Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު19 ވަނަ ރައްޔިތުންގެ މަޖިލީސް

އާ މަޖިލީހަށް ކުރާ އުންމީދުތައް ގިނަ!

ނިމިގެންދިޔަ މަޖިލީސް ފެނިގެން ދިޔައީ ރައީސް ޔާމީނުގެ ޕަޕެޓުން ގިނަ މަޖިލީހެއްގެ ގޮތުގައި

އަލީ ޔޫސުފް
އަލީ ޔޫސުފް | 6 މެއި 2019 | ހޯމަ 12:04
19 ވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް ރައީސް މަރުހަބާ ދަންނަވަނީ

19 ވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް ރައީސް މަރުހަބާ ދަންނަވަނީ

ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީސް ފާހަގަވެގެން ގޮސްފައި ވަނީ ރައްޔިތުންގެ އުންމީދިތަކުގައި ކޮޅުފައިން ޖެހި މަޖިލީހެއްގެ ގޮތުގައެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބާރުތައް ވަރުގަދަކުރުމުގައި ރައްޔިތުންގެ ހުވަފެންތަކުގައި ކޮޅުފައިން ޖެހި މަޖިލީހެއްގެ ގޮތުގައެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްގެ ގޮތުގައެވެ. ސަރުކާރަށް ތާއީދުކުރަށް ތާއީދުކުރާ މެންބަރުން ފެނިގެންދިޔައީ ރައީސް ޔާމީން ބޭނުންފުޅުވި ކޮންމެ ކަމެއް ކުރުމަށް އޮޅުކޮށްގެން ގެންގުޅޭ ބައިގަނޑެއްގެ ގޮތުގައެވެ. ރައީސް ޔާމީން ވިދާޅުވީމާ ކޮންމެ ކަމެއް ވެސް ކުރަނީއެވެ. އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ނަމަ ގާނޫނުއަސާސީ ވެސް ބަދަލުކޮށްގެން ވިޔަސް ކުރަނީއެވެ. ގާނޫނުން ބޭރުން ނަމަ ގާނޫނެއް ހަދައިގެން ނުވަތަ ގާނޫނުތަކަށް ބަދަލުކޮށްގެން ވެސް އެކަން ކުރަނީއެވެ. ރައްޔިތުންގެ އާދޭސްތަކުގައި ކޮޅުފައިން ޖެހީއެވެ.

ރައްޔިތުންނަށް ފުރުސަތު ލިބުނު ދުވަހު އޭގެ ބަދަލު އެ ވަނީ ދީފައެވެ. ވޯޓުންނެވެ. ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިންޖެހުމުގައި ބައިވެރިވި މަދު މެންބަރަކު ފިޔަވައި ގިނަ މެންބަރުން އެ ވަނީ ބޭރުކޮށްފައެވެ. ގިނަ އުންމީދިތަކަކާ އެކުގައެވެ. ރައްޔިތުން ބޭނުންވި ބަދަލުތައް ގެނެވޭނެ ކަމުގެ އުންމީދުގައެވެ. އާ މަޖިލީހަށް ކުރާ އުންމީދުތައް ގިނައެވެ.

ރައްޔިތުންގެ އުންމީދުތައް ގިނަ ނަމަވެސް އާ މަޖިލީހަށް ފުރަތަމަ ކުރަންޖެހޭނެ މަސައްކަތަކީ 18 ވަނަ މަޖިލީހުން ރައީސް ޔާމީންގެ ބާރުތައް ވަރުގަދަކުރުމަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް އިސްލާހުކުރުމެވެ. ސަރުކާރު ބަދަލުވުމާއެކު މަޖިލީހުގެ މެޖޯރިޓީ އަށް އައި ބަދަލުގެ ބޭނުން ހިފައި އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ވެސް ވަނީ ކޮށްފައެވެ. އެގޮތުން އަބުރުގެ ގާނޫނު އުވާލުން ފަދަ ކަންކަން ހިމެނެއެވެ. ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ވެސް މިހާރު ވަނީ ރުޖޫއުކޮށްފައެވެ. ނަމަވެސް މިއީ ކުޑަ މިންވަރެކެވެ. ނިމިދިޔަ 18 ވަނަ މަޖިލީހުން ހެދި މިފަދަ އެތައް ގޯސްތަކެއް އަދިވެސް އެބަހުއްޓެވެ. އެއީ ބަދަލުކުރެވެންޖެހޭ އަދި ބަދަލު ލިބެންޖެހޭ ކަންކަމެވެ.

އެކަންކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ފުރުސަތު ވެސް ދޭންޖެހެއެވެ. އެކަމުގައި މިހާރު މަޖިލީހުގެ މެޖޯރިޓީ ހޯދާފައިވާ އެމްޑީޕީން ވަނީ މަގު ޗާޓްތަކެއް އެކުލަވާލާފައެވެ. އެ ޕާޓީގެ މެންބަރުން މަޖިލީހަށް ވަނީ ވެސް އެޖެންޑާއަކާ އެކުގައެވެ. އެއީ ރައްޔިތުންގެ އުންމީދުތަކުގެ މައްޗަށް އެކުލަވާލާފައިވާ އެޖެންޑާއެކެވެ. ރައްޔިތުންގެ އެ އުންމީދުތައް ހާސިލްކޮށްދިނުމަށް މެންބަރުން ވެސް އިސްކަންދޭންޖެހޭނެއެވެ. އާ މަޖިލީހަށް ކުރާ އުންމީދު ބޮޑެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
06 މެއި 2017

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު