Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މާމުއި

'މާމުއި'ގެ ސްޕެޝަލް އެޑިޝަން ޕޯސްޓަރުތައް އާންމުކޮށްފި

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2019 | ބުރާސްފަތި 14:40
\'މާމުއި\'ގެ ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް

\'މާމުއި\'ގެ ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަރޓެއިންމަންޓްއިން މި އަހަރު ނެރޭ ދެވަނަ ފިލްމު، 'މާމުއި' ގެ ސްޕެޝަލް އެޑިޝަން ޕޯސްޓަރުތައް އާންމު ކޮށްފިއެވެ.

ސްޕެޝަލް އެޑިޝަން ޕޯސްޓަރުގެ ގޮތުގައި ޒުވާން ގްރެފިކް ޑިޒައިނަރ، ހޫދު އިބްރާހިމް ފަރުމާ ކޮށްފައިވާ 10 ޕޯސްޓަރު އާންމު ކޮށްފައިވާއިރު، ޑާކް ރެއިން އެންޓަރޓެއިންމަންޓަކީ ނެރުމަށް ތައްޔާރުވަމުންދާ ފިލްމުތަކާއި ގުޅޭ މިފަދަ ސްޕެޝަލް އެޑިޝަން ޕޯސްޓަރު އާންމު ކުރާ ދިވެހި ހަމައެކަނި ސްޓޫޑިއޯއެވެ.

'މާމުއި' ގެ ސްޕެޝަލް އެޑިޝަން ޕޯސްޓަރުތައް އަމާޒު ކޮށްފައިވަނީ އެ ފިލްމުގައި ފެނިގެންދާ ފަންނާނުންނާއި އެމީހުން ފިލްމުގައި އަދާކުރާ ރޯލު ތަޢާރުފު ކުރުމަށެވެ.

މި ފިލްމަކީ ކޮމެޑީ ފިލްމަކަށްވާއިރު، މީގެ ކުރިން ބޭއްވި ޙަފްލާއެއްގައި މި ފިލްމުގެ ޓްރެއިލަރ ވެސް ވަނީ އާންމުކޮށްފައެވެ.

ފިލްމުގެ ޓްރެއިލަރގައި ފިލްމުން ފާހަގަކޮށްލެވޭ ބައެއް މަންޒަރުތައް ހިމަނާފައިވާއިރު، ޓްރެއިލަރގައި އެންމެ ފާހަގަ ކޮށްލެވެނީ ޓްރެއިލަރ ނިންމާލަމުން ހިމަނާފައިވާ ފިލްމުގައި ނެގެޓިވް ކެރެކްޓަރއެއް ކަމަށް ބެލެވޭ 'ހުދު މުޚުތާރު' ގެ ކެރެކްޓަރގެ އަޑު ކޮޅެކެވެ. ދިވެހި އެހެން ފިލްމަކުން މިހާތަނަށް ފެނިގެން ގޮސްފައިނުވާފަދަ މަންޒަރެއް މި ފިލްމުގައި ހިމެނޭއިރު އެ މަންޒަރުގައި ފެންނަނީ ޕްރައިވެޓް ޖެޓެއް އެއާޕޯޓަށް ޖެއްސުމުން އޭގެން 'ހުދު މުޚުތާރު' ފައިބާ މަންޒަރެވެ.

މީގެ އިތުރުން މި ފިލްމު ޚާއްސަވެގެންދާ އަނެއް ސަބަބަކީ މި ފިލްމުގައި ހިމެނޭ ލަވައެކެވެ. ކުރީގެ މަޝްޙޫރު ލަވަތަކުގެ މަންޒަރުތައް ރީކްރިއޭޓްކޮށްގެން އުފައްދާފައިވާ މި ޓްރިބިއުޓް ލަވައިގައި ފެނިގެންދާނީ ފުބޫ އާއި ނުޒޫއެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ ބާނީ މުޙައްމަދު އަލީ (މޮގަރ) އާއި އޭނާގެ އަންހެނުން އައިޝަތު ފުވާދު (ލޯކީ) އެވެ.

މި ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ މޮގަރ ބުނީ މައި ރޯލުތަކުން 16 އަށް ވުރެ ގިނަ ފަންނާނުން ފެނިގެންދާ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްގެން އުފައްދާފައިވާ ފިލްމު ކަމަށެވެ. މޮގަރ އިތުރަށް ބުނީ މި ފިލްމާއިމެދު ކުރެވޭ އުއްމީދުވެސް އިންތިހާއަށް ބޮޑު ކަމަށެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ރިލީޒް ކުރުމަށް ކުރިން ހަމަޖެހިފައި އޮތް މި ފިލްމު ރިލީޒް ކުރުމަށް މިހާރު ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. މޮގަރ ކުރިން ބުނީ ފިލްމު ރިލީޒްކުރުން ލަސްކުރީ ފިލްމާއިމެދު ކުރެވޭ އުއްމީދު ބޮޑުވެފައި ބޭނުންވާ މުއްދަތަށް އޮލިމްޕަސް ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

ލޯކީ އާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރި މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޑާކް ރެއިންގެ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމުގެ ސިނެމަޓޯގްރާފީގެ މަސައްކަތް ކޮށްފައިވަނީ ޗިއްޕެ އާއި އަޙުމަދު ޝިނާނެވެ. ޝިނާން ވަނީ ޑާކް ރެއިންގެ އެހެން ގިނަ ފިލަމުތަކެއްގެ ސިނަމަޓޯގްރަފީ ހަދައި، އެ ސްޓޫޑިއޯއިން މި އަހަރު ނެރުނު ފުރަތަމަ ފިލްމު، ގޮށްރާޅު ޑައިރެކްޓްވެސް ކޮށްފައެވެ.

މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ފަންނާނުންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ (މަޖޫ)، އިސްމާއިލް ޖުމެއިހް (ޖުމާ)، ޢަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް އަމާން، ސަމާހަތު ރާޒީ، ޝީލާ ނަޖީބް، ހަމްދާން ފާރޫޤު، އާދަމް ރިޒްވީ (ރެކްސް)، މާރިއާ ތެރޭސާ ޕެގާނޯ، އައިޝަތު ޔާދާ، އަލީ ޝަޒްލީމް، އަދި އަޙުމަދު ސުނީގެ އިތުރުން އަޙުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެއެވެ.

މީގެ އިތުރުން މި ފިލްމުގައި ޚާއްސަ ފެނިލުމަކުން ކުރީގެ މަޝްޙޫރު ބަޠަލް އިސްމާއިލް ވަޖީހާއި ބޮޑީބިލްޑަރ ލިއާމް އާދަމް (އެލްޖޭ) އަދި އަޙުމަދު ސައީދު ވެސް ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާމުއިގެ ޕްރޮމޯޝަނަލް ލަވަ ވަރަށް ފުރިހަމަ، ޓިކެޓް ވިއްކަން ފަށަނީ ހޯމަ ދުވަހު

މާމުއިގެ ޕްރޮމޯޝަނަލް ލަވަ ވަރަށް ފުރިހަމަ، ޓިކެޓް ވިއްކަން ފަށަނީ ހޯމަ ދުވަހު

10 ޖޫން 2019
ދަ ލަޔަން ކިންގްގެ ރީމޭކްގެ ޓްރެއިލަރ އާންމުކޮށްފި

ދަ ލަޔަން ކިންގްގެ ރީމޭކްގެ ޓްރެއިލަރ އާންމުކޮށްފި

28 ނޮވެމްބަރު 2018
އީޝާ ޑިއޯލް އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އާންމުކޮށްފި

އީޝާ ޑިއޯލް އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އާންމުކޮށްފި

08 މެއި 2018
މާމުއިގެ ޝޫޓިން ފަށަނީ ރޯދަ އަށް ފަހު

މާމުއިގެ ޝޫޓިން ފަށަނީ ރޯދަ އަށް ފަހު

16 އެޕްރީލު 2018
ޑާކްރެއިންގެ މާމުއިގެ އިތުރު ތަރިން އިއުލާންކޮށްފި

ޑާކްރެއިންގެ މާމުއިގެ އިތުރު ތަރިން އިއުލާންކޮށްފި

21 މާރިޗު 2018

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު