Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ޓްރެވަލް އެވޯޑްސް

މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019 ލޯންޗްކޮށްފި

ޖުމްލަ 10 ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 5 މެއި 2019 | އާދީއްތަ 10:54
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންނާ އެކު ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންނާ އެކު ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

މަޓާޓޯއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ޓެރެވަލް އެވޯޑްސްގެ 2019 ވަނަ އަހަރުގެ އެޑިޝަން ލޯންޗްކޮށްފިއެވެ.

ހޮނިހިދު ދުވަހު ގްރޭންޑް ޕާކްކޮށްދިއްޕަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑް ހަފުލާ ރަސްމީކޮށް ލޯންޗްކޮށްދެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސްއެެވެ. އެވޯޑްސް ލޯންޗްކުރުމުގެ އިތުރުން މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019ގެ ޕާޓްނަރުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް މި ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި ފަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންގެ ގޮތުގައި މަޓާޓޯ އިން ސޮއިކޮށްފައި ވަނީ:

  • އޮންލައިން މީޑިއާ ޕާޓްނަރަކަށް: އަވަސް އޮންލައިން
  • އޮފިޝަލް ޓެބްލޮއިޑް/ޕަބްލިޝިން ޕާޓްނަރަކަށް: އައިލެންޑް ޗީފް
  • ޓްރެވަލް މީޑިއާ ޕާޓްނަރަކަށް: މޯލްޑިވްސް އިންސައިޑަރ
  • މާކެޓިންގ ޕާޓްނަރަކަށް: ބްލަކް
  • ޕްރިންޓިން ޕާޓްނަރަކަށް: ޕްރިންޓް ލެބް
  • ކްރިއޭޓިވް ޓެކްނޮލޮޖީ ޕާޓްނަރަކަށް: ލޫޕް ކްރާފްޓް
  • ބެވަރޭޖް ޕާޓްނަރަކަށް: ކޮކާ ކޯލާ
  • ޕްރޮޑަކްޝަން ޕާޓްނަރަކަށް: ލިކްސް
  • ފޮޓޯގްރަފީ ޕާޓްނަރަކަށް: އެލީޒް
  • ސްޓްރެޓީޖިކް ޕާޓްނަރުން: ގެސްޓް ހައުސް އެސޯސިއޭޝަން / ވުމެން އެންޓަޕްރިނާޒް އެސޯސިއޭޝަން

ސޮއިކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މި އަހަރުގެ ޓްރެވަލް އެވޯޑްސް އެހެން އަހަރުތަކަށް ވުރެން ފުރިހަމަ ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ އެވޯޑަކީ ޓްރިޕް އެޑްވައިޒަރއާ އެކު އެސޯސިއޭޓް ވެގެން ކުރިޔަށް ގެންދާ އެވޯޑެއް ކަމަށް ގިޔާސް ވިދާޅުވިއެވެ. އަދި މި ފަހަރުގެ އެވޯޑް ދިނުމުގައި ޓްރިޕް އެޑްވައިޒަރއިން ބޭނުންކުރާ ސްކޯރިންގ ސްޓެންޑަރޑްތައް ބޭނުން ކުރެވިގެން ދާނެ ކަމަށް ވެސް ގިޔާސް ވިދާޅުވިއެވެ.

ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން އިންތިޒާމް ކޮށްގެން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާ އެކު ބާއްވާ އެވޯޑް ހަފުލާއެކެވެ. މި އެވޯޑުގެ އެޑިޝަންތަކުގެ ތެރޭގައި ގެސްޓްހައުސް އެޑިޝަން، ގާލާ އެޑިޝަން އަދި ޕީޕަލްސް އެޑިޝަން ހިމެނެއެވެ. މިއީ މަޓާޓޯ އިން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑެކެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ލޯންޗްކޮށްފި

29 މާރިޗު 2017
ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ލޯންޗްކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު