Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލަކު

ފުވައްމުލަކުގައި ގާއިމްކުރާ ޓެކްނޮލޮޖީ ޕާކްގެ މަސައްކަތް ކުރިއަށްދޭ: މިނިސްޓަރު މަލީހު

 ޓެކްނޮލޮޖީގެ ދާއިރާއަށް މީހުން ބިނާ ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 މެއި 2019 | ހޮނިހިރު 09:43
މިނިސްޓަރު މަލީހު ފުވައްމުލަކު ސިޓީގެ ކައުންސިލް ބައްދަލުކުރައްވަނީ

މިނިސްޓަރު މަލީހު ފުވައްމުލަކު ސިޓީގެ ކައުންސިލް ބައްދަލުކުރައްވަނީ

ފުވައްމުލަކު ސިޓީގައި ގާއިމްކުރާ ޓެކްނޮލޮޖީ ޕާކްގެ މަސައްކަތް ކުރިއަށްދާ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާ މިނިސްޓަރު މަލީހު ވިދާޅުވީ ޓެކްނޮލޮޖީ ޕާކިން ހިމެނޭ ގޮތަށް އައިޓީ އިންސްޓިއުޓެއް ގާއިމް ކުރުމާ ގުޅޭ ގޮތުން ބަލަންޖެހޭ ބައެއް ބެލުންތައް ބަލާފައިވާ ކަމަށާއި، ބިން ހޯދުމާ ގުޅޭ ގޮތުން ވެސް ފުވައްމުލަކުގެ ސިޓީ ކައުންސިލްއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭގައި ޓެކްނޮލޮޖީއާ ގުޅުން ހުރި މީހުން ބިނާ ކުރުމާއި އަދި އެއާއެކު ރާއްޖެއަކީ ވެސް ޓެކްނޮލޮޖީގެ ދާއިރާގައި ވިޔަފާރިތަކަށް މަގުފަހިވެފައި އޮތް ގައުމެއްގެ ގޮތުގައި ޕްރޮމޯޓް ކުރުން ކަމަށެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ޓެކްނޮލޮޖީއާ ރައްޓެހި ރަށެއްގެ ގޮތުގައި ފުވައްމުލަކު ތަރައްގީވާންޖެހޭ ކަމަށާއި، ފުވައްމުލަކީ ޓެކްނޮލޮޖީއާ ރައްޓެހި ޒުވާނުންތަކެއް ހަރަކާތްތެރިވަމުންދާ ރަށެއް ކަމަށެވެ. އަދި މިރަށުގެ ގިނަ ޒުވާނުންނަކީ ކާމިޔާބު އެކިއެކި އެޕްލިކޭޝަންތައް ވުޖޫދުކޮށް ބޭނުންކުރާ ކަމަށެވެ.

''ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެންޕޭންތެރޭގައި ފުވައްމުލަކަށް ވަޑައިގެން ވައުދުވެ ވަޑައިގެންނެވި ފުވައްމުލަކުގައި އައިޓީ އިންސްޓިޓިއުޓެއް ގާއިމް ކުރުމުގެ ވައުދު. އެއާއެކު އަޅުގަނޑުމެންގެ ވިސްނުން ހުރީ ދުރުރާސްތާ ޕްލޭންގައި ރާއްޖޭގައި ވެސް ގާއިމްވާންޖެހޭ ސްލިކަން އައިލެންޑް. އެހެން ހިސާބަކުން މިމަސައްކަތް ފެށެން ޖެހޭ.'' މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ފުވައްމުލަކުގައި ގާއިމްކުރި އިންކިއުބޭޓަރ އަދި ސީއެސްސީ މެދުވެރިކޮށް ވަކިން ޚާއްސަކޮށް އިންކިޔުބޭޓަރ މެދުވެރިކޮށް ޓެކްނޮލޮޖީގެ އެކިއެކި ލުއިފަސޭހަތައް ސަރުކާރުގެ އޮފީސްތަކާއި އާންމު ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ވަރަށް ކާމިޔާބު ކަމާއެކު ރޮބޮޓިކްސް ކްލާސްތަކެއް ހިގަމުންދާކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިފަދަ ޓެކްނޮލޮޖީ ޕާކެއް ފުވައްމުލަކުގައި ގާއިމްވެއްޖެނަމަ ނަތީޖާއަކަށް މިނަކަލު ކޮށްގެން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް މިކަން ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނެކްނޮލޮޖީ ޕާކެއް އޭގެ ފުރިހަމަ ގޮތުގައި ތަރައްގީ ވެގެންދާއިރު، ޓެކްނޮލޮޖީއާ ގުޅުން ހުރި ކުންފުނިތައް ވެސް ޕާކުގައި ރަޖިސްޓްރީކޮށްފިނަމަ އެމީހުންނަށް ސަރުކާރުން ދެވޭނެ ލުއިތައް ލިބޭނެ އިންތިޒާމެއް ހަމަޖެއްސައިދޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު