Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމުނިފޫހި

މަންމައިންގެ ދުވަހު ކިޑީ މަންމައަކަށް!

ކިޑީ އަށް ލިބިފައިވަނީ ފިރިހެން ކުއްޖެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 މެއި 2019 | ހޯމަ 11:32
މަރިޔަމް އުނޫޝާ އާއި ފިރިމީހާ އިބްރާހިމް ހަމީޝް

މަރިޔަމް އުނޫޝާ އާއި ފިރިމީހާ އިބްރާހިމް ހަމީޝް

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އަށް މަންމައިންގެ ދުވަހު ދަރިއަކު ލިބިއްޖެއެވެ.

ކިޑީގެ ފިރިމީހާ މަޝްހޫރު ޓީވީ ޕްރެޒެންޓަރ އިބްރާހިމް ހަމީޝް ބުނެފައިވަނީ އެދެމަފިންނަށް މިދިޔަ އާދިއްތަ ދުވަހު ފިރިހެން ދަރިއަކު ލިބިފައިވާ ކަމަށެވެ.

ހަމީޝް ބުނެފައިވަނީ އަމިއްލަ ދަރިފުޅު އުރާލައިގެން ހުންނަ އިރު އަދިވެސް ހީވަނީ ހުވަފެނެއްގައި އުޅެވޭހެން ކަމަށެވެ. އަދި މިހާ ބޮޑު އުފަލެއް ލިބުމުން ކުރެވޭ އިހުސާސް ބުނެދޭން ވެސް ނޭންގެ ކަމަށް ހަމީޝް ވަނީ ބުނެފައެވެ.

ކިޑީ ވިހާފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

ކިޑީ އާއި ހަމީޝްގެ އަލަތު ކައިވެންޏަށް 10 އަހަރު ފުރިފައިވާއިރު، ކިޑީ މަންމަ އަކަށް ވެފައި މިވަނީ އުމުރުން 33 އަހަރުގައެވެ.

ގިނަ ބައެއްގެ ލޯބި ލިބި، ކިޑީ މަގުބޫލުވެގެން ގޮސްފައި ވަނީ ސްކޫލް ދައުރުގައި އޭނާ ލަޔަކިޔަން ފަށައި، އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދަން ފެށުމާ ގުޅިގެންނެވެ. ކިޑީއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންދީ ފިލްމަކަށް ލަވަކިޔައިދިން ފުރަތަމަ ދިވެހި ލަވަކިޔުންތެރިޔާއެވެ. އަމިއްލަ ރާގުތަކަށް ލަވަކިޔައި، އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައި ރާއްޖެ ތަމްސީލު ކުރަމުންދާ ކިޑީއަކީ ކުރިއަރަމުން އަންނަ ގިނަ ޒުވާން ލަވަކިޔުންތެރިންގެ އެދުރެކެވެ.

ކިޑީ ވަނީ މޯލްޑިވިއަން އައިޑޮލްގައި ޖެހިޖެހިން ތިން ފަހަރަށް ވެސް ފަނޑިޔާރުކަން ކޮށްފައެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"

18 ޖޫން 2017
އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"
27 މެއި 2017

"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު

27 މެއި 2017
"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު
22 މެއި 2017

"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް

22 މެއި 2017
"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް
10 މެއި 2017

"މީ ލޯތްބަކީ" ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި އަޅުވަނީ

10 މެއި 2017
"މީ ލޯތްބަކީ"  ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި އަޅުވަނީ
09 މެއި 2017

ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

09 މެއި 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު