Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސައްކަތްތެރިން

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

އަންހެނުން މުވައްޒަފުނަށް ސާޅި، ޕާކިސްތާން ހެދުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 2 މެއި 2019 | ބުރާސްފަތި 11:06
އެންމެ ފުރަތަމަ ކަނޑައެޅުނު ރަސްމީ ހެދުމާއެކު، ސަރުކާރުގެ މުވައްޒަފުންތަކެއް

އެންމެ ފުރަތަމަ ކަނޑައެޅުނު ރަސްމީ ހެދުމާއެކު، ސަރުކާރުގެ މުވައްޒަފުންތަކެއް

ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަސް، ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ވަނީ ސަރުކާރު އިދާރާތަކުގެ ރަސްމީ ހެދުން ކަނޑައެޅުނުތާ ބައި ގަރުނުވުމުންނެވެ. އެގޮތަށް ކަނޑައެޅުއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނު ވެރިކަމަށް ވަޑައިގެންނެވިތާ ފަސް ވަނައަށް ވީ ދުވަހުއެވެ. ނަވާރަސަތޭކަ ފަސްދޮޅަސް އަށް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ރައީސް ނާސިރު ސަރުކާރުގެ އިދާރާތަކަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، 1969 ވަނަ އަހަރުގެ މެއި މަހުގެ އެކަކުން ފެށިގެން ސަރުކާރުގެ މަސައްކަތުގައި އުޅޭ ވަގުތު މުންޑުގެ ބަދަލުގައި ފަޓްލޫނު ނުވަތަ ފަޓްލޫނުބުރި ލެވިދާނެ ކަމަށެވެ. އަންހެނުންގެ ހެދުމަކީ ސާޅި، ޕާކިސްތާން ހެދުން ނުވަތަ ކުރުހެދުން ކަމަށެވެ.

ރަސްމީ ހަފްލާތަކުގައި އާންމުކޮށް، މުންޑާއި ހުދުގަމީސް ތުރުކުރައްވާ ނާސިރު ނެރުއްވި އެންގެވުމުގައި ވިދާޅުވެފައި ވަނީ ސަރުކާރު މުވައްޒަފުން މަސައްކަތުގައި އުޅޭ ވަގުތު ފައިވާން ލާންޖެހޭނެ ކަމަށެވެ. ނާސިރުގެ އެ އެންގެވުން ރައްދު ވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންގެ ތެރެއިން 100 ރުފިޔާގެ މަތީގެ މުސާރަ ލިބޭ މީހުންނަށެވެ. އޭގެ ތެރޭގައި މަސައްކަތު މީހުންނާ އެއްފެންވަރުގެ މީހުންނެއް ނުހިމެނެއެވެ.

މުވައްޒަފުން ރަސްމީ ހެދުން ކަނޑައަޅައި، ރައީސް ނާސިރު ނެރުއްވެވި ސިޓީ-- ފޮޓޯ/ ނޭޝަނަލް އާކައިވް

ޒުވާން ތާރީހީ އިލްމުވެރިޔާ އަހުމަދު އަލާ ދީދީ ވިދާޅުވި ގޮތުގައި އެ ބަދަލު ރައީސް ނާސިރު ގެންނެވީ ކަންކަން ބަދަލުކޮށް، މޮޑޮނައިޒް ކުރެއްވުމަށް ގެންގުޅުއްވި ތަސައްވުރުގެ ތެރެއިން ކަމަށެވެ. މީގެ ބައި ގަރުނު ކުރިން މުންޑު ދޫކޮށް، ފްޓުލޫނު ލައިގެން ވަޒީފާއަށް ނުކުތް މީހެއްގެ ތަޖުރިބާ ކިޔައިދެއްވަމުން އަލާ ވިދާޅުވީ އެ ދުވަހު ސަރުކާރުގެ ރަސްމީ ހެދުން ކަނޑައެޅުމުން އެގޮތަށް އަމަލު ކުރަން ބައެއް މީހުން ލަދުގަތް ކަމަށާއި އެ ދުވަހު މީހުން އޮފީހަށް ދިއުމަށް ހެދުން އެޅި ގޮތް ބެލުމަށް ގޭގޭގެ ކަންމަތިތަކަށް އެއްވެ، ކުޅިބަލަން ވެސް ދިޔަ ކަމަށެވެ.

"އެ ދުވަހު ވަރާށް ލަދުން ގެއިން ނުކުންނަން ނުކެރިގެން ދޮރާށި ހުޅުވާލާފައި މަގު ހުޅުވައި ބަލާލާފައި މީހުން ފަޓްލޫނާއި ފަޓްލޫނު ބުރި ލައިގެން ދާތަން ބަލަން ގޭގޭގެ އެކިއެކި އަންހެން ބޭފުޅުން، ކުޅި ބަލަން ބޭންޖަހަން ބަލަން ތިބޭހެން ގޭގޭ ދޮށުގައި އެންމެން ނުކުމެ މިތިބެނީ ބަލަން މީހުން އޮފީހަށް ދާތަން. ދެން ކިހާ ލަދެއް ގަންނާނެތޯ،" އަލާ ވިދާޅުވިއެވެ.

މަސައްކަތްތެރިކަމުގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ދިވެހިންގެ މަސައްކަތްތެރިކަން އެންމެ ބޮޑަށް ދައްކުވައި ދެނީ ހިރިކަލުގައި ކަނޑައި ނަގައިގެން ހަދާ ގަލުވަޑާމުން ކަމަށް އަލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގަލުވަޑާމުގެ ތެރެއިން ހަދައި ރޫޅާލެވޭ ގޮތަށް ދުނިޔޭގައި އެ މަސައްކަތްކޮށް އުޅުނު ހަމައެކަނި ބަޔަކީ ދިވެހިން ކަމަށެވެ. އެކަން ސާބިތުވަނީ އާކިޓެކްޗަރުންކޮށްފައިވާ ދިރާސާތަކުން ކަމަށް އަލާ ވިދާޅުވިއެވެ.

"އާކްކިޓެކްޗަރ ދިރާސާއެއްގައި މި ބުނަނީ އެއީ ދުނިޔޭގައި ހަމައެކަނި ރާއްޖޭގައޭ އެކަހަލަ އެކަލަ ވައްތަރުގެ ގަލު ވަޑާންކޮށް އުޅުނީ. އެހެން އެއްވެސް ބަޔަކުކޮށް އުޅުނު ކަމެއް ނޫނޭ އެއީކީ މި ލޮކިން ސިސްޓަމް ބޭނުންކޮށްގެން ތަންތަން އިމާރާތް ކުރުން. ދެން ދިވެހިންގެ ދޯނިފަހަރު ބަނުން، ދޯނިފަހަރު ބަނުމުގައި ވެސް އެއް ވަނަ،" އަލާ ވިދާޅުވިއެވެ.

ދިވެހިންގެ މަސައްކަތްތެރިކަމުން ސާބިތުކޮށްދެނީ ދިވެހި ވަންތަކަމެވެ. ދިވެހިންގެ އައިޑެންޓިޓީއެވެ. ވަކި ބަޔަކަށް ބަރޯސާނުވެ، މިނިވަން ދައުލަތެއްގެ ގޮތުގައި ފުދުންތެރި ގައުމެއްގެ ގޮތުގައި ދެމި އޮތުމުގެ އަސްލަކީ ދިވެހިންގެ މަސައްކަތްތެރިކަމެވެ. ލިބިފައިވާ ގުރުރަތީ ވަސީލަތްތައް ފުރިހަމަކޮށް، ކުރިއަރުވަން ހުޅުވާލެވޭނެ ބާރަކަށް ވާނީ މަސައްކަތެރިންނަށް ހަމަ އުޖޫރަދީ، ހައްގު މިންވަރު ކަށަވަރުކޮށްދިނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު