Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުސްލިމް

ހިންދޫ އިން ކްރިސްޓިއަނަކަށް، ކްރިސްޓިއަނަކުން މުސްލިމަކަށް!

12 މެއި 2019 | އާދީއްތަ 05:54

އޭނާ އިސްލާމްވީ މާޗް މަހުގެ ފަހުކޮޅު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 މެއި 2019 | އާދީއްތަ 05:54
ގޯކުލާ ކްރިޝްނަން (ކ)

ގޯކުލާ ކްރިޝްނަން (ކ)

އިންޑިއާގެ ޓީޗަރެއް ކަމަށްވާ ގޯކުލާ ކްރިޝްނަން ހއ. އިހަވަންދޫއަށް ދިޔައީ އެރަށު ސްކޫލްގެ ކޮންޕިއުޓިން ޓީޗަރެއްގެ ވަޒީފާއަށެވެ. އެއީ ޖެނުއަރީ މަހުގެ ތެރެއެވެ. ކްރިސްޓިއަނަކަށް ވެ ހުރެ އޭނާ އެ ރަށަށް ދިއުމުގެ ކުރިން ވެސް އިސްލާމް ދީނާ މެދު ޝައުގުވެރިކަން ހުރި ކަމަށް ރަށު ރައްޔިތުން ބުނެއެވެ. އެކަން އެނގެނީ އިސްލާމް ދީނާ ބެހޭ ފޮތްތައް އޭނާގެ އަތުގައި ހުރުމުންނެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ރާއްޖެއެމްވީއަށް ބުނީ ގޯކުލާއާ ބައްދަލު ވާ ކޮންމެ ފަހަރަކު ވެސް ސަލާމްކުރާ ކަމަށެވެ. އެރަށުގައި ބާއްވާ ގުރުއާން މުބާރާތްތަކުގައި ވެސް ޝައުގުވެރިކަމާ އެކު އަޑުއަހަން އިންނަ ކަމަށް ވެއެވެ. އިސްލާމް ދީނާ ބެހޭ މައުލޫމާތު ސްކޫލް މުއައްޒަފުންނާއި ރަށު ރައްޔިތުންގެ ކައިރިން އޭނާ ދިޔައީ އޮޅުން ފިލުވަމުންނެވެ.

"މި އަހަރު އަލަށް ރަށަށް އައީ. ގުރުއާން މުބާރާތްތަކުގައި ވެސް އޭނާ އިންނާނެ އަޑުއަހަން. ތަރުހީބު ވެސް ދޭނެ،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާއަކީ ކުރިން ހިންދޫއެކެވެ. އޭގެ ފަހުން ކްރިސްޓިއަނަކަށް ބަދަލުވިއެވެ. އަދި އެ އަށް ފަހު އިސްލާމްވީ، ދީނަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކަމަށް އޭނާ ބުނެއެވެ.

މިދިޔަ މާޗް މަހުގެ ފަހުކޮޅު ގޯކުލާ އިސްލާމްވީ އެރަށު ސްކޫލް ޕްރިންސިޕަލް ކުރިމަތީގައެވެ. އުސޫލު އޮންނަ ގޮތުން އެކަން އިސްލާމިކް މިނިސްޓްރީއަށް އަންގަން ޖެހެއެވެ. އޭގެ ފަހުން ރާއްޖޭގައި އިސްލާމީ ޝުއޫރު ފާޅުކޮށް، އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ޓީމް ދާވާ މޯލްޑިވްސް" ގެ ޓީމެއް އެ ރަށަށް ދިއުމުން އެ މީހުންގެ ކުރިމަތީގައި ވެސް އޭނާ އިސްލާމްވިއެވެ.

މިނިސްޓްރީ އަށް ހުށަހެޅުމުގެ ކުރިން އޭނާ ދިޔައީ އިސްލާމް ދީނުގެ މުހިންމު އަސާސްތައް ދަސްކުރަމުންނެވެ. ނަމާދުކުރާނެ ގޮތާއި ގުރުއާން ކިޔަވަން ދަސްކޮށް އެ ނޫން ވެސް ދީނުގެ ރުކުންތަކަށް ފަރިތަވަމުންނެވެ. އެ ގޮތުން އިސްލާމް ދީނާ ބެހޭ ގޮތުން ކަންކަން ދަސްކޮށް އިސްލާމްދީނުގެ ފަސް ރުކުން މިހާރު ވެސް އޭނާ ވަނީ ދަސްކޮށްފައެވެ.

އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އަށް އިސްލާމްވިކަމުގެ ފޯމެއް ފުރާފައި ހޮނިހިރު ދުވަހު ފޮނުވާފައިވާ ކަމަށެވެ.

ރަށުގެ ރައްޔިތުންގެ ފަރާތުން ވެސް އޭނާއަށް ވަރަށް ބޮޑު އެއްބާރުލުން ލިބެއެވެ. އިސްލާމްދީނުގެ ވާޖިބުތައް ރަށުގެ ރައްޔިތުން ގޯކުލާ އަށް ދަސްކޮށްދެނީ އަމިއްލަ ވާޖިބެއްގެ ގޮތުގައި ދެކިގެންނެވެ.

"އޭނާ މިހާރު ވުޟޫ ކުރަން ދަސްކޮށް. ނަމާދު ވެސް ކުރޭ. ރަމަޟާން މަސް އައިއިރު އެ ހުރިހާ ކަމެއް ދަސްކޮށްފި،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވީ ގޯކުލާ އިސްލާމްވީ އިސްލާމް ދީނަށް ވުރެ ފުރިހަމަ ދީނެއް ނެތް ކަމަށް ދެކިގެން ކަމަށެވެ. އިސްލާމްވި ފަހުން ވެސް ގުރުއާން ދިރާސާކޮށް އާޔަތްތައް ދަނީ ދަސްކުރަމުންނެވެ.

އިސްލާމްވުމަށް އޭނާ ބޭނުންވެފައި ހުރި ވަރު ބޮޑު ކަމުން، އެރަށަށް ދަރުސް ދެއްވަން ވަޑައިގަންނަވާ ޝެއިޚުންނާ ބައްދަލުކޮށް އިސްލާމްދީނުގެ މައުލޫމާތު ވެސް ހޯދާ ހަދައެވެ. މި ރޯދަ މަހުގެ ހުރިހާ ތަރާވީސް ނަމާދެއްގައި އޭނާ އަންނަނީ ބައިވެރި ވަމުންނެވެ.

"ޓީމް ދާވާ މޯލްޑިވްސް" އިން ބުނެފައި ވަނީ ގޯކުލާ އެދެނީ އޭނާގެ އާއިލާއަށް ތެދުމަގު ދެއްކެވުން އެދި ދުއާ ކޮށްދިނުމަށް ކަމަށެވެ. އޭނާގެ މަންމައަކީ ހިންދޫއެއް ކަމަށާއި ބައްޕަ އާއި އަންހެނުންނަކީ ކްރިސްޓިއަނުން ކަމަށް އޭނާއާ ހަވާލާދީ އެ ޕޭޖުގައި ވަނީ ބުނެފައެވެ.

އެހެން ކަމުން އެ މީހުންނަށް ތެދުމަގު ދެއްކެވުމަށް އެދި އެ އެންމެން ވެސް ނަރަކައިން ސަލާމަތް ކުރުމަށް ގޯކުލާ ކްރިޝްނަން ބޭނުންވެއެވެ. އަދި އެކަމަށް ދުއާކޮށްދިނުމަށް އޭނާ އެދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2023

ޣައްޒާގެ މުސްލިމް އަންހެނުންގެ އީމާންތެރިކަން ފެނި އިސްލާމްދީނަށް ޖެހުނު ލޯތްބާއެކު މުސްލިމަކަށް!

21 ނޮވެމްބަރު 2023
ޣައްޒާގެ މުސްލިމް އަންހެނުންގެ އީމާންތެރިކަން ފެނި އިސްލާމްދީނަށް ޖެހުނު ލޯތްބާއެކު މުސްލިމަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް