Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޯދަ އާއި ސިއްހަތު

ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ހެޔޮ ބަދަލުތައް އިނގޭތަ؟

7 މެއި 2019 | އަންގާރަ 04:48

ރޯދަ ހިފުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަވޭ

އަމަން ހަލީމް
އަމަން ހަލީމް | 7 މެއި 2019 | އަންގާރަ 04:48
މީހުންތަކެއް މިސްކިތުގައި ރޯދަ ވީއްލަނީ

މީހުންތަކެއް މިސްކިތުގައި ރޯދަ ވީއްލަނީ

ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑަށް ގިނަ ބަދަލުތަކެއް އާދެއެވެ. ރޯދައިގެ ސަބަބުން އިންސާނާގެ ޖިސްމަށް ގިނަ ގުނަ ފައިދާތަކެއް ލިބޭކަމަށް އިއްތިފާގުވާ އިރު، މި ލިޔުމުގައި މި ބަލާލަނީ ރަމަޟާން މަހުގެ ތިރީސް ދުވަސް ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކަށެވެ.

ޑީޓޮކްސިފިކޭޝަން ސްޓޭޖް އެކެއް (ފުރަތަމަ ދުވަހާއި ދެވަނަ ދުވަސް)

ރޯދަ ހިފާ ފުރަތަމަ ދުވަހު ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވެގެން ދެއެވެ. މީގެ ސަބަބުން ހިތުގެ ވިންދު ޖެހުން މަޑުވެ، ލޭގެ ޕްރެޝަރު ދަށަށް ދެއެވެ. ހަށިގަނޑުގެ މަސްތަކުން ގްލައިކޯޖެން އަންދަން ފެށުމާ އެކު ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އިހުސާސް ވާން ފަށާނެއެވެ. މިއީ ޑިޓޮކްސްވުމުގެ ފުރަތަމަ އަދި އެންމެ އުނދަގޫ މަރުހަލާއެވެ. މި މަރުހަލާގައި ބޮލުގައި ރިއްސުމާއި، ބޯއަނބުރައި މޭ ނުބައި ކުރާ ގޮތް ވުމާއި، އަނގައިން ނުބައި ވަސް ދުވުން އަދި ދޫ ކަނޑައިގެން ދިޔުމަކީ އާންމު ކަމެކެވެ. ރޯދަ ހިފާ މީހާއަށް ބަނޑުހައި ހޫނުކަން އެންމެ ބޮޑަށް އިހުސާސް ވާނީ ވެސް މި ދެ ދުވަހުގެ މުއްދަތުގައެވެ.

ޑީޓޮކްސިފިކޭޝަން ސްޓޭޖް ދޭއް (ތިންވަނަ ދުވަހާއި ހަތްވަނަ ދުވަހާ ދެމެދު)

ހަށިގަނޑުގެ ތެރޭގައި ހުންނަ ސަރުބީތައް ގްލައިކެރޯލް އުފައްދުމަށް ބޭނުން ކުރުމަށް ފަހު، މީހާގެ ހަށިގަނޑަށް ބޭނުންވާ ގްލުކޯޒް އޭގެން އުފައްދަން ފަށައެވެ. މި މަރުހަލާގައި ގައިން ބޭރުކުރާ ބޭކާރު ތެލުގެ ސަބަބުން މީހާގެ ހަނގަނޑު ތެޔޮވުން އެކަށީގެންވެއެވެ. އާންމުގޮތެއްގައި ހަމުގެ މައްސަލަ ނުހުންނަ މީހުންގެ ހަމުގައި ވެސް ބިހި ނެގުމަކީ ވެދާނެ ކަމެކެވެ. މިއީ ހަށިގަނޑުން ރޯދަ ހިފަމުން އަންނަކަން ބަލައިގަންނަ މަރުހަލާއެވެ. މިކަމުގެ ސަބަބުން މީހާގެ ހަޖަމުގެ ނިޒާމަށް ބޭނުންވާ ލުއިތައް ލިބި، އެތެރެހަށި ސާފުކުރުމަށާއި ހީލްވުމަށް ވަގުތު ލިބެއެވެ. ދިފާއީ ނިޒާމުގެ މަސައްކަތް އިތުރުވެ، ވައިޓް ބްލަޑް ސެލް އުފައްދަން ފަށައެވެ. ބައެއް ފަހަރު ފުއްޕާމެއަށް ތަދުވުން އެކަށީގެންވެއެވެ. މިއީ ފުއްޕާމެއާއި އެތެރެހަށި ސާފުކުރުމުގެ ނިޒާމުގައި ހިމެނޭ ގުނަވަންތައް ރަނގަޅުވަމުން ދިޔުމާ ގުޅިގެންވާ ކަމެކެވެ. މި މަރުހަލާގައި ގޮހޮރުގައި ހުންނަ ނޭދެވޭ ތަކެތި ހަށިގަނޑުން ބޭރުކުރަން ފަށައެވެ.

ޑީޓޮކްސިފިކޭޝަން ސްޓޭޖް ތިނެއް (އަށްވަނަ ދުވަހާއި ފަނަރަވަނަ ދުވަހާ ދެމެދު)

މި މަރުހަލާގައި ހަށިގަނޑު ރޯދަ ހިފުމަށް ރަނގަޅަށް އަހުލުވެރިވެފައިވާ އިރު، އިތުރު ހަކަތައާއި އެކު މީހާގެ ހާލު ރަނގަޅުވެއެވެ. ނަމަވެސް ފަހަރުގައި ކުރިން ލިބިފައި ހުރި ބައެއް އަނިޔާތަކަށް ތަދުވުމުގެ ފުރުސަތު ބޮޑުވެއެވެ. މިހެން ދިމާވަނީ ރޯދަ ހިފުމުން ހަށިގަނޑުގެ ހީލިން ބާރު އިތުރުވުމާއި ގުޅިގެންނެވެ. މިސާލަކަށް ދިހަ އަހަރު ކުރިން އަތް ބިންދައިގެން ގޮސްފައިވާ ނަމަ، އެތަނުގެ ވަށައި ސްކާ ޓިޝޫ ހުރެއެވެ. ބިންދައިގެން ދިޔައިރު ލިބުނު ގެއްލުމަށް އެންމެ ރަނގަޅަށް ފަރުވާ ލިބިފައި ހުންނަނީ މީހާގެ ކެއިން ބުއިމުގެ އާދަތައް ހުންނަ ގޮތުންނެވެ. ނުރަނގަޅު ކާނާ ނުވަތަ ޖަންކް ފުޑްސް ކައިފިނަމަ ހީލްވުމުގެ ބާރު ދައްވެއެވެ. ހަށިގަނޑުގެ ހީލިން ބާރު އެންމެ އެދެވޭ ވަރެއްގައި ހުންނަނީ ރޯދަ ހިފުމުގެ މި މަރުހަލާގައެވެ.

ތިންވަނަ މަރުހަލާގައި ހަށިގަނޑުގެ ހަލާކުވެފައި ހުރި ޓިޝޫތައް ހޯދުމަށް ފަހު، ލިމްފޮކޭޓްސްގެ ޒަރިއްޔާއިން، ހަލާކުވެފައި ހުރި ސެލްތައް މަރާމާތުކުރާނެ މާއްދާއެއް އުފައްދައެވެ. މި ތަންތަނުގައި ރިއްސަނީ މި ތަކެތިން ހަލާކުވެފައިވާ ސަރަހައްދުގައި ހުންނަ ނާރުތައް ހިރުވުމާ ގުޅިގެންނެވެ. މި ތަދަކީ މިއީ ރަނގަޅު ތަދެކެވެ. މި މަރުހަލާގައި އަނގަ ކަނޑައިގެން ދާނަމަ ފެނަށް ލޮނުކޮޅެއް އަޅައިގެން ކޯދޮވެލާނީއެވެ.

ޑީޓޮކްސިފިކޭޝަން ސްޓޭޖް ހަތަރެއް (ސޯޅަވަނަ ދުވަހާއި ތިރީސްވަނަ ދުވަހާ ދެމެދު)

މި މަރުހަލާގައި ރޯދައަށް ހަށިގަނޑު އެއްކޮށް ހޭނިފައި ހުންނަ އިރު، އިތުރު ހަކަތައާއި ސިކުނޑީގެ ހަމަޖެހުން ވެސް ލިބެއެވެ. ހަށިގަނޑުގެ މަރާމާތުގެ މަސައްކަތް ނިމެން ގާތްވެފައިވާ އިރު، އެތެރެހަށި އެއްކޮށްހެން ސާފު ވާނެއެވެ. އެތެރެހަށީގައި ހުރި ނޭދެވޭ މާއްދާތައް ނެތި ދިޔުމާ ގުޅިގެން މި މުއްދަތުގައި މީހާގެ ސިއްހީ ހާލާތު ހުންނަނީ އެންމެ އެދެވިގެންވާ ވަރުގައެވެ. ރޯދައިގެ ސަބަބުން މީހާގެ ސިކުނޑި ތަނަވަސްވެ ތޫނުފިލިކަން ވެސް އިތުރުވެގެން ދާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

01 އޮކްޓޯބަރު 2017
ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ
26 އޯގަސްޓު 2017

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު
24 އޯގަސްޓު 2017

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!
10 ޖޫން 2017

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
08 މެއި 2017

ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!

08 މެއި 2017
ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް