Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޮޕާ ލީގު

ޔޫރޮޕާ ލީގު: ޗެލްސީ އެއްވަރުވިއިރު، އާސެނަލް ފައިނަލާ ގާތަށް

3 މެއި 2019 | ހުކުރު 11:49

އާސެނަލް މޮޅުވީ ވެލެންސިއާއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 3 މެއި 2019 | ހުކުރު 11:49
އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ

އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ

ޔޫރޮޕާ ލީގުގައި ޗެލްސީ އެއްވަރުވިއިރު، އާސެނަލް ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ ލެގުގެ މެޗުން ޗެލްސީ އެއްވަރުވީ ފްރެންކްފާޓްއާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ފްރެންކްފާޓް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެ ޓީމުންނެވެ. މި ލަނޑު 23 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކާ ޖޮވިކްއެވެ.

މި ލަނޑާއެކު ޗެލްސީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ލަނޑު ޖެހުމަށް ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ ޕެޑްރޯ ރޮޑްރިގޭޒްގެ ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެވަނަ ހާފް ފެށިގެންވެސް ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް އެޓީމަށް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ހާފްގައި ފްރެންކްފާޓްގެ ފަރާތުން މާގިނަ ހަމަލާތަކެއް ފެނިގެންނުދިޔަ ނަމަވެސް، އެޓީމުން ވަނީ ޗެލްސީ ހިފެހެއްޓުމަށް ބުރަ މަސައްކަތެއް ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ މޮޅު ޑިފެންސެއްކޮށް، ޗެލްސީގެ ގިނަ ހަމަލާތައް ހުއްޓުވާފައެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ ނުވަ ވަނަ ދުވަހު ޗެލްސީ ދަނޑުގައެވެ. ފައިނަލުގެ ޖާގަ ކަށަވަރުކުރަން ބޭނުންނަމަ، މި މެޗު އެއް ލަނޑުގެ ތަފާތުން ޗެލްސީ ކާމިޔާބުކުރަންޖެހޭނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުން އާސެނަލް މޮޅުވީ ވެލެންސިއާއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 11 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޮކްޓާ ޑިއާހްބީއެވެ.

ނަމަވެސް އާސެނަލްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 18 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެލެގްޒެންޑްރާ ލަކަޒޭޓްއެވެ.

މި ލަނޑަށްފަހު އާސެނަލްއިން އެޓީމުގެ ކުޅުން ވަރުގަދަކޮށްފައިވާއިރު، 26 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބުކުރީ ލަކަޒޭޓްއެވެ.

ދެ ވަނަ ހާފްގައި ވެލެންސިއާގެ ފަރާތުން މަދުން ނަމަވެސް ހަމަލާތައް ފެނިގެންދިޔަ ނަމަވެސް، ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތުތަކެއް އެ ޓީމަށް ހޯދިފައެއް ނުވެއެވެ. އަދި ލިބުނު ފުރުސަތުގެ ބޭނުން ވެސް އެ ޓީމަށް އެންމެ ރަނގަޅަށް ބޭނުން ނުކުރެވެއެވެ.

މެޗުގެ އިތުރު ވަގުތުގައި އާސެނަލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އެމެރިކް އޮބަމަޔަންގްއެވެ.

މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ ނުވަ ވަނަ ދުވަހު ވެލެންސިއާ ދަނޑުގައެވެ. ފައިނަލުން ޖާގަ ހޯދަން ބޭނުންވާނަމަ، މި މެޗު ވެލެންސިއާއިން ދެ ލަނޑުގެ ތަފާތުން ކާމިޔާބުކުރަންޖެހޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް