Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހުއާން މަޓާ

ސޯލްޝެއާ އުންމީދުކުރަނީ މަޓާ އެއްބަސްވުން އާކުރާނެ ކަމަށް

މަޓާގެ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ

ލީވާން އަލީ
ލީވާން އަލީ | 4 މެއި 2019 | ހޮނިހިރު 13:03
ހުއާން މަޓާ (ވ) އަދި ސޯލްޝެއާ (ކ)

ހުއާން މަޓާ (ވ) އަދި ސޯލްޝެއާ (ކ)

އުންމީދަކީ މެންޗެސްޓާ ޔުނައިޓެޑަށް ޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރ ހުއާން މަޓާ އެއްބަސްވުން އާކޮށް، ކްލަބުގައި މަޑުކުރުން ކަމަށް އެ ކްލަބުގެ ކޯޗު ސޯލްޝެއާ ބުނެފިއެވެ.

ސްކައި ސްޕޯޓްސްއަށް މައުލޫމާތު ދެމުން ސޯލްޝެއާ ބުނީ، މަޓާއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާ އެއްބަސްވުން އާކޮށް ކްލަބުގައި މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސޯލްޝެއާ ބުނީ، މަޓާއާ ވާހަކަދެކެވިފައިވާ ކަމަށާއި، އޭނާ ކްލަބަށް މުހިންމުވާވަރު ކިޔާދީފައިވާނެ ކަމަށެވެ. އަދި ކްލަބުގައި މަޑުކުރުމާ މެދު ގޮތެއް ނިންމާނީ ވެސް މަޓާ ކަމަށް ސޯލްޝެއާ ވަނީ ބުނެފައެވެ.

ދާދި ފަހުން ޑެއިލީމެއިލް އިން ބުނީ، މަޓާގެ އެއްބަސްވުން މި އަހަރު ހަމަވާއިރު، އޭނާއަށް އާ އެއްބަސްވުމެއް ހުށަހަޅާތޯ އިންތިޒާރުކުރަމުންދާ ކަމަށެވެ. އެގޮތުން ޔުނައިޓެޑުން އާ އެއްބަސްވުމެއް ހުށަ ނާޅައިފިނަމަ ޓްރާންސްފަރގައި އޭނާ ކްލަބް ބަދަލުކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 30 އަހަރުގެ މަޓާ ހޯދުމަށް ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތައްވެސް ހިމެނެއެވެ.

ރެއާލް މެޑްރިޑްގެ ޒުވާން ޓީމުން 2006 ވަނަ އަހަރު ކެރިއަރު ފެށި މަޓާ ވަނީ ވެލެންސިއާ އަދި ޗެލްސީ އަށް ވެސް ކުޅެފައެވެ.

މަޓާ ވަނީ ވެލެންސިއާ އަށް ކުޅުނު 174 މެޗުގައި 46 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ވެލެންސިއާއާ އެކު ކޮޕާޑެލްރޭ ވެސް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

ޗެލްސީއަށް ކުޅުނު 135 މެޗުގައި 33 ލަނޑު ކާމިޔާބު ކޮށްފައިވާ މަޓާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް މަޓާ ޔުނައިޓެޑަށް ބަދަލުވީ 2013 ވަނަ އަހަރެވެ. މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 217 މެޗުގައި 45 ލަނޑު ކާމިޔާބުކޮށްފައިވާ މަޓާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގު ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް 41 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައިވާ މަޓާ ވަނީ ސްޕެއިންގެ 19 އަދި 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި

03 ސެޕްޓެމްބަރު 2017
ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި
12 އޯގަސްޓު 2017

އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި

12 އޯގަސްޓު 2017
އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި
12 އޯގަސްޓު 2017

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް
15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު