Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގު ޕޭ

ދިރާގު ޕޭއާ އެކު މާރުކޭޓް ވެސް ޑިޖިޓަލް ކޮށްލައިފި!

12 މެއި 2019 | އާދީއްތަ 06:30

ދިރާގު ޕޭ މެދުވެރިކޮށް ކުރާ 150ރ. ގެ ކޮންމެ ވިޔަފާރިއަކަށް ކަރާ ކިލޯއެއް ހިލޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 މެއި 2019 | އާދީއްތަ 06:30
ދިރާގު ޕޭގެ ހިދުމަތް މާރުކޭޓަށް ތަައާރަފްކުރުން

ދިރާގު ޕޭގެ ހިދުމަތް މާރުކޭޓަށް ތަައާރަފްކުރުން

ދިރާގު ޕޭގެ ހިދުމަތާ އެކު، މާރުކޭޓް ވެސް ޑިޖިޓަލްކޮށްލައިފި އެވެ.

ދިރާގެ ޕޭގެ ހިދުމަތް އާދިއްތަ ދުވަހު ހެނދުނު، މާރުކޭޓުގައިދޭން ފަށާފައިވާއިރު، ދިރާގުން ބުނީ ދިރާގު ޕޭގެ ހިދުމަތް މިވަގުތު ލިބޭނީ ލޯކަލް މާރުކޭޓްގެ އެއް ގޮޅިން ކަމަށެވެ. އަދި އަމީނީ މަގުގައި ހުންނަ މާރުކޭޓް ގޮޅިއަކުން ވެސް ދިރާގު ޕޭގެ ހިދުމަތް ލިބޭއިރު، މަޖީދީ މަގުގައި ހުންނަ މާރުކޭޓުގައި ވެެސް ދިރާގު ޕޭގެ ހިދުމަތް ތަައާރަފްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން ދިރާގުން ބުނީ، ހުޅުމާލޭގައި ހުންނަ މާރުކޭޓްގައި ވެސް ދިރާގު ޕޭގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ރަމަޟާން މަހާ އެކު، ލޯކަލް މާރުކޭޓްގެ ގޮޅިތަކުގައި ދޭން ފެށި ދިރާގު ޕޭގެ ހިދުމަތް، ރަމަޟާން މަސް ނިމުމުން ވެސް ދެމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އިތުރު ގޮޅިތަކުން އެ ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްްކުރަމުން އަންނަ ކަމަށް ވެސް ކުންފުނިން ބުންޏެވެ.

ދިރާގު ޕޭގެ ހިދުމަތާ އެކު އެ ކުންފުނިން ވަނީ ރަމަޟާން މަހަށް ހާއްސަކޮށް ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. އެގޮތުން ޕޭ މެދުވެރިކޮށް ކުރާ 150ރ. ގެ ވިޔަފާރިއަކަށް ކަރާ ކިލޯއެއް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ރަމަޟާން މަހަކީ ގޭގެއަށް ކަރާގެ ޑިމާންޑް ވަރަށް ބޮޑުވާ މަހަކަށް ވެފައި، އަޅުގަނޑުމެން ގަސްތުކުރީ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއްގައި ހުރިހާ ބޭފުޅުން ވެސް ބެނުންވާ ކޮންމެވެސް އެކައްޗެއް ހިލޭ ލިބިވަޑައިގަންނަވާނެ ގޮތަށް ހެދުން"

ދިރާގު ޕޭގެ ހިދުމަތް ތައާރަފްކުރި މާރުކޭޓްގެ ގޮޅި ހިންގާ ފަރާތުން ބުނީ، އެ ހިދުމަތާ އެކު ލިބިގެންދާނެ އެންމެ ބޮޑު ލުޔަކީ ފައިސާ މާރުކުރަން ނުޖެހުން ކަމަށެވެ. އަދި ތައާރަފްކުރި ހިދުމަތާ އެކު، ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

"ލާރި މާރުކުރުމުގެ ދަތިކަން ވަރަށް ފޯރާ. އެހެންވީމަ އެކަން ހައްލުވެގެންދާނެ ހަމަ މި ހިދުމަތާ އެކު"

ދިރާގު ޕޭ ބޭނުންކުރާ ކަސްޓަަމަރުންގެ އަދަދު ކޮންމެ ދުވަހަކު ވެސް އިތުރުވަމުން އަންނަ އިރު 2017 ވަނަ އަހަރު ތައާރަފްކުރި މި ހިދުމަތަކީ ކޭޝްލެސް ހިދުމަތެކެވެ. މި ހިދުމަތާ އެކު، އަތުގައި ފައިސާ ގެންގުޅުމުގެ ބަދަލުގައި، މޯބައިލް ފޯނު މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
23 މާރިޗު 2017

އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލަނީ

23 މާރިޗު 2017
އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް  އެކުލަވާލަނީ
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
27 ފެބުރުއަރީ 2017

ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

27 ފެބުރުއަރީ 2017
ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް