Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޮްޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޔުނައިޓެޑް ބަލިކޮށް ސިޓީން ލީގު ކާމިޔާބުކުރުމާއި ގާތަށް

މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑްއާއި ވާދަކޮށް 0-2

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 25 އެޕްރީލު 2019 | ބުރާސްފަތި 12:17
މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން އުފާ ފާޅުޅުކުރަނީ

މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން އުފާ ފާޅުޅުކުރަނީ

އިނގިރޭސީ ޕްރިމިއާ ލީގުގައި ބުދަ ދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑްއާއި ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ސިޓީން ކުޅުނުއިރު، މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމުން ވަނީ ޔުނައިޓެޑްގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ހަމަ އެހެންމެ ޔުނައިޓެޑްއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ސާޖިއޯ އަގުއެރީއަށް ލީޑް ނަގަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ޔުނައިޓެޑްގެ ގޯލުގެ ތިރީ ކަނާދިމާލުން ބޭރަށެވެ. މި ހާފްގައި ސިޓީގެ ގިނަ ހަމަލާތަށް ޔުނައިޓެޑްގެ ކީޕަރު ދިފާއު ކުރިއިރު، ސިޓީގެ ކީޕަރު ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މެންޗެސްޓަރ ސިޓީން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުގެ ލީޑް ނެގުމަށް ވަނީ ގިނަ މަސައްކަތްތަަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި އިލްކާއި ގުންޑުއާން ގެ އެހީތެރި ކަމާއެކު ބަރނާޑޯ ސިލްވާ ވަނީ އެ ޓީމަށް ލީޑް ނަގައިދީފައެވެ.

ސިޓީގެ ފުރަތަމަ ލަނޑަށް ފަހު އެ ޓީމުން ވަނީ ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ސިޓީއަށް ލީޑް އިތުރަށް ފުޅާ ކޮށްދިނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިންގެ އެހީތެރި ކަމާއެކު ލެރޯއީ ސޭންއެވެ.

ދެވަނަ ހާފްގައި ނަތީޖާ ނެރުމަށް ޔުނައިޓެޑްއަށް ރަނގަޅު ފުރުސަތަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި ނަތީޖާއާއިއެކު ލީގު ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑަކާއިއެކު ސީޓީ އޮތްއިރު، ބާކީ ތިން މެޗުން މޮޅުވެ ސިޓީ އަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. މި މެޗުން ސިޓީ ބަލިވިނަމަ، ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު އޮންނާނީ ލިވަޕޫލްއަށެވެ.

މެޗުން ބަލިވި ޔުނައިޓެޑަށް މި ނަތީޖާއާއިއެކު ގަދަ ހަތަރަކަށް އެރުމަށް އަނެއްކާ ވެސް ދަތިތަކާއި ކުރިމަތިވެފައި ވާއިރު، އެންމެފަހުން ޔުނައިޓެޑް ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމު ބަލިވި މިއީ ހަތްވަނަ މެޗެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ ކުޅުނު 35 މެޗުން ހޯދި 89 ޕޮއިންޓާއެކުއެވެ. ދެވަނާގައި ލިވަޕޫލް އޮތީ 35 މެޗުން ހޯދި 88 ޕޮއިންޓާއެކުއެވެ. ތިންވަނާގައި ޓޮޓަންހަމް 35 މެޗުން ހޯދި 70 ޕޮއިންޓާއެކު އޮތްއިރު، ހަތަރުވަނާގައި ޗެލްސީ އޮތީ 35 މެޗުން ހޯދި 67 ޕޮއިންޓާއެކުއެވެ. އާސެނަލް ތާވަލުގެ ފަސްވަނާގައި އޮތީ 35 މެޗުން ހޯދި 66 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޔުނައިޓެޑަށް 35 މެޗުން ހޯދިފައިވަނީ 64 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު