Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްލައިޓެއް ވެއްޓުން

މެކްސިކޯ މަތިން ދަތުރުކުރި ޕްރައިވެޓް ޖެޓެއް ވެއްޓި އޭގައި ތިބި އެއްމެން މަރުވެއްޖެ

ފްލައިޓް ދަތުރުކުރަމުން ދިޔައީ އެމެރިކާގެ ވޭގަސްއިން މެކްސިކޯގެ މޮންޓެރޭއަށް

އަމަން ހަލީމް
އަމަން ހަލީމް | 7 މެއި 2019 | އަންގާރަ 03:32
ވެއްޓުނު ޗެލެންޖަރ 601 މަރުކައިގެ ފްލައިޓެއް

ވެއްޓުނު ޗެލެންޖަރ 601 މަރުކައިގެ ފްލައިޓެއް

މެކްސިކޯގެ ފަރުބަދަމަތީ ސަރަހައްދަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގެން ދަތުރުކުރި 13 މީހުންގެ ފުރާނަ ގެއްލިއްޖެއެވެ.

މި ހާދިސާގައި މަރުވީ މީހުންގެ ތެރޭގައި، އެމެރިކާގެ ލަސް ވޭގަސްއަށް ބޮކްސިން މެޗެއް ބަލަން ދިޔަ ފަސް މީހުންގެ އާއިލާއެއް ވެސް ހިމެނެއެވެ. ފްލައިޓް ދަތުރުކުރަމުން ދިޔައީ ލަސް ވޭގަސްއިން މެކްސިކޯގެ މޮންޓެރޭއަށް ދަތުރުކުރުމަށެވެ.

ފްލައިޓް ފެނިފައިވަނީ ފްލައިޓް ރާޑަރުން ގެއްލުމާއި ގުޅިގެން އޭތި ހޯދުމުގެ މަސައްކަތް އޭރިއަލް ސަވައިލެންސް ބޭނުންކޮށްގެން ކުރަމުން ގެންދަނިކޮށެވެ. ފެނުނު ސަރަހައްދުގައި އެއްވެސް މީހަކު ސަލާމަތުން ނެތްކަން އޭތި ވެއްޓުނު އޮކަމްޕޯ އަވަށުގެ އޮފިޝަލުން ވެސް ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ވެސް ވަނީ މި ވާހަކަތައް ކަށަވަރުކޮށްދެއްވާފައެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދަކީ މީހުން ނުޅޭ ސަރަހައްދަކަށް ވުމާ އެކު، އެ ހިސާބަށް ފޯރުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށް ކުއްލި ހާލަތުގައި ސަލާމަތްކުރަން މަސައްކަތްކުރާ ފަރާތްތަކުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. ފްލައިޓް ވެއްޓެން ދިމާވި ސަބަބު ދެނިވިފައި ނެތައް، މެކްސިކޯގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ފްލައިޓް ވެއްޓެން މެދުވެރިވީ ތޫފާނަކުން ސަލާމަތްވުމުގެ ގޮތުން ފްލައިޓް ތިރިކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ވެއްޓިފައިވަނީ ބޮމްބަރޑިއަރ ޗެލެންޖަރ 601 މަރުކާގެ ޖެޓެކެވެ. ޖެޓް ވެއްޓުމާ ގުޅިގެން ބޮމްބާޑިއާއިން ނެރުނު ބަޔާނެއްގައި ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވުމަށާއި ތަހުގީގުކުރާ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
26 އެޕްރީލު 2017

މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި

26 އެޕްރީލު 2017
މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި
14 އެޕްރީލު 2017

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

14 އެޕްރީލު 2017
ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު