Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިމާވެށި ހިމާޔަތްކުރުން

ތަރައްގީ ގެންނާނީ ގުދުރަތީ ވެށި ހަލާކުނުވެ، ޖީލުތަކަށް ފެންނާނެ ގޮތަށް: ރައީސް

27 އެޕްރީލު 2019 | ހޮނިހިރު 22:08

ރައީސް އެހެން ވިދާޅުވީ ސްކައުޓުން ބޭއްވި ހަފްލާއެއްގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 27 އެޕްރީލު 2019 | ހޮނިހިރު 22:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހިރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވީހާ ވެސް ބޮޑަށް ދެމެހެއްޓޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ސްކައުޓު އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހޮނިހިރު ދުވަހުގެ ރޭ ޖަމާލުއްދީން ސްކޫލުގައި ބޭއްވެވި "ވުޑްބެޖް ރީޔޫނިއަން ބެންކުއެޓް" ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރާއިރު، ގުދުރަތީ ރީތިކަން ދެމެހެއްޓޭނެ ގޮތަށް ތަރައްގީ ގެނައުމުން ކުރިމަގުގެ ޖީލުތަކަށް ރާއްޖޭގެ ޤުދުރަތީ ވެށި، އެގޮތުގައި ހަލާކުނުވެ ފެންނަން އޮންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ސްކައުޓުގެ ހަމަތަކާއި އުސޫލުތައް ޤައުމުގައި ފެތުރިގެންދާ ވަރަކަށް އޭގެ ހެޔޮ އަސަރު މުޖްތަމައަށް ކުރާނެ ކަމަށާއި އޭގެ ސަބަބުން ފަރުދުންގެ މެދުގައި އެއްބައިވަންތަކަން ވެސް އިތުރުވެގެންދާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، "ވުޑްބެޖް ރިޔޫނިއަން ބެންކުއެޓް"ގައި ބައިވެރިވެވަޑައިގަތުން-- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތުން އޯގާތެރިވުމަށާއި އިތުބާރުހިފޭ ފަރާތަކަށް ވުމަށާއި، ކަންކަމަށް ފަރުވާތެރިވުންފަދަ މުހިންމު ސިފަތައް ދަސްކޮށްދޭ ކަމަށެވެ. މީގެ އިތުރުން ސްކައުޓް ހަރަކާތް ރާއްޖެއަށް ތަޢާރަފުވި ފަހުން، ވޭތުވެދިޔަ 60 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި އެތައް ދަރިންނެއްގެ ކިބައިގައި އިޖްތިމާޢީ ރަނގަޅު އާދަތައް ހަރުލެއްވުމުގައި ސްކައުޓް ހަރަކާތުގެ ދައުރު ބޮޑުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުގައި ހަރަކާތްތެރި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއި ތަރުބިއްޔަތު ދަސްކުރުމަށް މުޖުތަމަޢަށް ނުކުމެ އަމަލީ ގޮތުން ހަރަކާތްތަކުގައި ޝާމިލުވެ އުޅުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަން ފާހަގަކުރެއްވިއެވެ. ޖަމާލުއްދީނު ސްކޫލުގައި ބޭއްވެވި ހަފުލާގައި ސްކައުޓް އެސޯސިއޭޝަނުގެ ފަރާތުން ވަނީ ރައީސް ސޯލިހަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ހަފުލާގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގެ ސްކައުޓް ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 މެއި 2017

ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް

26 މެއި 2017
ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް
16 މެއި 2017

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަނީ

16 މެއި 2017
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަނީ
14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
10 މެއި 2017

ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް

10 މެއި 2017
ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް
29 އެޕްރީލު 2017

ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން

29 އެޕްރީލު 2017
ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން
26 އެޕްރީލު 2017

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
09 އެޕްރީލު 2017

ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި

09 އެޕްރީލު 2017
ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް