Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޔުނައިޓެޑް މޮޅުވިޔަ ނުދީ ޗެލްސީން ހިފަހައްޓާލައިފި

ޔުނައިޓެޑް އާއި ޗެލްސީ ވާދަކުރި މެޗު ނިމުނީ 1-1

މިއުނާ ހަސަން
މިއުނާ ހަސަން | 29 އެޕްރީލު 2019 | ހޯމަ 04:13
މެންޗެސްޓާރ ޔުނިޓެޑް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން

މެންޗެސްޓާރ ޔުނިޓެޑް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން

އިންގްލިޝް ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވިޔަނުދީ ޗެލްސީން ހިފަހައްޓާލައިފިއެވެ.

ޔުނައިޓެޑް އާއި ޗެލްސީ ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ އެ ޓީމުންނެވެ. އެ ގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ޔުނައިޓެޑްއިންނެވެ.

މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 11 ވަަނަ މިނެޓުގައި ލޫކް ޝޯގެ އެހީތެރިކަމާއެކު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޖުއާން މަޓާއެވެ.

ޗެލްސީގެ ތިން ކުޅުންތެރިން ގޯލް ކުރިމަތީ ތިއްބައި އެ ކުޅުންތެރިން ގައިން ނެއްޓުމަށްފަހު މަޓާ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެ، ޗެލްސީން ވަނީ ޔުނައިޓެޑްގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ.

ފުލުފުލުގައި ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ޗެލްސީން ހަމަލާތައް ފޮނުވާލުމުގެ ނަތީޖާ އަކަށްވީ މެޗުގެ 43 ވަނަ މިނެޓުގައި ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ މާރކޮސް އެލޮންސޯއެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

ދެ ވަނަ ހާފް ފެށިގެން ދެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލީޑްނެގުމަށް ގިނަ މަސައްކްތްތަކެއް ކުރި ނަމަވެސް ދެ ޓީމުގެ ޑިފެންޑަރުން ވަނީ ހަމަލާތައް ދިފާއުކޮށްފައެވެ.

މި ނަތީޖާއާއިއެކު ދެ ޓީމް އެއްވަރު ވެފައި ވާއިރު، 2018 ވަނަ އަހަރުގައި ޕްރިމިއާ ލީގުގައި މި ދެ ޓީމު ކުޅުނު މެޗުވެސް ނިމުނީ އެއްވަރު ވެގެންނެވެ. ޕްރިމިއާ ލީގުގައި މި ދެ ޓީމު އެންމެ ފުރަތަމަ ކުޅެފައި ވަނީ 1992 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. އެ މެޗުވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

އާދިއްތަ ދުވަހުގެ މެޗުން މެންޗެސްޓަރ ޔުނައިޓެޑް ހޯދި އެއް ޕޮއިންޓާއެކު 36 މެޗުން ހޯދި 65 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައިގައި އެ ޓީމު އޮތްއިރު، ގަދަ ހަތަރެއްގައި އާސެނަލްއަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެން ޗެލްްސީ އޮތީ ކުޅުނު 36 މެޗުން ހޯދި 68 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު