Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލްއިން ނަގާލައިފި

އާސެނަލް ބަލިވީ ލެސިސްޓަރ ސިޓީއާއި ވާދަކޮށް 0-3

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 28 އެޕްރީލު 2019 | އާދީއްތަ 17:15
އާސެނަލް އާއި ލެސިސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން

އާސެނަލް އާއި ލެސިސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން

އިންގްލިޝް ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުން ނާކާމިޔާބުވެ، ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލްއިން ނަގާލައިފިއެވެ.

އާސެނަލް ބަލިވީ ލެސިސްޓަރ ސިޓީއާއި ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ލެސިސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު ފެށިގެން ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ލެސިސްޓަރ ސިޓީންނެވެ. މެޗުގައި އާސެނަލްއަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ފުރަތަމަ ހާފްގައި ލެސިސްޓަރ ސިޓީން ވަނީ އާސެނަލްގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުން ރަނގަޅު ހަމަލާތަކެއް އާސެނަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް އާސެނަލްގެ ކީޕަރު ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ.

އާސެނަލް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް މެޗުގެ 36 ވަނަ މިނެޓުގައި އެއިންސްލޭ މެއިޓްލޭންޑް ނައިލްސްއަށް ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން މެޗުގެ ބާކީބައި އާސެނަލް ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށް 10 ކުޅުންތެރިންނާއެކުއެވެ.

ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ވަނީ ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

މެޗުގައި ލެސިސްޓަރ ސިޓީގެ ފަރާތުން ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމްސް މެޑިސަންގެ އެހީތެރިކަމާއެކު ޔޫރީ ޓީލްސްމަންއެވެ.

މި ލަނޑާއެކު ލެސިސްޓަރ ސިޓީގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެ ޓީމުން ވަނީ ވަރުގަދަ ހަމަލާތަކެއް އާސެނަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 86 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ ޖެމީ ވާޑީ ވަނީ ލީޑް އިތުރަށް ފުޅާ ކޮށްދީފައެވެ.

ލެސިސްޓަރ ސިޓީގެ ފަރާތުން ފެނުނު ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ފަސް މިނެޓުގެ ބޭނުންހިފައި ޖެމީ ވާޑީ ކާމިޔާބު ކޮށްދިން އިރު އޭނާ އަންނަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މި ނަތީޖާ އާއިއެކު އާސެނަލް ލީގު ތާވަލުގެ ފަސްވަނާގައި އޮތީ ކުޅުނު 36 މެޗުން ހޯދި 66 ޕޮއިންޓާއެކުއެވެ. އަށް ވަނާގައި ލެސިސްޓަރ ސިޓީ އޮތީ ކުޅުނު 36 މެޗުން ހޯދި 51 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު