Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ނަގުދު ފާއިސާއަށް ބަރޯސާވެފައި އޮންނަންޖެހޭ މިންވަރު މަތިވުމަކީ ކަންބޮޑުވާ ކަމެއް: ގަވަނަރ

2 މެއި 2019 | ބުރާސްފަތި 13:20

ޔޫއެސް ޑޮލަރުގެ ޑިޕޮސިޓް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 މެއި 2019 | ބުރާސްފަތި 13:20
އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގައި މިއޮތީ ޓޮލަރައިޒްޑް އިކޮނޮމީއެއް ކަމަށާއި ނަގުދު ފާއިސާއަށް ބަރޯސާވެފައި އޮންނަންޖެހޭ މިންވަރު މަތިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގަވަނަރ އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމު ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގަވަނަރ ނަސީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަކީ ޔޫއެސް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާ އިޤްތިޞާދެއް ކަމަށާއި ރާއްޖޭގެ ބޭންކްތަކުގެ ފަންސާސް އިންސައްތަ ވުރެ ޑޮލަރުގެ ޑިޕޮސިޓް ބޮޑު ކަމަށެވެ. އެހެންކަމުން ދިވެހި ރުފިޔާއަށްވުރެ، ޔޫއެސް ޑޮލަރުގެ ޑިޕޮސިޓް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ގަވަނަރ ވިދާޅުވިއެވެ.

ނިމިދިޔަ އަހަރު ހާސިލްކުރެވުނު އެންމެ ބޮޑު ލަނޑުދަނޑިއަކީ ދިވެހި ރުފިޔާގެ އަގު އެއް ހަމައެއްގައި ހިފެހެއްޓިވުމާއި އެކްސްޗޭންޖް ރޭޓެއް ވަރެއްގައި ހިފެހެއްޓުމާއި އަދި އިންފްލޭޝަން ރޭޓް ވެސް އެއްވަރެއްގައި ހިފެހެއްޓިފައި އޮތް އޮތުން ގަވަނަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 5.64 މިލިއަން ޔޫއެސް ޑޮލަރު ފޮނުވާފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ 2017 ވަނަ އަހަރު ރެމިޓަންސް ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ %71 ބިދޭސީން ފޮނުވާފައިވާއިރު، 2018 ވަނަ އަހަރު ބިދޭސީން ފޮނުވާފައި ވަނީ %52 އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، އެމްއެމްއޭ އިން މިދިއަ އަހަރުގެ ތެރޭގައި ވިޔަފާރި ބޭންކުތަކަށް ވެސް ބޭރު ފައިސާ ފޯރުކޮށްދިނެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭ ވިޔަފާރި ބޭންކުތަކަށް 230.8 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

މި ޖުމުލަ އަދަދުގެ ތެރޭގައި، ވިޔަފާރި ބޭންކުތަކުގެ ބޭނުންތަކަށް ގަވާއިދުން ކޮންމެ ހަފުތާއަކު ވިއްކާ އެމެރިކާ ޑޮލަރާއި، ތައުލީމް ހާސިލް ކުރުމަށާއި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންނަށް ފޯރުކޮށްދިން ޑޮލަރު ހިމެނެއެވެ.

އަހަރީ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވި ޖުމްލަ ފައިސާގެ އަދަދު 33.1 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ޖުމްލަ ފައިސާ އިތުރުވެފައި ވަނީ ބޭންކިން ނިޒާމުގެ ނެޓް ޑޮމެސްޓިކް އެސެޓް އިތުރުވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު ނިމުނު އިރު ސަރުކާރުން ބޭންކިން ނިޒާމަށް އަދާކުރަންޖެހޭ ފައިސާގެ ސާފު ބާކީ އަދަދަކީ 13 ބިލިއަން ރުފިޔާގައި ހުރި އިރު، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 11 ޕަސެންޓް އިތުރު އަދަދެކެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

19 ޖޫން 2018

މިދިޔަ މަހު ޓޫރިސްޓުން އައި މިންވަރުވެސް ދަށަށް

19 ޖޫން 2018
މިދިޔަ މަހު ޓޫރިސްޓުން އައި މިންވަރުވެސް ދަށަށް
19 ޖޫން 2018

މޭ މަހު އެކްސްޕޯޓުކުރި މިންވަރު ދަށް ވެއްޖެ

19 ޖޫން 2018
މޭ މަހު އެކްސްޕޯޓުކުރި މިންވަރު ދަށް ވެއްޖެ
04 ޖޫން 2018

ތޮއްޑޫއިން މާލެއަށް ކަރާ އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަން ދަށްވެއްޖެ

04 ޖޫން 2018
ތޮއްޑޫއިން މާލެއަށް ކަރާ އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަން ދަށްވެއްޖެ
28 މާރިޗު 2018

ޖެނުއަރީ މަހު އިންފްލޭޝަން އިތުުރުވި މިންވަރު ދަށަށް

28 މާރިޗު 2018
ޖެނުއަރީ މަހު އިންފްލޭޝަން އިތުުރުވި މިންވަރު ދަށަށް
19 ޑިސެމްބަރު 2017

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

19 ޑިސެމްބަރު 2017
ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ
08 ނޮވެމްބަރު 2017

ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

08 ނޮވެމްބަރު 2017
ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި
10 ޖުލައި 2017

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް