Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންގްލަދޭޝް މީހުން ގެނައުން

ބަންގްލަދޭޝް މީހުން ރާއްޖެ އައުމުގެ ކުރިން ފުލުހުންގެ ކްލިއަރެންސް ނަގަން ޖެހޭ

8 މެއި 2019 | ބުދަ 06:06

ރާއްޖެ އަށް އެތެރެވާ މަސައްކަތު ގިނަ މީހުން އެތެރެވަނީ ވިޒިޓް ވިސާގައި

އަލީ ސަމާޚް
އަލީ ސަމާޚް | 8 މެއި 2019 | ބުދަ 06:06
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކު

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކު

ބަންގްލަދޭޝް އިން ރާއްޖެ އަށް މަސައްކަތު އަންނަ މީހުން އެގައުމުން ފުރުމުގެ ކުރިން ފުލުހުންގެ ކްލިއަރެންސް ނަގަން ޖެހޭ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

އެ ފަދަ މަޝްވަރާތަކެއް ކުރެވިފައިވަނީ ރާއްޖެ އަށް އެތެރެވާ ބަންގްލަދޭޝް މީހުންގެ ކަންތައްތައް މިހާރަށް ވުރެ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ބަންގްލަދޭޝްގެ ހޯމް މިނިސްޓަރީ ގައި ބޭއްވި ބައްދަލުވުމުގައި ކަމަށް އެގައުމުގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖެއަށް މަސައްކަތު މީހުން ފޮނުވާ އެޖެންސީތަކުން މިފަހަކަށް އައިސް މީހުން ފޮނުވަނީ ވިޒިޓް ވިސާގައި ކަމަށެވެ. އެހެންވުމުގެ ސަބަބުން އެމީހުންނާއި ބެހޭ ސައްހަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ނޭނގެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެބައްދަލުވުމުގެ އެ އޮފިޝަލް ވަނީ، ބަންގްލަދޭޝް އިން ރާއްޖެ އަންނަ ޖެހޭ މީހުން ފުރުމުގެ ކުރިން ފުލުހުންގެ ހާއްސަ ކްލިއަރެންސް ފޯމެއް ނެގުމާއި ބެހޭ ގޮތުން ފޮރިން މިނިސްޓްރީ އަށް ލަފާދީފައެވެ.

އަދި އޭގެ އިތުރުން ހަރުދަނާ މަސައްކަތު މީހުން ރާއްޖެ އަށް ފޮނުވަން ޖެހޭކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖެއަށް އަންނަ ބަންގްލަދޭޝް މީހުންގެ ރިކޯޑް ކްލިއަރެންސް ކުރަން ޖެހޭ ގޮތާއި ބެހޭ ގޮތުން ލަފާދީފައިވާއިރު، ބިދޭސީން ގެނައުމަށް ފަހު އިހުމާލުވި، 67 ފަރާތެއްގެ މައްސަލައެއް މޯލްޑިވްސް އިމިގްރޭޝަން އިން ދަނީ ބަލަމުންނެވެ.

ބިދޭސީން ގެނެސް އެފަރާތްތަކާމެދު އިންސާނިއްޔަތާހިލާފް އަމަލުކުރަމުންދާ މައްސަލައަކީ އަބަދު ވެސް ދެކެވޭ ވާހަކައެވެ. އެފަދަ ކަންތައްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ. ބިދޭސީން ގެންނަ ފަރާތްތަކުން އިހްމާލުވުމުގެ ސަބަބުން ބައެއް ބިދޭސީން ފިލައި އެހެން ކުންފުނިތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް