެ އަމުރުގައި ސޮއި ކުރެއްވި، ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަދަމް މުހައްމަދު އަބްދުﷲއެވެ.

އެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމް ނިމިގެން ނުކުތީ ރައީސް ސޯލިހު އެދިވަޑައިގެންނެވި ގޮތާ ދިމާ އިދިކޮޅަށެވެ. ހުކުމުގެ ނަތީޖާއަކަށްވީ ޖިނާއީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވުމުން، އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށެވެ. އެ ހުކުމުގައި ފަނޑިޔާރެއްގެ ގައިގައި ފުރިހަމަ ވާންޖެހޭ ކަންކަން ބަޔާންކޮށްފައިވެއެވެ. އެ ވާހަކަތައް ހުކުމްގައި ގެނެސްދީފައި ވަނީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުންނާއި ފިގުހު އިލްމުވެރިންނަށް ރިޔާއަތްކޮށެވެ.

ފަނޑިޔާރުގެ އިސްލާހު ކުރުމާއި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓުން އިސްނަގައިގެން އުޅޭ ދަނޑިވަޅުގައި އެ ހުކުމްގައި ހުރި ވާހަކަތައް ކިތަންމެހާ ވެސް މުހިއްމެވެ. ޖުޑީޝަރީ އިސްލާހު ކުރުމުގެ މަގުޗާތަށް އެ ވާހަކަތައް ކިތަންމެހާ ވެސް މުނާސަބެވެ. އެ ހުކުމްގައި ހުރި ވާހަކަތައް ހަނދާންކޮށްދޭނަމެވެ. ފަނޑިޔާރުންގެ އަހުލާގު ބަޔާންކޮށްދެމުން ބުނެފައި ވަނީ ފަނޑިޔާރުންނަކީ އާދައިގެ މީހުންނަށް ވުރެ ވެސް ބޮޑަށް ރިވެތި އަހުލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެބައިމީހުންގެ އަމަލާއި ބަސްމަގު ސީދާ ކުރުމުގެ މައްޗަށް އަބަދުމެ ފާރަވެރިވެ، ފަރުވާތެރިވެ، އެކަމަށް ސަލާމުވާންޖެހޭ ބައެއް ކަމަށެވެ.

ފަނޑިޔާރުންގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ލާޒިމު ސިފައަކީ އަދާލަތުގެ ސިފައެވެ. އިލްމުވެރިން އަދާލަތުގެ ލަފްޒުން ގަސްދުކުރައްވާ މާނައަކީ ބޮޑެތި ފާފަތައް ކުރުމުންނާއި ކުދި ފާފަތައް ތަކުރާރުކޮށް ކުރުމުންނާއި މުރޫއަތްތެރިކަން ގެއްލޭފަދަ ހުއްދަ ކަންކަން ވެސް ކުރުމުން އެއްކިބާވެ އެކަންކަމުން ދުރުހެލިވުމުގެ ސިފަ ތަބީއީ ގޮތުން ވެސް ނަފްސުގައި ހަރުލާފައިވުމުމެވެ. ގާޒީނާއި ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ މުރޫއަތްތެރިކަމުގެ ސިފައަކީ ކަރާމާތާއި ޝަރަފާއި އެ މީހަކު ވަޒީފާ އަދާކުރާ ގިންތީގެ ކަރާމާތާއި މުޖުތަމައުގައި އޭނާއަށް ލިބިފައިވާ މަގާމާއި ގަދަރާ އެކަށިގެން ނުވާ ކޮންމެ ކަމަކުން އަމިއްލަ އިހްތިޔާރުން ދުރުހެލިވެ، ރައްކައުތެރިވުމެވެ.

ފަނޑިޔާރުންގެ އަހުލާގު އިތުރަށް ތަފްސީލުކޮށްދެމުން ހުކުމްގައި ބުނެފައި ވަނީ ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަދާލަތުގެ ޝަތުރު ނިޔާކުރަނީ ބަސްމަގު ސީދާކުރުމާ އެކު ހަރާމްކުރައްވާފައިވާ ނުވަތަ މަކުރޫހަ ކުރައްވާއިވާ ކަމަކަށް ނުވިޔަސް މުޖުތަމައުގެ އުރުފުގައި އެކަމަކީ ގާޟީއަކު ކުރުން އެކަށީގެންނުވާ ކަމެއް ކަމުގައި ބެލެވޭ ކޮންމެ ކަމަކުން ފަނޑިޔާރަކު ދުރުހެލިވާންޖެހޭނެ ކަމަށެވެ.

ފަނޑިޔާރު ކަމަށް ކޮންމެހެން ގެނެވިގެން ނުވާނެ ބައެއްގެ ވާހަކަ ވެސް އެ ހުކުމްގައި ބުނެފައިވެއެވެ. ފާސިގަކު ފަނޑިޔާރު ކަމަށް އިސްކޮށްގެން ނުވާނެ ކަމަށް ހުކުމްގައި ތަކުރާރުކޮށްފައިވެއެވެ. އެކަމަށް ދަލީލު ދެމުން، ކީތިރި ގުނުއާނާއި ރަސޫލާގެ ސުންނަތުން މިސާލު ދައްކައި ގިނަ ވާހަކަތަކެއް ހުކުމްގައި ބަޔާންކޮށްފައިވެއެވެ. ފާސިގުން ދޮގުތެދު ނުބަލާނެ ކަމަށާއި ނަމަވެސް ގާޒީންނާއި ފަނޑިޔާރުންނަކީ އެންމެ ހުލްގު ހެޔޮ ރިވެތި މީހުންނެވެ. އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާ ސަލާމާއި ސަލަވާތް ލެއްވި މުހައްމަދުގެ ފާނު ރަސޫލުކަމާއި އަދި ނަބީކަމާއިގެން ފޮނުއްވުމުގެ މައިގަނޑު މަގުސަދުގެ ތެރެއިން އެއް މަގުސަދަކީ މީސްތަކުންގެ އަހްލާގު ރިވެތިކޮށް ފުރިހަމަކުރުންކަން އެކަލޭގެފާނުގެ ހަދީސްފުޅުތަކުން އެނގޭ ކަމަށް ސުޕްރީމް ކޯޓުން މީގެ އަހަރެއްހާ ދުވަސް ކުރިން ކުރި ހުކުމްގައިވެއެވެ.

އެހެންކަމުން އެ ދީނުގެ އަސާސުތައް ދަމަހައްޓައި، ކުރިއަރުވައި އިންސާފު ގާއިމު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަނޑިޔާރުންނަކީ އެހެން މީހުންނަށް ވުރެ ވެސް މަތީ ދަރަޖައަކަށް ރިވެތި އަހުލާގީ އުސޫލުތައް ނިޔާކުރާ ގޮތުގެ މަތީން އެބައިމީހުންގެ ބަސްމަގާއި ސުލޫކު ބައްޓަންކުރަންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

ފަނޑިޔާރުންގެ އަހުލާގު ބަޔާންކޮށް، ސުޕްރީމް ކޯޓް ކުރި ދުސްތޫރީ ހުކުމާ އެކު ޖިނާއީ ކުށެއް ސާބިތުވުމުން، އޮޓަމެޓިކުން ފަނޑިޔާރުން މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު، އެ ކޯޓުން ވަނީ ދަމަހައްޓާފައެވެ. އެ ހުކުމް ކުރިތާ ދުވަސްތަކެއް ނުވެ، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ދަށު ކޯޓުން ހުކުމްކުރިއެވެ. އެ ބޭފުޅުންގެ މައްޗަށް ސާބިތުވީ ރިޝްވަރުގެ ކުށެއް ނޫނެވެ. އިލެކްޓްރޯނިކް ޒަރިއްޔާއިން ސަރުކާރުގެ އޮފީސްތަކުގެ ލިޔެކިޔުންތައް ބަދަލުކުރާ ޖެމްސްގެ ހިދުމަތް، މެދުކަނޑާލި މައްސަލައާ އެކު އިތުރު ހުކުމްތަކަކާ އެކު ދެ ބޭފުޅުންގެ މައްޗަށް ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައެވެ. އެ ހުކުމްތައް ނިހާއީ ހުކުމަށް ބަދަލުވުމާ އެކު ފަނޑިޔާރުކަން ގެއްލުނެވެ.

އެންމެ މަތީ ކޯޓުގައި ތިބި އެންމެ މަތީ ފަނޑިޔަރުންގެ މަގާމުގެ ނިމުން އައި ގޮތަކީ އެއީއެވެ. ވިސްނަންވީ ފަނޑިޔާރުން އާންމު މީހުންނަށް ވެސް، މަތީ ބައެއްކެމެވެ. ހުރިހާ ގޮތަކުން ވެސް ކުރީގައި ތިބެންޖެހޭ ބައެކެވެ. އަހުލާގާއި އިންސާފާއި ނަޒާހަތްތެރިކަމުގައި އެންމެ އުހުގައި ތިބެންޖެހޭނެ ބަޔަކީ އެއީއެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ހަނދާންކޮށްދެނީ އެ ވާހަކައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

28 އެޕްރީލު 2018

ހުކުމް ކުރަނީ ޖަލަށެވެ. މަރާކަށް ނޫނެވެ.

28 އެޕްރީލު 2018
ހުކުމް ކުރަނީ ޖަލަށެވެ. މަރާކަށް ނޫނެވެ.
17 އެޕްރީލު 2018

ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

17 އެޕްރީލު 2018
ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟
02 ފެބުރުއަރީ 2018

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018
ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު
13 ޖެނުއަރީ 2018

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން
29 ޑިސެމްބަރު 2017

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

29 ޑިސެމްބަރު 2017
އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް
27 އޯގަސްޓު 2017

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"
24 އޯގަސްޓު 2017

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!
21 އޯގަސްޓު 2017

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!
24 މެއި 2017

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް