Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މެމްބަރުން ގަވާއިދަށް ފައްތާނީ ކާކު؟

ފަހު ދެ މަހު ބޭއްވި 17 ޖަލްސާގެ ތެރެއިން ގިނަ ޖަލްސާ ފެށިފައި ވަނީ ކަނޑައެޅިފައިވާ ގަޑިއަށް ވުރެ ލަހުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 2 މެއި 2019 | ބުރާސްފަތި 12:46
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ނިމިގެން މިދިޔަ ރައްޔިތުންގެ މަޖިލީހަކީ އެންމެ ހުތުރު މަންޒަރުތައް ފެނިގެން ދިޔަ މަޖިލީހެކޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. އަށާރަ ވަނަ މަޖިލިސް ފެށިގެން ދިޔައީ ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނެތި ހިތުހުރި ގޮތަކަށް ކުރިއަށް ގެންދިޔަ މަޖިލީހެއްގެ ގޮތުގައެވެ. ބަރުލަމާނީ ހަޔާތުގައި އެ މަޖިލީހެއްގެ ނަން ކަޅު އަކުރުން ފަވާލެވެނޭ މަޖިލީހެކެއެވެ. ކޮންމެ ކަމަކަށް ވެސް ނިމުން އަންނަހެން އެ މަޖިލީހަށް ވެސް ނިމުން އައިސްފިއެވެ. މި ހަފްތާގެ ހޯމަ ދުވަހު ވަނީ އެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފައެވެ. އެ މަޖިލީހާ އެކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ދިފާއުނުކުރެއްވި މަޖިލީހާއި ވަކިވާންޖެހުނު މެމްބަރުންގެ އަދަދު 60 އަށް ވުރެ ގިނައެވެ. ނިމިދިޔަ 18 ވަނަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މި ފަހަރުގެ އިންތިޚާބުގައި ރައްޔިތުން ބަލައިނުގަތް ސަބަބުތައް ގިނައެވެ. މެމްބަރުންގެ ފަރާތުން ފެނުނީ އަމިއްލަ އެދުމުން ފޯވެފައިވާ ފަދަ ބައެއްގެ ފަރާތުން ފެންނާނެ ފަދަ އަމަލުތަކެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް ނިމުމަކަށް އައިއިރު މެމްބަރުންގެ ފަރާތުން ފެނުނު ދޯދިޔާ ކަންތަކުގެ ތެރެއިން ދެ ކަމެއްގެ ވާހަކަނުދައްކާ ދޫކޮށްލެވޭކަށް ނެތެއެވެ. އެ މަޖިލީހުގެ ފަހު ދައުރުގެ ފަހު ދެ މަހުގެ ޖަލްސާތަކައް އެކަނި ބަލާލިޔަސް އެކަން އެނގޭނެއެވެ. ފަހު ދައުރުގެ ފަހު ދެ މަހުގައި ބޭއްވުނު 17 ޖަލްސާގެ ތެރެއިން ގިނަ ޖަލްސާ ފެށިފައި ވަނީ ކަނޑައެޅިފައިވާ ގަޑިއަށް ވުރެ ލަހުންނެވެ. ހެނދުނު 9:00 ގައި ފަށަން ކަނޑައަޅާފައި އޮންނަ ޖަލްސާ 10:00 އިން 11.00 ބަދަލުވެދަނީ، ޖަލްސާ ފަށަން ބޭނުންވާ ކޯރަމްގެ އަދަދު ކަމަށްވާ 22 މެމްބަރުން ޖަލްސާއަށް ހާޒިރުނުވުމުގެ ސަބަބުންނެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 22 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާ ފެށެންވާ ގަނޑިއަށް ހާޒިރުނުވެވެއެވެ. މެމްބަރުން މަޖިލީހަށް ހާޒިރުވަނީ އެ މެމްބަރުން ހިތަށް އެރި ގަނޑިއެއްގައި ހިތަށް އެރި ދުވަހަކުއެވެ. މެމްބަރުންގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މެމްބަރުން ވެސް 18 ވަނަ މަޖިލިސް ނިމުނުއިރު ޖަލްސާތަކައް ބަރާބަރަށް ގަނޑިއަށް ހާޒިރުވެފައެއް ނުވެއެވެ.

އިއްޒަތްތެރި މެމްބަރުން ހިތަށް އެރި ދުވަހަކު ހިތަށް އެރި ގަނޑިއަކު މަޖިލީހަށް ހާޒިރުވިޔަސް އެ މެމްބަރުންނަށް ކޮމިޓީ އިލަވަންސާ އެކު 85،000ރ. ގެ ބޮޑު މުސާރައެއް ލިބެއެވެ. އެންމެ ފާއިސާ ފޮއްޗެއް ވެސް އުނިނުވެއެވެ. އެ މެމްބަރުން މަޖިލީހަށް ހާޒިރުނުވި ކަމުގައިވީ ނަމަވެސް، އެންމެ ލޯ ލާރިއެއް ވެސް އުނިނުވެ މުސާރަ ބަރާބަރަށް ލިބެއެވެ.

ނިކަމެތި ރައްޔިތު މީހާ އެންމެ ދުވަހަކު ވެސް ގަޑި ޖެހިގެން އޮފީހަށް ހިނގައްޖެ ނަމަ މުސާރައިން ބޮޑު އެއްޗެއް އުނިވެގެން ދެއެވެ. ނަމަވެސް ރައްޔިތުން އެއަށް އަމަލުކުރަންޖެހޭ އެތައް ގާނޫނުތައް ހަދައި، ރައްޔިތުން އުޅެންވާ ގޮތާއި ނޫޅެންވާ ގޮތް ލިޔެ ސިއްކަ ޖަހަން ތިބޭ އިއްޒަތްތެރި މެމްބަރުން ހިތު ހުރި ދުވަހެއްގައި ހިތު ހުރި ގަނޑިއެއްގައި މަޖިލީހަށް ހާޒިރުވިޔަސް، ވާ އެއް ކަމެއް ވެސް ނޯވެއެވެ.

ނިމިގެން ދިޔަ މަޖިލީހުގެ ތެރެއިން މަޖިލީހަށް ހާޒިރުނުވުން އިންތިހާ އަށް ފެނިގެން ދިޔައެވެ. އެއް ބަޔަކު އަނެއް ބަޔަކާ ޖެއްސުމަށް ވެސް އެކަން ކުރަމުން ދިޔައެވެ. އެއްވެސް މަސައްކަތެއް ނުކޮށް ހަމަ މުސާރަ ނަގަމުން އަދި ނަމެއްގައި ކޮމިޓީ އަށް ހާޒިރުވެ ސޮއިކޮށްލައިގެން މުސާރަ ނަގަމުން ދިޔަ ކިތަންމެ މެންބަރުންނެއް ފެނިގެން ދިޔައެވެ. މި ފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި ގޮނޑި ދިފާއުކުރައްވަން ނިކުމެވަޑައިގަތުމުން އެ މެމްބަރުން ރައްޔިތުން ބަލައިނުގަތީ އެ މެމްބަރުންގެ ފަރާތުން ފެނުނު މި ފަދަ ދޯދިޔާ އަަމަލުތަކުގެ ސަބަބުންނެވެ. މިއަދު ރައްޔިތުން ގާނޫނު ހަދާ މަޖިލީހަށް ބޭނުންވަނީ ނަމޫނާ ދައްކާނެ ގައުމަށް ވަފާތެރިކަމާ އެކު ހިދްމަތްކުރާނެ މެމްބަރުންނެވެ. މުސާރަ ހައްުގުވާ މިންވަރަށް މަސައްކަތް ކުރާނެ މެމްބަރުންނެވެ. ގަނޑިއަށް ފަރުވާތެރި މަގްބޫލް އުޒުރެއް ނެތި މަޖިލީހުގެ ޖަލްސާތަކަށް ސަލާމް ނުބުނާނެ މެމްބަރުންނެވެ. މިއީ ރައްޔިތުން އެދޭ ގޮތެވެ.

ވަޒީފާގެ އަދާކުރާ އެހެން މީހުންނެކޭ އެއްފަދައިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއަށް ގަނޑިއަށް ހާޒިރުނުވެ، ސަލާމް ބުނާ ނަމަ، އެ މެމްބަރުންނާ މެދުވެސް ފިޔަވަޅު އެޅެން އެބަޖެހެއެވެ. އެކަން ބެލޭނެ ނިޒާމެއް ކަނޑައެޅެން އެބަޖެހެއެވެ. އެއީ މަޖިލީހުގެ މެމްބަރުން އަމަލުކުރަންޖެހޭ ގަވާއިދެއް ހަދައިގެން ނަމަވެސް ވަރިހަމައެވެ. ނޫނީ މެމްބަރުންގެ ކަންތައް ބަލާނެ ވަކި މިނިވަން ކޮމިޝަނެއް ހަދައިގެން ނަމަވެސް ވަރިހަމައެވެ. ބޭނުންވާ ކަމަކީ މެމްބަރުން ހިތު ހުރި ގޮތަކަށް މަޖިލީހުގެ ތެރޭގައި އުޅެމުންދާ އުޅެން ހުއްޓުމަކަށް ގެނައުމެވެ. ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މެމްބަރުން ގަވާއިދުން ގަނޑިއަށް މަޖިލީހަށް ހާޒިރު ކުރުމަށް ބާރުއެޅުމެވެ. އާދައިގެ ރައްޔިތު މީހާ ވަޒީފާއަށް ގަނޑިއަށް ނުގޮސް ސަލާމް ބުނާ ނަމަ، އޭނާގެ މުސާރައިން ކެނޑޭ ނަމަ، މަޖިލީހުގެ މެމްބަރުންގެ މުސާރަ އިން ވެސް ކެޑެންޖެހޭނެއެވެ. ހަމަ ހަމަ ކަމުގެ ވާހަކަދައްކާއިރު، މެމްބަރަކަށް ވީތީ ތާ އަބަދު އިނާޔަތާއި ރައްކާތެރިކަމާއި، ހިތުހުރި ގޮތަކަށް ފުލް މުސާރަ ލިބޭ ލިބުން ނިމުމަކަށް ގެންނަންޖެހެއެވެ.

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ރައްޔިތުން ވޯޓު ދިނީ އެފަދަ ބަދަލުތައް ފެންނާނެ ކަމުގެ އުންމީދުގައެވެ. މިހާރުގެ ސަރުކާރާއި އެމްޑީޕީން ގިނަ އިސްލާހުތަކެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ އިރު މެންބަރުން އިސްލާހުކުރުމުގެ މަސައްކަތް ވެސް ހަމަ އެ މެންބަރުން އެބަ ކުރަންޖެހެއެވެ. ހަގީގީ އިންސާފު ލިބޭނީ އެކަން ވެސް ކޮށްގެންނެވެ. މަސައްކަތެއް ނުކޮށް، ހަމައެކަނި ރައްޔިތުން ވޯޓު ދީގެން ހޮވީތީ މުސާރަ ދޭކަށް ނުޖެހެއެވެ. ރައްޔިތުން މަޖިލީހަށް ހޮވީ އެ ރައްޔިތުންގެ ބަސް އިއްވަން މަޖިލީހަށް ހާޒިރުވެ އަދި މަޖިލީހުގައި އެ ރައްޔިތުންގެ ހައްގުގައި އެކަށީގެންވާ މަސައްކަތަކެއް ކުރާނެ ކަމުގެ އުންމީދުގައެވެ. އެ ޒިންމާ މިއަދު ބޮލުގައި އެޅިފައި އޮތީ މި މަހުގެ 28 ވަނަ ދުވަހު ހުވާ ކުރާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ބޮލުގައެވެ.

އުފެއްދުންތެރި ގައުމަކަށް ހިދްމަތްތެރި ގާނޫނު ހަދާ މަޖިލީހެއް އޮންނަން ބޭނުން ނަމަ، މަޖިލިސް މެމްބަރުންނަކީ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު ގަނޑިއަށް ޖަލްސާއަށް ހާޒިރުވާ ބަޔަކަށް ހަދަން އެބަޖެހެއެވެ. އެ މެމްބަރުން އަމަލުކުރަންޖެހޭ ގަވާއިދުތައް ހަދަންޖެހެއެވެ. އަދި އެ ގަވާއިދުތަކަށް އަމަލުނުކުރާ ނަމަ، ފިޔަވަޅު އަޅާނެ އުސޫލްތަކެއް ވެސް ހަދަންޖެހެއެވެ. ރައްޔިތުންގެ އުއްމީދަކީ 19 ވަނަ މަޖިލީހުގައި މި ކަންތަކާ ދޭތެރޭ ވިސްނައި، މި ކަމަށް ފިޔަވަޅެއް އަޅާނެ އުސޫލްތަކެއް ހެދުމެވެ. މެންބަރުން ވެސް ޒިންމާކުރެވޭނެ އުސޫލްތަކެއް ހެދުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރުންނަށް: އަރައި އިންނެވި \"ގޮފިގަނޑު\" އަމިއްލަ އަށް ކަނޑާނުލައްވާ

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

07 މާރިޗު 2018
ޤަތަރުގެ ޝައިޚް ޢަބްދުﷲ ބިން ޢަލީ އަލްޘާނީއަކީ ކާކު؟

ޤަތަރުގެ ޝައިޚް ޢަބްދުﷲ ބިން ޢަލީ އަލްޘާނީއަކީ ކާކު؟

18 ޖެނުއަރީ 2018
ޕްރިންސް ހެރީ ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ މޭަގަން އަކީ ކާކު؟

ޕްރިންސް ހެރީ ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ މޭަގަން އަކީ ކާކު؟

30 ނޮވެމްބަރު 2017
ސްލޮބަޑާން ޕްރަލްޖަކް އަކީ ކާކު؟

ސްލޮބަޑާން ޕްރަލްޖަކް އަކީ ކާކު؟

30 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު