Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

އަޣުލަބިއްޔަތު ދިނީ ދޯދިޔާވެފައި އޮތް ނިޒާމް ރަނގަޅު ކުުރުމަށް!

12 މެއި 2019 | އާދީއްތަ 09:39

ކަށީގެ ޑޮކްޓަރެއް ނެތްތާ ހަ މަސް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 12 މެއި 2019 | އާދީއްތަ 09:39
އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ރައްޔިތުން ކޮންމެ ވެރިކަމެއް ވެސް ބަދަލުކުރަނީ ވަރަށް ފޮނި އުއްމީދަކާ އެކުގައެވެ. ފާއިތުވި ސަރުކާރުން އިހްމާލްވެފައިވާ ކަންތައް ރަނގަޅު ކުރާނެ ކަމުގެ އުއްމީދާ އެކުގައެވެ. އެ އުއްމީދަށް ވާސިލްވުމަށް ސަރުކާރުން އަވަސް ކަމާ އެކު މަސައްކަތް ވެސް ފަށައިގަންނަން ވެސް ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހަ މަސްވެގެންދާ އިރު، މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީ، އައްޑޫ ސިޓީގެ ރައްޔިތުން ސަރުކާރާ މެދު ކުރަމުން އައި ފޮނި އުއްމީދާ ދޭތެރޭ، އެ މީހުން މިހާރު ތިބީ ނާއުންމީދުވެފައެވެ.

އައްޑޫ ސިޓީގެ ސިއްހީ ނިޒާމަކީ ފާއިތުވި ސަރުކާރުން ވަރަށް ބޮޑަށް އިހްމާލްވެފައިވާ ދާއިރާއެކެއެވެ. އެހެންކަމުން ސިޓީގެ ރައްޔިތުން އުއްމީދުކުރަމުން އައީ، އާ ސަރުކާރާ އެކު އައްޑޫ ސިޓީގެ ސިއްހީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ބޮޑު ތާއީދެއް މި ސަރުކާރަށް ދެއްކި އިރު އެ އުންމީދުގައި ތިބެ ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕާޓީ އަށް ދިނެވެ. ނަމަވެސް ސިޓީގެ ރައްޔިތުން ތިބީ މާޔޫސްކަން މަތީގައެވެ. އެދެވޭ ސްޕީޑްގައި ސިއްހީ ނިޒާމް ރަނގަޅުވެގެން ނުދާތީއެވެ.

ސިއްހީ ނިޒާމަށް އެދެވޭ ބަދަލެއް އަވަހަށް ބޭނުންވާ ކަމަށް ސިޓީގެ ރައްޔިތުން އަންނަނީ ބުނަމުން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތާ ގުޅޭ ގޮތުން ޚަބަރެއް ނުލިޔާ ދުވަހެއް މަދޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. ހޮސްޕިޓަލްގެ ހާލަތު ވަނީ ބޮއްސުން ލައިގެން ގޮސްފައެވެ. އާ ސަރުކާރާ އެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ރަނގަޅުކުރަން މާ ބޮޑު މަސައްކަތެއް ކުރެވިފައިވެޔޭ ދެންނެވޭކަށް ނެތެއެވެ. އާ ސަރުކާރުގެ ހަ މަސް ގުނަމުން އަންނައިރު، އަދި ހިތަދޫ ހޮސްޕިޓަލް ހިންގާނެ ދާއިމީ ފަރާތެއް ސަރުކާރަށް އައްޔަންކުރެވިފައެއް ނުވެއެވެ. އަދިވެސް ހުރީ ވަގުތީ ގޮތުން ހޮސްޕިޓަލް ހިންގުމާ ހަވާލުވެގެން ހުރި ބޭފުޅެކެއެވެ.

ދެން އޮތީ ޑޮކްޓަރުންގެ ވާހަކައެވެ. ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއް ނެތްތާ ގާތްގަނޑަކަށް ހަމަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އައްޑޫ ސިޓީއަށް ބަލާއިރު، އެ ސިޓީގެ ލިންކް ރޯޑަކީ ނިސްބަތުން އެކްސިޑެންޓްތައް ގިނަ މަގެކެއެވެ. ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިގައިގެން މީހުން ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދެވޭއިރު، އެ ފަރާތްތަކަށް ފަރުވާދެވޭނެ ރަނގަޅު "ޓްރައިއޭޖް" އެއް ނެތެވެ. 33،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ ރައްޔިތުން ކަށީގެ އޮޕަރޭޝަނެއް ކުރަން ވިއްޔާ ބޮޑު ޚަރަދުކޮށްފައި އަންނަންޖެހެނީ މާލެއަށެވެ. ކުދި ކަންތަކުގައި ވެސް ފަރުވާ ހޯދަންދާންޖެހެނީ މާލެއަށެވެ.

ހޮސްޕިޓަލުން ކަށީގެ އެއްވެސް ކަމަކަށް ފަރުވާއެއް ނުލިބޭ

ސިއްހީ ހިދްމަތަށް ބޭނުންވާ ވަރަށް އާދައިގެ ސާމާން ހޮސްޕިޓަލްގައި ނެތެވެ. ދަތުގެ ފަރުވާދޭ ޑޮކްޓަރެއް ހުރި ކަމުގައިވީ ނަމަވެސް، ދަތުގެ ބައެއް ކަންތައްތަކަށް ފަރުވާއެއް ނުދެވެއެވެ. ކަމާ ގުޅޭ ސާމާނު ނެތުމުގެ ސަބަބުންނެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާމާދީއެއް އޮތްތަނުގެ ހާލަތެވެ.

ހިތަދޫ ހޮސްޕިޓަލާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޝާހު ސައީދު ވިދާޅުވީ ދަތުގެ ބައެއް ހިދްމަތްތައް އެއްޗެހި ހަމައަށް ނުލިބުމުގެ ސަބަބުން މެދުކެނޑިފައިވާ ކަމަށާއި، އެ ތަކެއްޗަށް މިހާރު އޯޑާރކޮށްފައިވާ ކަމަށެވެ. ހިތަދޫ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ބަލިމީހުންނަށް ހިދުމަތް ދޭން ބޭނުންވާ ވަސީލަތް ނުލިބުމުގެ ޝަކުވާއެވެ. ހޮސްޕިޓަލްގެ މައްސަލަތަކާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީ އަށް ވެސް ދެއްކޭނެ މާބޮޑު ވާހަކައެއް ނެތެވެ. އެހެންކަމުން އެ ފަރާތުން ވެސް އެ ވާހަކަ މީޑިއާތަކާ ދައްކާކަށް ބޭނުމެއް ނުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގަތީ އައްޑޫން 70 ޕަސެންޓަށް ވުރެ ބޮޑު އައުލަބިއްޔަތަކާ އެކުއެވެ. މުޅި ރާއްޖެއަށް ބަލާއިރު ވެސް އެންމެ ބޮޑު އައުލަބިއްޔަތެއް ރައީސް ސޯލިހަށް ދިނީ އައްޑޫންނެވެ. އައްޑޫ ރައްޔިތުން ބޭނުންވީ ހަރުދަނާ ސިއްހީ ނިޒާމެކެވެ. އިނގިލީގެ ކުރިން ތަން ކޮޅެއް ކެނޑުނަސް މާލެ ދާން ޖެހޭ އުސޫލަށް ބަދަލު އައިސް ރަށުގައި ތިބެގެން ރަނގަޅު ސިއްހީ ހިދްމަތެއް ހޯދުމަށެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި އައްޑޫގައި ބިނާކުރި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ފަށާފައެވެ. އެ ސަރުކާރު ނިމިގެންދިޔައިރު ވެސް އެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރެވިފައެއް ނެތެވެ. ރައީސް ސޯލިހުގެ ސަރުކާރު އައުމަށް ފަހު ވެސް އެ މަސައްކަތް އެންމެ އެދެވޭ، ރައްޔިތުން ބޭނުންވެފައިވާ ސްޕީޑްގައި މަސައްކަތް ކުރއަށް ދެއެކޭ ދެންނެވޭކަށް ނެތެވެ. އާ ހޮސްޕިޓަލަށް ބޭނުންވާ ސާމާން ހޯދުމަށް ބަޔަކާ ހަވާލުކޮށް އެގްރިމެންޓް ކުރެވިފައިވާއިރު، އެ މަސައްކަތް ކުރިއަށްދާ ގޮތުގެ މާބޮޑު ތަފްސީލެއް ރައްޔިތުންނަށް ނުލިބެއެވެ.

ރިޔާސީ އިންތިޚާބު އަދި މަޖިލިސް އިންތިޚާބުގައި ވެސް މި ސަރުކާރަށް އެންމެ ބޮޑު އައުލަބިއްޔަތެއް ދިނީ އައްޑޫ ސިޓީންނެވެ. މަޖިލިސްގެ ހުރިހާ ގޮނޑިއެއް އައްޑޫ ސިޓީގެ ރައްޔިތުން ވަނީ ސަރުކާރަށް ދީފައެވެ. އައްޑޫ ސިޓީގެ ރައްޔިތުން ރައީސް ސޯލިހުގެ ސަރުކާރުން ބޭނުންވަނީ ރަނގަޅު ސިއްހީ ނިޒާމެކެވެ. ސިޓީއެއްގެ ލަގަބު ދިނުމަކުން ނުފުދެއެވެ. ސިޓީއަކުން ލިބެންޖެހޭ ހިދްމަތްތައް ލިބެންޖެހެއެވެ. ކަމެއް ވާއިރަށް ބޮޑު ޚަރަދުކޮށްފައި މާލެއަށް އަންނަންޖެހޭ ޖެހުން ނިމުމަކަށް ގެންނަންޖެހެއެވެ. ހޮސްޕިޓަލަށް ބޭނުންވާ ކަންތަކައް ހެލްތު މިނިސްޓްރީގައި ސަލާންޖަހަން ނުޖެހި ހޮސްޕިޓަލުން ކުރެވޭ ފަދަ ގޮތަކަށް ނިޒާމަށް ބަދަލުގެންނަން ޖެހެއެވެ. ސިއްހީ ނިޒާމްގައި ހިމެނޭ ދޯދިޔާ ކަންތައް ހޯދައި ބަލައި، އަވަސް ފިޔަވަޅުތަކެއް އަޅުއްވަންޖެހެއެވެ. ރައީސް ސޯލިހު އައްޑޫސިޓީގެ ރައްޔިތުންނަށް ރަނގަޅު ސިއްހީ ނިޒާމެއް ފޯރުކޮށްދޭނެ ކަމަށް ވެފައިވާ ވައުދަށް ފުއްދުމުގައި ސްޕީޑް އަވަސް ކުރައްވާށެވެ. ނޫނީ މަނިކުފާނު ވެގެންދާނީ ހުރިހާ ބާރެއް ލިބި ވެސް، ސިޓީގެ ރައްޔިތުން އެދުނު ބަދަލު ނުގެނެވުނު ރައީސަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
22 އޯގަސްޓު 2017

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
28 ޖުލައި 2017

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!
05 ޖޫން 2017

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
07 މެއި 2017

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް